ކ. މާލެ
|
9 ޖުލައި 2021 | ހުކުރު 00:12
އެމްއެމްއެންޑީއެފުން ހަރަކާތްތެރިވަނީ
އެމްއެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ
ނަޝީދު އަވަހާރަކޮށްލަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެމްއެންޑީއެފަށް ނުލިބޭކަމަށް ގަބޫލެއްނުކުރެވޭ: އިންކުއަރީ ރިޕޯޓް
 
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިއެއް ވިދާޅުވެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވަނީ ހަމަލާއަކީ ނޭނގި ދިން ހަމަލާއެއްކަމަށް ގަބޫލުނުކުރެވޭ ކަމަށް
 
ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ލިބޭ ވަކި އެއް މައުލޫމާތަކުން ފުރިހަމަ މަންޒަރު ދެނެގަތުމަކީ ނާދިރުކަމެއްކަމަށް
 
އެއްވެސް ތަނެއްގައި ދޭ ޓެރަރިސްޓް ހަމަލާއަކީ މަދު ފަހަރެއްގައި މެނުވީ ސްޕެސިފިކް އިންޓެލިޖެންސް ލިބޭ ބާވަތު ކަންކަންނޫންކަން ވަނީ ބުނެފައި

މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލީ އެމްއެންޑީއެފްއަށް އެފަދަ ހަމަލާއެއް ދީފާނެކަމުގެ އެއްވެސް އިންޑިކޭޓަރެއް ނުލިބިކަމަށް ގަބޫލު ނުކުރެވޭކަމަށް، މިހަމަލާއާ ގުޅިގެން 241 ކޮމިޓީން ކުރިޔަށްގެންދިޔަ އިންކުއަރީ ރިޕޯޓްގައި ބުނެފިއެވެ.

އިންކުއަރީއަށް އެގޮތަށް ގަބޫލު ނުކުރެވޭކަމަށް ފާހަގަކޮށްފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅުންހުރި އިންޑިކޭޓަރސްތައް ފާހަގަކުރި ބާބުގައެވެ.

އިންކުއަރީ ރިޕޯޓްގައި އިންޓެލިޖެންސާ ގުޅުންހުރި ކަންތައްތަކާ ގުޅިގެން ފާހަގަކޮށްފައިވަނީ، މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ "ސްޕެސިފިކް" ނުވަތަ ޚާއްސަ މައުލޫމާތެއް ނުވަތަ އިންޓެލިޖެންސް މައުލޫމާތެއް އެ މުއައްސަސާއަށް ލިބިފައި ނުވާކަމަށް، މި އިންކުއަރީއަށް މައުލޫމާތުދެމުން، ތަކުރާރުކޮށް އެމްއެންޑީއެފްއިން ބުނެފައިވާ ކަމަށެވެ.

ނަމަވެސް ދުނިޔޭގެ އެކި ތަންތަނުގައި އިންޓެލިޖެންސް އިދާރާތަކަށް އެއްވެސް މައުލޫމާތެއް ނުލިބި އަދި އަނެއްބައި ފަހަރު ބައެއް ކަހަލަ މައުލޫމާތު ނުވަތަ "އިންޑިކޭޓަރސް" ލިބިގެންވެސް ހަމަލާދީފައި ހުރިކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ދޭ ޓެރަރިސްޓް ހަމަލާއަކީ މަދު ފަހަރެއްގައި މެނުވީ ސްޕެސިފިކް އިންޓެލިޖެންސް ލިބޭ ބާވަތުގެ ކަންކަން ނޫންކަމަށް ވަނީ ބުނެފައެވެ.

މިފަދަ ހަމަލާއެއްގެ ކުރިން "ސްމޯކިންގ ގަން"އެއް ފެނުމަކީ ނާދިރުކަމެކެވެ. މިއިންކުއަރީއަށް ހާޒިރުވި އެމްއެންޑީއެފް އާއި ފުލުހުންގެ މާހިރުންނާއި އަދި އިންކުއަރީއިން މައުލޫމާތު ހޯދި އިންޓެލިޖެންސާއި އޮޕަރޭޝަނަލް ދާއިރާގެ ތަޖުރިބާކާރުންގެ ރައުޔަކީވެސް މިއެވެ. ރައީސް މުޙައްމަދު ނަޝީދަކީ އަބަދުވެސް ތްރެޓް އޮތް ފަރާތެއްކަން އެމްއެންޑީއެފްގެ އަމިއްލަ އެސެސްމަންޓްތަކުން ނިމިފައިވާއިރު އަދި ރައީސް މުހައްމަދު ނަޝީދުގެ ތްރެޓް ލެވެލް "ސަބްސްޓޭންޝަލް"އިން "ސިވިއަރ"އިން އަދި އެއަށްފަހު "ކްރިޓިކަލް"އަށް މަތިކުރި ފަހުންވެސް އިންޓެލިޖެންސުން ބަލަންޖެހޭ މައުލޫމާތުތަކެއް އެމްއެންޑީއެފްއަށް ލިބިއިވޭ.
އިންކުއަރީ ރިޕޯޓް

އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ލިބޭ ވަކި އެއް މައުލޫމާތަކުން ފުރިހަމަ މަންޒަރު ދެނެގަތުމަކީ ނާދިރުކަމެއްކަމަށެވެ. ނަމަވެސް ހަމަލާއެއް ދިނުމުގެ އިޙްތިމާލް އޮތްކަން ދެނެގަންނާނީ، ލިބޭ، އަދި ކުރިން އެކިފަހަރުމަތިން ލިބިފައިހުރި އެތައް މައުލޫމާތުތަކެއް ގުޅުވައިގެން ހަދާ އެނަލިސިސްގެ މައްޗަށް ބިނާކޮށެވެ. އަދި މިފަދަ އެސެސްމަންޓް ހެދުމުގެ މަސައްކަތަކީ ހަމައެކަނި މީހަކަށް ލިބޭ މައުލޫމާތެއް އެއްކުރުމުގެ އިތުރުން ކޮމްޕިޔުޓަރައިސްޑް "އިންޓެލިޖެންސް އެނަލިޓިކަލް ޓޫލްސް" ނުވަތަ ސޮފްޓްވެއަރ ބޭނުންކޮށްގެން ކުރާ މަސައްކަތެކެވެ.

މީގެއިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިއެއް ވިދާޅުވެފައިވާކަމަށް ރިޕޯޓްގައި ބުނެފައިވަނީ ހަމަލާއަކީ ނޭންގި ދިން ހަމަލާއެއްކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

މިއީކީ ނޭނގި ހިނގާފައި އޮތް ކަމެއް ނޫން ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިއެއް (އިންކުއަރީ ރިޕޯޓް)

މީގެއިތުރުންވެސް ޕޮލިސް ސަރވިސްގެ އިސްވެރިއަކު އިންކުއަރީއަށް މައުލޫމާތު ދެއްވަމުން، ވިދާޅުވީ މިހަމަލާއާ ގުޅޭ މައުލޫމާތު ކޮންމެސް ގޮތަކުން އެނގިފައިވާކަމަށް ގަބޫލުކުރައްވާކަމަށެވެ.

އަންނޯންސްތައް ގިނަވެގެންގޮސް... އެއްވެސް އިންޓެލިޖެންސް އިދާރާއަކަށް ނޭނގިވެސް މިފަދަ ކަމެއް ހިނގުން އެކަށީގެންވޭ. އެހެންނަމަވެސް މިސްޕެސިފިކް އިންކުއަރީ ހިންގޭ، މިހަމަލާއާ ގުޅިގެން މިހިންގޭ އިންކުއަރީ އާ ގުޅޭގޮތުން ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑަށް މިހާރު އެނގޭ އެއްޗަކީ ކޮންމެވެސް އެއް ހިސާބަކުން އެނގިފައި މިއޮތީ. މީކީ ނޭނގި ހިނގާފައިވާ އޮތް ކަމެއް ނޫންކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ކޮންމެވެސް އެއް މޭރުމަކުން މިފަދަ ކަމެއް ހިނގައިފާނެކަމުގެ ކޮންމެސް ވަރެއްގެ އިންޕުޓްތަކެއް ކޮންމެވެސް ބޭފުޅުންނަށް ކުރީ ބައިގައި ލިބިވަޑައިގެން އޮވެ ހިނގާފައިވާ ހަމަލާއެއް މިއީ
ފުލުހުންގެ އިސް އޮފިސަރެއް (އިންކުއަރީ ރިޕޯޓް)

އިންކުއަރީއަށް ހޯދުނު މައުލޫމާތުތަކުގައި އަލީގައި މިއިންކުއަރީއަށް ގަބޫލުކުރެވުނީ މެއި 6 ގައި ރައީސް ނަޝީދަށް ދިން ހަމަލާ ދެނެގަނެވޭނެ މިންވަރަށް އިންޑިކޭޓަރސް ނުވަތަ ފްލޭގް ވާންޖެހޭ ޒާތުގެ މައުލޫމާތުތަކެއް އެމްއެންޑީއެފަށް ލިބިފައި ހުރިކަމަށެވެ. އެގޮތުން ފްލޭގްވާންޖެހޭ ކަމަށް އިންކުއަރީއަށް ފާހަގަވާ ކަންކަންވެސް ވަނީ އިންކުއަރީ ރިޕޯޓްގައި ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް