ކ. މާލެ
|
16 މެއި 2017 | އަންގާރަ 04:06
ރޮޒައިނާ އާދަމް، އެމްދީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަަދއްކަވަނީ
ރޮޒައިނާ އާދަމް، އެމްދީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަަދއްކަވަނީ
ރާއްޖެ އެމްވީ
އެމްޑީޕީ ހަރުގެ ޖަލްސާ
މަޖިލީހާ ދެކޮޅަށް، ބަންޑާރަ ނައިބަށް ސުޕްރީމް ކޯޓަށް ވަޑައެއްނުގެންނެވޭނެ: ރޮޒައިނާ
ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ސުޕްރީމް ކޯޓާއި ހަވާލުކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް ނޭދެވޭނެ
ޤާނޫނު ހެދުމާއި، ޤާނޫނުތަކަށް ބަދަލު ގެނައުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއް
ބަންޑާރަ ނައިބަކީ، ދައުލަތް ތަމްސީލް ކުރައްވަން ހުންނަވާ ބޭފުޅެއް

ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ދައުލަތުގެ ބަންޑާރަ ނައިބަށް، ސުޕްރީމް ކޯޓަށް ވަޑައިނުގެންނެވޭނެކަމަށް ވިދާޅުވެ، އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު ރޮޒައިނާ އާދަމް، ބަންޑާރ ނައިބް މުހައްމަދު އަނިލަށް ވަރަށް ބޮޑަސް ފާޑުވިދާޅުވެއްޖެ އެވެ.

 

އެކަށީގެންވާ ސަބަބެއް ނެތި، ވަޒީރުންގެ އިތުބާރު ނެތްކަމަށް ފާސްނުކުރެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ދައުލަތުގެ ބަންޑާރ ނައިބް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލައަށް އިޝާރަތްކުރައްވާ އެމްޑީޕީގެ ހަރުގޭގައި ވާހަކަދައްކަވަމުން އައްޑޫ މިދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ރޮޒައިނާ އާދަމް ވިދާޅުވީ، ބަންޑާރަ ނައިބަކީ، ދައުލަތް ތަމްސީލް ކުރައްވަން ހުންނަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް މައްސަލަ ހުށަނޭޅުއްވޭނެކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

 

ރޮޒައިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް ސުޕްރީމް ކޯޓާއި ހަވާލުކުރުމަށް ދައުލަތުގެ ބަންޑާރަ ނައިބަށް ނޭދެވޭނެކަމަށެވެ. އަދި ޤާނޫނު ހެދުމާއި، ޤާނޫނުތަކަށް ބަދަލު ގެނައުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބަރާކަށްވާއިރު، ސުޕްރީމް ކޯޓަށްވެސް އެކަން އެގޮތަށް ނުކުރެވޭނެކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

 

"ސަރުކާރާ އެއްބައިވެގެން ދައުލަތުގެ އެޓާނީ ޖެނެރަލްއަކަށް ދައުލަތުގެ އެހެން މުއައްސަސާއެއް ގޮވައިގެން ކޯޓަކަށް ނުދެވޭނެ. މި ވާހަކަ މިއީ މީގެކުރިން ސުޕްރީމް ކޯޓުންވެސް ނިންމާފައި އޮތް ކަމެއް. އަޅުގަނޑު ހިތަށް އަރާ މި މައްސަލަ ކީއްވެ ބާއޭ މި ބައްލަވައިގަތީ." ރޮޒައިނާ އާދަމް ވިދާޅުވި އެވެ.

 

ބަންޑާރަ ނައިބް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލާ ފާހަގަކުރެއްވި ބައެއް ނުކުތާތަކަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވި، ވަޒީރުން އައްޔަނުކުރަނީވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދައިގެންކަމަށެވެ. އަދި ވަޒީރުން ޖަވާބުދާރީކުރުވަންވެސް އޮތީ ރައްޔިތުންގެ މަޖިލީސްކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

 

- ކޮމެންޓް