Advertisement
ކ. މާލެ
|
16 މެއި 2017 | އަންގާރަ 09:18
ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޕޮލިޓިކަލް އެޑްވައިޒަރ، އަޙުމަދު ތައުފީޤު (ޓޯޕީ)
ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޕޮލިޓިކަލް އެޑްވައިޒަރ، އަޙުމަދު ތައުފީޤު (ޓޯޕީ)
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
މެންބަރުން ތިބެންވާނީ މުސްތަޤިއްލު ބައެއްގެ ގޮތުގައި
ރައީސަށް ވަފާތެރިވާންޖެހޭ ފަރާތްތައް ކުރާ ހުވާގައި އެކަން ބަޔާންކޮށްފައި އޮންނާނެ
މަޖިލިސް މެންބަރުންނަކީ ހައިބަތު ބޮޑު ބައެއް، ތަންތަނަށްގޮސް ފުއްޕާހަން އައްސަން އުޅޭކަށް ނުޖެހޭ

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ނިޒާމީ ބޮޑު މައްސަލަތަކެއް ފެންނަން ހުރި ކަމަށް ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ޕޮލިޓިކަލް އެޑްވައިޒަރ، އަޙުމަދު ތައުފީޤު (ޓޯޕީ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތައުފީޤު ވިދާޅުވީ، އަޅުގަނޑުމެން މިއަދު މި ތިބީ، ދައުލަތުގެ ތިން ބާރަކީ ވަކިވެފައިވާ ބާރުތަކެއް ކަމަށް، ޤާނޫނުއަސާސީގައި ލިޔެގެން ކަމަށާ، ރައްޔިތުންގެ މަޖިލީހަކިވެސް އޭގެ ތެރެއިން، މިނިވަން ކަމާއި އެކު މަސައްކަތް ކުރުމުގެ ފުރުޞަތު އެ ޤާނޫނުއަސާސީން ލިބިދީފައިވާ އެއް ބާރު ކަމަށެވެ.

މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވާ ތައުފީޤު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވަކި މަސައްކަތްތަކެއް ހަވާލުކުރެވިފައިވާ ބައެއް ކަމަށާ، އެއީ ރައީސުލްޖުމްހޫރިއްޔާއަށް އިޚުލާސްތެރިވާން، ނުވަތަ ވަފާތެރިވާން ތިބޭ ބައެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މި އޮންނަނީ ޤާނޫނުއަސާސީ އިސްލާހުކުރުމާ، ޤާނޫނުތައް ހެދުމާ، އުނިއިތުރު ގެނައުމާ، ސަރުޚާރަށް ފާރަވެރިވުމާ، މުއައްސަސާތަކަށް ފާރަވެރިވުމާ، މިހެންގޮސް ވަކި މެންޑޭޓެއް އެބޮތް ރައްޔިތުންގެ މަޖިލީހަށް. ތިޔަބޭފުޅުން ވިސްނަވާ މަޖިލިސް މެންބަރުންގެ ހުވާ، މަޖިލިސް މެންބަރުންގެ ހުވާގަ އެބަ އިނދޭތޯ ރައީސުލްޖުމްހޫރިއްޔާއަށް އިޚުލާސްތެރިވާން، ނޫނީ ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވާން. އެގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް އިޚުލާސްތެރިވާން، ނޫނީ ވަފާތެރިވާން، ތިއްބަވާ ބޭފުޅުން، އެބޭފުޅުންގެ ހުވާގަ އިންނާނެ އެހެން. އެނގޭތޯ. އެ ހުވާގަ އިންނާނެ އެހެން. ވަޒީރުންގެ ހުވާ ބައްލަވާ، އިންނާނެ. އެކަމު ރައްޔިތުންގެ މަޖިލިހުގަ ނީންނަނީ ކީއްވެތޯ. ނިންނަނީ، އެ މުސްތަޤިއްލު ބައެއް އެއީ

ތައުފީޤު ވިދާޅުވީ މަޖިލިސް މެންބަރުންނަކީ، މެޖޯރިޓީ އާއި ސުޕަރމެޖޯރިޓީގެ ބަހުސްކޮށް، ރަބަރު ތައްގަނޑު ޖަހަން ތިބި ބައެއް ނޫން ކަމަށާ، އެ މެންބަރުންނަކީ އެއަށްވުރެ ހައިބަތުބޮޑު ބައެއް ކަމަށެވެ.

އެމީހުން ނުޖެހޭ ދެއްތޯ ތަންތަނަށްގޮސް ފުއްޕާހަން އައްސާ، މިކަހަލަ ކަންތަކުގަ އުޅޭކަށެއް. އެމީހުން ވަރަށް ހައިބަތު ބޮޑު ބައެއް އެއީ. އެމީހުން މެޖޯރިޓީ ސުޕަރމެޖޯރިޓީ ވާހަކަ ދައްކަންވެސް އަޅުގަނޑު ލަދުގަނޭ. އެމީހުންނަކީ އެއަންނަ އިޝޫތަކަށް، ރަނގަޅަށް ބަހުސްކޮށްފަ، ޤައުމަށް، ދައުލަތަށް އެ އޮންނަ އެންމެ ރަނގަޅު ގޮތަކަށް ނިންމަން ތިބޭ ބައެއް އެއީ. ރަބަރ ސްޓޭމްޕް ޖަހަން އެތަނަށް ލާފަ ތިބި ބައެއް ނޫން އެއީކީއެއް. ވަރަށް ސާފުކޮށް ޤާނޫނުއަސާސީގަ އެއޮތީ ލިޔެފަ

ތައުފީޤު ވިދާޅުވީ، މަޖިލީހުގެ ތެރެއިން ސަރުކާރު ބޭނުންހާ ގޮތަކަށް ކަންކަން ނިންމުމަށް ދައްކާ ހުއްޖަތެއްގެ ގޮތުގައި ޕާޓީ ނިޒާމް ބޭނުންކުރެވޭ ކަމަށާ، ނަމަވެސް ޕާޓީ އާއި ސަރުކާރަކީ ތަފާތު ދެއެއްޗެއް ކަމަށެވެ.

ޕާޓީ ނިޒާމުގަ، ޕާޓީއާ ސަރުކާރާ އެއީ ވަކިއެއްޗެއް، ޕާޓީން ނިންމާ ނިންމުންތައް، ރައީސަށް ހުށަހަޅާނީ ޕާޓީގެ ރައީސް ނޫނީ ހިންގާ ބަޔަކު. ޕާޓީ ހިނގަން ޖެހޭނީ ސަރުކާރާ ވަކިން. ސަރުކާރަކީ ޕާޓީ. ޕާޓީއަކީ ސަރުކާރު. އެހެން ނުހެދޭނެ އެނގޭތޯ. މިއީ ޕްރެޒިޑެންޝަލް ސިސްޓަމެއް މީ

ތައުފީޤު ވިދާޅުވީ، ޕާޓި ނިޒާމެއް އޮތުމުގެ ބަހަނާ ދައްކައި، ރިޔާސީ ނިޒާމެއްގަ، މަޖިލިސް މެންބަރުން ސަރުޚާރުގެ ކޮންޓްރޯލްގައި ތިބެންޖެހޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާ، މަޖިލިސް މެންބަރުން ތިބެން ޖެހޭނީ އެފަރާތްތަކުގެ ޒިންމާ އަދާކުރުމުގަ، ވަކި ފަރާތަކަށް ނުޖެހި، މުސްތަޤިއްލު ބައެއްގެ ގޮތުގައި ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 މެއި 2017 | އަންގާރަ 08:08
އަލީ
ކައުންސިލްތަކާ ސަރުކާރާއި، ވަކިކުރެވޭނެ ގޮތެއް ނޯންނާނެ. އެއީ ދައުލަތުން މުސާރަ ދީފައި ބައިތިއްބާ ބައެއް. އެއީ ޕާޓީން މުސާރަ ދީފައި ބައިތިއްބާ ބައެއްނޫން.
16 މެއި 2017 | އަންގާރަ 06:16
pathan
Having some difficulty yesterday and today in opening some news topics from mobile Phone