ކ. މާލެ
|
8 ޖުލައި 2021 | ބުރާސްފަތި 20:51
ސްޓެލްކޯ
ސްޓެލްކޯ
ރާއްޖެއެމްވީ
ކަރަންޓު ކަނޑާލަނީ
މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަނީ
 
ކަރަންޓް ކަނޑާލަނީ ހުކުރު ދުވަހުގެ ހެނދުނު 7:00ން 9:00ށް

ހުކުރު ދުވަހުގެ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އިންޓަރކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި 09/07/2021ވާ ހުކުރު ދުވަހުގެ ހެނދުނު 7:00ން 9:00ށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި މިގަޑިތައް މިހެން ބަޔާން ކޮށްފައިވީނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ދެވިގެންދާނެ ކަމަށެވެ.

މިއީ އިންޓަރކަނެކްޝަން ޕްރޮޖެކްޓްގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމައި، މާލޭގެ ސިސްޓަމާއި ގުޅާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް