ކ. މާލެ
|
14 ޖުލައި 2021 | ބުދަ 08:23
އަބްދުﷲ ކަމާލުއްދީން - އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވަނީ ހުށަހަޅާފައި
އަބްދުﷲ ކަމާލުއްދީން - އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ވަނީ ހުށަހަޅާފައި
ރާއްޖެއެމްވީ
ރާއްޖޭގައި ހުރި މައްސަލަތައް
އައު ގާނޫނު އަސާސީއާއެކު ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބޭތަނެއް ނުފެނޭ – އަބްދުﷲ ކަމާލުއްދީން
 
ހަގީގަތުގައި 21 ވަނަ ގަރުނުގެ 21 އަހަރު ގެއްލިގެން ގޮސްފި
 
ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި

އައު ގާނޫނު އަސާސީ އާއި ރައްޔިތުންނަށް ލިބިގެންދިޔަ ބާރާއެކު ޒަމާންވީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް ދެކެވަޑައިގެންނެވި ނަމަވެސް އެ މައްސަލަތައް ހައްލު ނުވެ ބޮޑުވަމުންދާކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އިސްމަގާމުތަކެއް ފުރުއްވާފައިވާ އަދި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުﷲ ކަމާލުއްދީން މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ގައުމުގައި ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި، މިހާރު މި ފެނިވަޑައިގަންނަވާ މައްސަލަތަކަކީ ކުރިން ވެސް ހުރި މައްސަލަތައް ކަމަށެވެ. އަދި އެންމެން ވެސް އުއްމީދުކޮށްގެން ތިބީ އައު ގާނޫނު އަސާސީއެއް ލިބި ބާރުތައް ވަކިކުރެވުމުން އަދި ރައްޔިތުންނަށް އައު ހައްގުތަކާއި ބާރު އިތުރުވެގެން ދިޔުމުން މައްސަލަތައް ހައްލުކުރެވިގެން ދާނެކަމަށެވެ.

އެހެންނަމަވެސް ފެނިވަޑައިގަންނަވަނީ އެ މަންޒަރެއް ނޫން ކަމަށާއި، ފެނިވަޑައިގަންނަވަނީ ގައުމުގެ ހުރި މައްސަލަތައް ބޮޑުވެގެންދާތަން ކަމަށެވެ. މީގެ އިތުރުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފައި ކަމަށާއި، މިކަންކަން ހައްލު ނުކުރެވިގެން ދާ ދިއުމުގައި ރައްޔިތުން ތިބީ ފިކުރު ބޮޑުވެފައި ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ. އަބްދުﷲ ކަމާލުއްދީން ވިދާޅުވީ މި މައްސަލަތައް ދިގުލައިގެން ދާތީ ރައްޔިތުންގެ ހާސްކަން އެބައޮތް ކަމަށެވެ.

އައު ސާސްކަފަށް އައު ގަރުނަށް އަޅުގަނޑުމެން ކުރިމަތިލީ އިރު ވަރަށް ބޮޑު އުއްމީދުތަކެއް އޮތް. މުޅި ގައުމު އެކީގައި 2020 ގެ ތަސައްވުރެއް ވެސް އުފެއްދި. އެއަށް ވެސް އަމަލު ނުކުރެވި އޭގައި ހުރި ކަންކަން ހާސިލް ނުކުރެވިގެން މިދިޔައީ. ހަގީގަތުގައި 21 ވަނަ ގަރުނުގެ 21 އަހަރު ގެއްލިގެން މިދަނީ. އައު ސިޔާސީ ފަލްސަފާއަކަށް ފުރުސަތު އެބައޮތް. މިހާރު ހުރި މައްސަލަތައް ހައްލު ކުރެވޭނީ މިކަންކަން ހައްލުކުރަން އުޅޭގޮތަކަށް ނޫން އެހެން ސިޔާސީ ފަލްސަފާއެއް ނެރެގެން. އެހެންވެ އަޅުގަނޑުގެ ބައެއް ބައިވެރިންނާއި ބައެއް ބޭފުޅުންގެ ލަފާގެ މަތިން މިކަމާއި ކުރިމަތިލީ،
އަބްދުﷲ ކަމާލުއްދީން

އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ކޮންމެ ދިވެއްސެއްގެ ވެސް ހިތާއި އެންމެ ކައިރިން ކުޅޭނީ އިސްލާމްދީން ކަމަށާއި، މިތަނުގައި އިސްލާމްދީން އޮންނާން ބޭނުންނުވާ ބަޔަކު އުޅޭނެކަމަށް ހީނުކުރައްވާ ކަމަށެވެ. އަދި ޓުވިޓާ އެއްޗެހި ބަލާލީމާ ފެނިވަޑައިގަންނަވަނީ އިސްލާމްދީނުގެ މައްސަލައިގައި އެކަކު އަނެކަކާއި ޒުވާބުކޮށް ހަމައަކަށް ނޭޅި ހައްލެއް ނުހޯދިގެންދާތަން ކަމަށެވެ. އަދި އެއީ ކިހާ ބޮޑު މައްސަލަތަކެއްތޯ އޭ ވިދާޅުވެ އަބްދުﷲ ކަމާލުއްދީން ސުވާލު އުފެއްދެވިއެވެ.

ހަމަ އެގޮތަށް ވިސްނާނަމަ އަޅުގަނޑުމެންނާ އެންމެ ކައިރީގައި އޮތް ގައުމުތައް. އަޅުގަނޑުމެންނަކީ އަބަދުވެސް އެ ގައުމުތަކާއި އެކީގައި ގާތްގުޅުންތައް ބާއްވައިގެން ދިޔަ ގައުމެއް އަޅުގަނޑުމެންނަކީ. ނަމަވެސް ދެބައިކުޅަ އެއްބައި މީހުން އެ ގައުމުތަކާއި ދެކޮޅަށް ނުކުންނަ ހިސާބުގައި މިއޮތީ. ކޮބައިތޯ ކުރެވުނުކަމަކީ. ކާކުތޯ ބޭނުންވާނީ ޖެހިގެން ހުރި މީހާގެ ގޭގެ މީހުންނާއި އަރާރުންވާން. އެއްވެސް މީހަކު ބޭނުން ނުވާނެ. އެހެންވީމަ ކޮންމެވެސް ކަންތައްތަކެއް ކުރަންވީ ގޮތް ނޫން އެހެން ގޮތަކަށް ކުރެވިގެން މި ހިސާބަށް ގޮސްގެން މިއުޅެނީ،
އަބްދުﷲ ކަމާލުއްދީން

އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ދިވެހިރާއްޖެއަކީ މާއްދީގޮތުން ވަރަށް މުއްސަދި ގައުމެއް ކަމަށާއި، އެކަމަކު ދައުލަތެއް، ރައްޔިތުންނެއް މުއްސަނދި ނުވާކަމަށެވެ. އަދި ސުވާލު އުފައްދަވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެހީ ކިހިނެއްވީ ކަމެއްތޯ ކަމަށާއި، އަޅުގަނޑުމެންގެ އިޖްތިމާއީ ހަޔާތް ކޮބައިތޯ ވިދާޅުވެފައެވެ.

އެހެންކަމުގައިވާނަމަ އައު ސިޔާސީ ފަލްސަފާއެއް ނުކުންނަން އެބަޖެހޭ ނޫންތޯ. އަދަދުތަކަށް ބަލާލާ އިރު ސިޔާސީ ޕާޓީތަކުގައި ތިބީ 134،000 މީހުން. ޕާޓީތަކާ ނުގުޅި 260،000 މީހުން އެބަތިބި. ގާތްގަނޑަކަށް މި ހުރިހާ އެންމެން ވެސް ވޯޓުލާ. މިއިން ކޮންމެ މީހަކީ ވެސް ސިޔާސީ މީހެއް. ޕާޓީތަކާއި ނުގުޅި ތިބީ ޕާޓީތަކުގައި ހުރި ވިސްނުމާއި، ކަންތައްތަކާއި ދޭތެރާގައި ހަމަޖެހުމެއް ނެތުމުން ކަމަށް އެކަށީގެންވޭ. ދެން ވޯޓުލާ ހިސާބަށް ދިޔައީމަ ވޯޓުލާން ތިއްބެވި ބޭފުޅުންނަށް ބައްލަވާލައްވާފައި އެއިރަކު ރަނގަޅު ބޭފުޅަކަށް ވޯޓުލަނީ،
އަބްދުﷲ ކަމާލުއްދީން

އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ގައުމުގައި ހުރި ކަންކަން ހައްލުކުރެއްވުމަށް އައު ސިޔާސީ ފިކުރެއް އަދި ފަލްސަފާއެއް ނެރެގެން ރައްޔިތުން އެއަށް ކޮންޓްރިބިއުޓްކުރާނެ ގޮތަށް މަސައްކަތް ކުރާނެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް
14 ޖުލައި 2021 | ބުދަ 12:31
ބުމްބާ
އެބަ ރަނގަޅުވޭ. މި ވާހަކައަށް ތާއީދު. މިހާރު މިއުޅޭ ގޮތަށް އުޅެގެން ޤައުމު މިއޮތީ ބޮޑު އަނދަވަޅެއްގައި. ޝުކުރިއްޔާ އޭކޭ. ތިގޮތަށް ބަސްމަގާއި އަމަލު ހުރެއްޖެއްޔާ ތާއީދު ކުރާނަން.
ގުޅުންހުރި
ދަޢުލަތުގެ ލިޔެކިޔުންތަކުގެ ޒަރިއްޔާއިން ރައްޔިތުންނަށް ދައްކަނީ ބިރު: ޖީހާން
ޚަރަދު ކުޑަކުރަން ޖެހުމުގެ ވާހަކަ ދެކެވެނީ، ރައްޔިތުންނަށް އަސާސީ ޚިދުމަތެއް ދޭން ނުވަތަ، މަސްވެރިންނަށް ފައިސާ ދޭން ޖެހުމުން އެކަނި: އިސްމާއީލް
ސަރުކާރުން ހެސްކިޔާފައި ބޭރު ޤައުމުތަކަށް ދަތުރުކުރާއިރު، ރައްޔިތުންނަށް ދަތުރުތަކާ ގުޅޭ މައުލޫމާތުތައް ކުރަނީ ސިއްރު: ޝާހިދު
ޕީޕީއެމް ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، މަޖިލިސް ހިންގާނީ ރައީސް އޮފީހުގެ ތެރެއިން: މެމްބަރު ނިޔާޒް
ރޯދަ މަހު އިންތިޚާބު ބާއްވަން ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ތާއީދު ގެއްލެމުންދާތީ: ނިޔާޒު
މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ޤާނޫނާއެކު ޝަރީއަތަށް ނުގޮސް ފަސޭހައިން ބަދަލު ލިބޭނެ ނިޒާމެއް ޤާއިމުވެގެންދާނެ: ޝުނާނާ
ހަގީގަތުގައި ޤައުމަށް ގައްދާރުވުމަކީ ދޮގު ވާހަކަ ދައްކައިގެން ޤައުމީ ސަލާމަތަށް ނުރައްކާކުރުން: މޫސަ
ގާނޫނީ ސަރުކާރަކުން ކުރާ މަސައްކަތްތަކަށް، އަލަށް އަންނަ ސަރުކާރުތަކުން އިހުތިރާމުކުރަންވާނެ: މެންބަރު އިކުރާމު