ކ. މާލެ
|
11 ޖުލައި 2021 | އާދީއްތަ 01:20
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙުމޫދު
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙުމޫދު
ރާއްޖެއެމްވީ
ޖީހާން-އައިޕީޔޫގެ ހިއުމަން ރައިޓްސް ކޮމިޓީއަށް
އައިޕީޔޫގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ޖީހާން
 
ކޮމިޓީއަށް ޖީހާން އިންތިޚާބުވެވަޑައިގެންފައި ވަނީ އޭޝިއާ ފެސިޕިކް ގްރޫޕުން

އިންޓަރ-ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ޗެއަރޕަރސަން ޖީހާން މަޙުމޫދު ހޮވިވަޑައިގެންފިއެވެ.

ހިންނަވަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޖީހާން، އައިޕީޔޫގެ ހިއުމަން ރައިސްޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް އިންތިޚާބުވެވަޑައިގެންފައި ވަނީ އޭޝިއާ ފެސިޕިކް ގްރޫޕުންނެވެ. ރާއްޖޭގެ ފަރާތުން އޭނާގެ ނަންފުޅު ފޮނުވީ ރައްޔިތުންގެ މަޖިލީހުންނެވެ. މިއީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު މި ކޮމިޓީއަށް ހޮވިވަޑައިގަތް ފުރަތަމަ ފަހަރެވެ.

އިންޓަރ-ޕާލިމެންޓްރީ ޔޫނިއަންއަކީ 157 ގައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤުވާމީ ޖަމްއިއްޔާއެކެވެ. ޖީހާން ކޮމިޓީއަށް ހޮވިވަޑައިގަތީ މި 175 ގައުމާ ވާދަކުރައްވައިގެންނެވެ. މި ޖަމްއިއްޔާގައި މެންބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

އައިޕީޔޫގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ޖީހާން ހޮވިވަޑައިގަތުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ޖީހާނަށް ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް