ކ. މާލެ
|
10 ޖުލައި 2021 | ހޮނިހިރު 07:44
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
އައިޖީއެމްއެޗުން ދެމުންދާ ޚިދުމަތް
ކޮވިޑާއި ގުޅިގެން އެޑްމިޓްކޮށްގެން ފަރުވާދޭ ދިވެހިން އަދި ބިދޭސީންވެސް ފައިސާ ދައްކާކަށްނުޖެހޭނެ: އައިޖީއެމްއެޗް
 
ކޮވިޑް ވެކްސިން ޖެހުމުގައިވެސް ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންނަށް ވަނީ އެފުރުސަތު ދީފައި
 
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ދިވެހިންނާއި ބިދޭސީން ތަފާތުކުރުމެއްނެތި އަންނަނީ ޚިދުމަތް ދެމުން

ކޮވިޑް-19 އާ ގުޅިގެން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި އެޑްމިޓްކޮށްގެން ފަރުވާދޭ ދިވެހިން އަދި ބިދޭސީންވެސް ފައިސާ ދައްކަން ނުޖެހޭނެކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިކަން ހާމަކޮށްފައިވަނީ ކޮވިޑާއި ގުޅިގެން އެނދުމަތިކުރެވިފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާކަމަށް މީސްމީޑިއާގައި ދެކެވެމުންދާ ވާހަކައާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައެވެ.

ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ބަންގްލަދޭޝް އަންހެނަކާއި، އޭނާގެ ބަނޑަށް ހަތްމަހުގައި ނަގަންޖެހުނު ދަރިފުޅުގެ ހޮސްޕިޓަލް ބިލަށް 3 ލައްކައެއްހާ ރުފިޔާ އަރާފައިވާކަމަށާއި، ބިލަށް އަރާފައިވާ ފައިސާ އައި.ޖީ.އެމް.އެޗުން މަޢާފުކޮށްދީފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ދެމުން އަންނަ ޚިދުމަތްތަކުގައި ދިވެހިންނާއި ބިދޭސީން ތަފާތުކުރުމެއްނެތި އަންނަނީ ޚިދުމަތްދެމުންނެވެ. އެގޮތުން ކޮވިޑް ވެކްސިން ޖެހުމުގައިވެސް ދިވެހިންނެކޭ އެއްގޮތަށް ބިދޭސީންނަށްވެސް ވެކްސިން ޖެހުމުގެ ފުރުސަތު އެއްވެސް އަގެއް ދިނުމަކާ ނުލާ ސަރުކާރުން އަންނަނީ ދެމުންނެވެ.

ކޮވިޑް ބައްޔަށް ފަރުވާ ދިނުމުގައި އެންމެ އިސްރޯލެއް އަދާކުރަމުން އަންނަނީ އައިޖީއެމްއެޗުންނެވެ. އެގޮތުން ބަލީގައި ބޮޑުވަރުވާ މީހުންނާއި، އައި.ސީ.ޔޫއާއި ވެންޓިލޭޓަރަށް ލާންޖެހޭ މީހުންނަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދިނުމުގެ އިންތިޒާމު ވަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހަމަޖައްސާފައެވެ. މީގެއިތުރުން ކޮވިޑަށް ޓެސްޓްކުރުމަށް ނެގޭ ސާމްޕަލްތަކުގެ ތެރެއިން އެންމެ ގިނަ ސާމްޕަލްތަކެއް ޓެސްޓްކުރަމުންދަނީ އައިޖީއެމްއެޗް ލެބޯޓްރީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް