Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 11:57
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަދައްކަވަނީ
މަޖިލިސް
ނުހައްގު މުއްސަނދިކަން
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
ޕީއެންސީ މަޖިލިސް މެންބަރުންނަށް އޮތް އޮޕްޝަންއަކީ ރައީސް މުއިއްޒު ވިދާޅުވިއްޔާ ވިދާޅުވި ގޮތް ހައްދަވައިގެން ކެތްކުރުން
ދައްކަންޖެހޭ ބޮޑެތި ލޯނުތައް ދެއްކުމަށް ފައިސާ ނުލިބޭނެ، މުލިޔާގެއިން ދޭ ޚާއްސަ އިނާއަތަށް ޝަރުތު ހަމައެއްނުވާނެ
މި ސަރުކާރަށް ބިނާކުރަނިވި ގޮތެއްގައި ބަހެއް ބުނާ މީހުންނަށް ޕީނަލައިޒް ކުރަން ކޮންމެވެސް ކަމެއް ކުރޭ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނުހައްގުން މުއްސަންދިކަން ހޯދުމުގެ ސަގާފަތެއް ގާއިމްކޮށްފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު މީކާއީލް ވިދާޅުވީ ރައީސް މުއިއްޒުގެ މިސަރުކާރުގައި ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެމްބަރުން އެމަނިކުފާނުގެ މަޅީގައި ޖެހިވަޑައިގެންފައިވާ ކަމަށާއި،އިތުރު އެއްވެސް އޮޕްޝަނެއް އެ މެންބަރުންނަށް މިއަދު ނެތް ކަމަށެވެ. އެބޭފުޅުންނަށް އޮތް އޮޕްޝަންއަކީ ރައީސް މުއިއްޒު ވިދާޅުވިއްޔާ ވިދާޅުވި ގޮތް ހައްދަވައިގެން މިފަސް އަހަރު ކެތްކުރެއްވުން ކަމަށާއި، އިތުރު ގޮތެއް ހަދާފިނަމަ ގޮނޑި ގެއްލި، ދައްކަންޖެހޭ ބޮޑެތި ލޯނުތައް ދެއްކުމަށް ފައިސާ ނުލިބޭނެ ކަމަށް މެންބަރު މީކާއީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ މުލިޔާގެއިން ދޭ ޚާއްސަ އިނާއަތަށް ޝަރުތު ހަމަނުވާނެ ކަަމަށެވެ.

މެމްބަރު މީކާއީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވެލިދޫ ދާއިރާ މެމްބަރު އެދާއިރާގެ ކަންބޮޑުވުންތައް މަޖިލީހުގައި ބަންޑުން ކޮށްލުމުގެ ނަތީޖާ ވަރަށް ހިތި ކަމަށެވެ. ފެނިގެންދިޔައީ ދާއިރާގެ ހުރިހާ ރަށެއްގެ މަޝްރޫއުތައް ހުއްޓިގެން ދިޔަ މަންޒަރު ކަމަށާއި، ރައްޔިތުންނަށް ދަތި ކުރުމުގެ މަންޒަރު ކަމަށް މެމްބަރު މީކާއީލް ވިދާޅުވިއެވެ.

މިހާރު ފާސްކުރުމަށް މަސައްކަތް މީޑިއާ ކޮންޓްރޯލް ބިލަށް އިޝާރާތް ކުރައްވައި މެމްބަރު މީކާއީލް ވިދާޅުވީ މި ބިލަށް ވެސް ޕީއެންސީގެ މަޖިލިސް މެމްބަރުން ދެކޮޅަށް ވާހަކަ ދައްކަވާ ކަމަށާއި، ނަމަވެސް ސާރުކާރާ ދެކޮޅަށް ފާޅުގައި އެއްޗެއް ވިދާޅުވާން ކެރިވަޑައިނުގަންނަވާ ކަމަށެވެ. މިއީ ރަނގަޅު ބިލެއް ނޫން ކަމަށާއި، އަނެއްކާ ވެސް ސަރުކާރުން ޖަހާ ދަންތުރައެއްކަން އެ މެންބަރުން ވެސް ގަބޫލުކުރައްވާ ކަމަށް މެމްބަރު މީކާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން މެމްބަރު މީކާއީލް ވިދާޅުވީ މިސަރުކާރާއެކު ގައުމުގައި ނޭދެވޭ ގޮތްގޮތަށް މުއްސަންދިކަން ހޯދުމުގެ ސަގާފަތެއް ގާއިމްވެފައިވާ ކަމަށާއި، އެކަން ޕީއެންސީގެ މަޖިލިސް ގިނަ މެމްބަރުގެ މާލީ ބަޔާންތަކުން ހާމަވާ ކަމަށެވެ. އަދި ވިދާޅުވީ ލިބޭ އާމްދަނީއަށްވުރެ ބޮޑު އެއްޗެއް ލޯނުތަކަށް ދައްކާ ކަމަށާއި، މި ދެކޮޅު ނުޖެހޭ ކަމަށެވެ.

އެހެންނަމަވެސް ފާޅުގައި މީޑިއާގައި ޕަބްކިލްގައި އެހެން ބުނެލާކަށް ނުކެރޭ. އެއީ ބުނެލާ ހިސާބުން ގޮނޑި އެބަ ގެއްލޭ ތެދެއްތޯ. މީގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންގެ މާލީ ބަޔާންތައް ވެސް އަޅުގަނޑުމެންނަށް އާއްމުވެގެން ހިނގައްޖެ. ބަލާލިއިރު އަޅުގަނޑުމެންނަށް ސާފުވާ އެއް ކަމަކީ ލިބޭ މުސާރާ ނުބައްދަލު ލޯނުތައް އެބަ ދައްކަންޖެހޭ ތެދެއްތޯ. މިވަރު ބޮޑެތި ލޯނުތައް މިދައްކަނީ ކިހިނެތްތޯ އެބަ ސުވާލު އުފެދޭ. އާމްދަނީއެއް ލިބޭ ކަމަކަށް ނޯވޭ. އެހެންނަމަވެސް ބައެއް މެމްބަރުގެ މާލީ ބަޔާނަށް ބަލާލާއިރުގައި އަޅުގަނޑުމެންނަށް އެބަ ފެނޭ 12 މިލިއަނުން އެނގޭތޯ. މަހަކު ލޯނު ދައްކާ މަންޒަރު އެނގޭތޯ. އެހެންނަމަވެސް އާމްދަނީއެއް އެވަރަކަށް ނުލިބޭ. ދެން ކިހިނެތްބާއޭ މި ލޯނު މިދައްކަނީ ތެދެއްތޯ. ކޮންމެވެސް މީހަކުތާ މިދައްކާ ދޭނީ. ނޫނިއްޔާ ކޮންމެވެސް ގޮތަކުންތާ އެލޯނު ދައްކަން ފައިސާ ހޯދާނީ. އެހެންވީމަ ވަރަށް ބޮޑަށް ވެސް ނާޖާއިޒް މަންފާއާއި، ނޭދެވޭ ގޮތްގޮތަށް މުއްސަންދިކަން ހޯދުމުގެ ސަގާފަތެއް ގާއިމްވެފައި އޮތްކަން އަޅުގަނޑުމެންނަށް ހާމަވަގެންދޭ މާލީ ބަޔާންތަކުން އެކަނި ވެސް.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް

މެމްބަރު މީކާއީލް ވިދާޅުވީ މިސަރުކާރަށް ބިނާކުރަނިވި ގޮތެއްގައި ބަހެއް ބުނާ މީހުންނަށް ޕީނަލައިޒް ކުރަން ކޮންމެވެސް ކަމެއް ކުރާ ކަމަށެވެ.

އެގޮތުން ސިޔާސީ ދައުވާ ކުރުމާއި، ކޯޓަށް ގެންދިއުމާއި، ސިޔާސީ ގޮތުން ވަޒީފާގެ ފުރުސަތުތައް ލިބޭ ކަމަށް މެމްބަރު މީކާއީލް ވިދާޅުވިއެވެ.

- ކޮމެންޓް