ކ. މާލެ
|
14 ޖުލައި 2021 | ބުދަ 17:46
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޞާލިޙާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޞާލިޙާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޙުސައިން މަޚްތޫމް
ރައީސް ޞާލިޙާއި މޯދީ މަޝްވަރާ ކުރެއްވުން
އިންޑިއާގެ އެހީއާއެކު، ލިބެމުންދިޔަ ގެއްލުންތައް ކުޑަކޮށް، ޙާލަތުން އަރައިގަތުމަށް އިތުރު ހިތްވަރެއް ލިބުނު- ރައީސް
 
މިކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ޔަޤީންކަމެއް ލިބިގެންދާނެ
 
މި ކޯޓާއަކީ މީގެކުރިން ކޮންމެ އަހަރަކު އާކުރާ ކޯޓާއެއް
 
އިންޑިޔާއިން ރާއްޖެއަށް އެތެރެ ކުރާ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ ތިން އަހަރުގެ މުއްދަތަކަށް އާކޮށްފައިވޭ

ކޮވިޑް-19ގެ މި ހާލަތުގައި އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ދިވެހިންނަށް ކުރިމަތިވި ގެއްލުންތައް ކުޑަކޮށް، މި ދަތި ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރުވެރިކަމެއް ލިބިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި، ދެބޭފުޅުންވެސް ބޭނުންފުޅުވާ ތަފާތު މުހިންމު ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމުގެ ތެރެއިންނެވެ.

ބުދަ ދުވަހު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކާޑުގެ ބާވަތްތަކާއި ޒަރޫރީ ބޭނުންތަކަށް އިންޑިޔާއިން ރާއްޖެއަށް އެތެރެ ކުރާ މުދާ އެތެރެކުރުމަށް ދީފައިވާ ކޯޓާ ތިން އަހަރުގެ މުއްދަތަކަށް އާ ކޮށްދެއްވިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރުއަދާކުރައްވާފައެވެ. މި ކޯޓާއަކީ މީގެކުރިން ކޮންމެ އަހަރަކު އާކުރާ ކޯޓާއެކެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވި ގޮތުގައި މިއީ މިހާތަނަށް މިގޮތަށް ކޯޓާ އެންމެ ގިނަ ދުވަހަށް އެޕްރޫވް ކުރި ފަހަރުކަމަށާއި، މިކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ޔަޤީންކަމެއް ލިބި ރާއްޖެއަށް އެތެރެކުރާނެ މުދަލުގެ އަންދާޒާއެއް ކުރެވޭނެކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި އިންޑިޔާގެ ބޮޑުވަޒީރު ވަނީ އިންޑިޔާގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިގޮތުގައި، ކޮވިޑް-19 ގެ މި ދަތި ޙާލަތުގައިވެސް އިންޑިޔާއިން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ސަރުކާރުން ދިވެހިންނަށް ކުރިމަތިވި ގެއްލުންތައް ކުޑަކޮށް މި ދަތި ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރުވެރިކަމެއް ލިބިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރު ފެށުނުއިރު ރާއްޖޭގައި ކޮވިޑް ދިފާޢު ވެކްސިން ކެމްޕެއިން ފަށައިގަތުމަށް އިންޑިޔާ ސަރުކާރުން ހަދިޔާކުރެއްވި ކޮވިޝީލްޑްގެ 100,000 ޑޯޒް ވެކްސިން ހަދިޔާކުރެއްވި ކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު މޯދީއަށާއި އިންޑިޔާގެ ސަރުކާރަށް ޝުކުރުއަދާކުރައްވަފައެވެ. އަދި މި ބަލިމަޑުކަން ފެތުރުނު ދުވަސްވަރު ޗައިނާގެ ވޫހާންގައި ތިބި ދިވެހި ރައްޔިތުން އަނބުރާ ގެނައުމަށާއި، ބޭނުންވާ ޒަރޫރީ ބޭސް ހަދިޔާކޮށް މަތިންދާބޯޓު މެދުވެރިކޮށް ރާއްޖެއަށް އެ ބޭސްތައް ގެނައުމަށް ވެދެއްވި އެހީތެރިކަމާއި، ކޮވިޑް-19 ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް އަށް ފޯރުކޮށްދެއްވި އިންޑިޔާގެ ޞިއްޙީ މާހިރުންގެ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިންޑިޔާގެ ދެމެދުގައި ދަތުރުފަތުރުކުރެވޭނެ ގޮތްފަހިވުމަކީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ލޮޅުންތައް ކުޑަކުރުމަށް ލިބުނު ބާރެއްކަމުގައި ވިދާޅުވެފައެވެ.

ބޮޑުވަޒީރު މޯދީގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަމުން އަރަގަތުމަށް ކުރާ މަސައްކަތުގައި އިންޑިޔާގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ރައީސަކަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގަތުމުން ވަރަށް ބޮޑަށް މަރުޙަބާ ވިދާޅުވެފައެވެ.

މި ފޯނުކޯލު ނިންމަވާލައްވަމުން ދެ ޤައުމުގެ އިސް ވެރިންވެސް ވަނީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ގުޅުން އިތުރު ހަރުފަތްތަކަށް ކުރިޔަށް ގެންދަވަން މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅުންހުރި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި