Advertisement
ކ. މާލެ
|
16 މެއި 2017 | އަންގާރަ 01:35
ޗާއިނާއަށް ދެ ކެއްކުންތެރިން
ޗާއިނާއަށް ދެ ކެއްކުންތެރިން
ރާއްޖެއެމްވީ
ރާއްޖެއާއި ޗައިނާ އާއި އޮންނަ
ރާއްޖޭގެ ދެ ކެއްކުންތެރިން ޗައިނާއަށް!
މި ދެ މީހުން ޗައިނާގެ ބެއިޖިންގް އަށް ގޮސްފައިވަނީ ހަފްތާއަކަށް

ޗައިނާ އާއި ރާއްޖޭގެ ތަފާތު ކާނާ ތައްޔާރުކުރުމުގެ ހުނަރު ބަދަލުކުރުމަށް ދިވެހި ކެއުން ތައްޔާރުކުރުމަށް ދިވެހި ދެ ޝެފުން ޗައިނާއަށް ފުރައިފި އެވެ.

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނުން (ސީއެމްސީއޭ) އިން އިސްނަގައިގެން ރާވާފައިވާ މި ޕްރޮގްރާމުގައި ޗައިނާގެ ބެއިޖިންގް އަށް ގޮސްފައިވަނީ މުހައްމަދު ޝިނާޒް އާއި އައިމިނަތު ޝާނީ އެވެ.

މިދެ މީހުން ޗައިނާއަށް ގޮސްފައިވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.

މިދެ ކެއްކުންތެރިން ބެއިޖިންގް ގެ މިންޒޫ ހޮޓެލްގައި އެއްހަފްތާ ވަންދެކަށް ކެއްކުމުގެ ހުނަރު ބަދަލުކުރުމުގެ ޕްރޮގްރާމް އެއް ކުރިއަށް ގެންދާނެ ކަމަށް ސީއެމްސީއޭ އިން ބުނެ އެވެ. އެގޮތުން ކޮންމެދުވަހަކުވެސް ތަފާތު ދިވެހި ކެއުމަކާ ފޮނިކާއެއްޗެއް ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.  އަދި ޗައިނާގެ ތަފާތު ކެއުންތައް އޭގެ އަސްލު ރަހަތަކާއެއްގޮތަށް ކައްކަން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްސީއެމސީއޭ އިން ބުނެ އެވެ. 

ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާ އަދި ގެސްޓް ހައުސްތަކުން، ޗައިނާގެ ކެއުންގެ އޭގެ އަސްލު ރަހައިގައި ލިބޭނެ ގޮތް ހެދުމަށްޓަކާއި ޗައިނާގެ ކެއްކުންތެރިން ރާއްޖެ އައިސް ރާއްޖޭގެ ރިސޯޓްތަކާ ހޮޓާ، އަދި ގެސްޓް ހައުސް ތަކުގައި ކައްކާ މީހުނަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ސީއެމްސީއޭ އިން ބުނެ އެވެ.

މިކަމަށް ޝައުގުވެރިވާ ރެސްޓޯރަންޓް ތަކުން ސީއެމްސީއޭ އަށް ގުޅުމަށްވެސް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

މިހާރު ޗައިނާގައި ތިބި ދިވެހި ދެ ކެއްކުންތެރިން މާލެ އައުމާއެކުހެން ޗައިނާއިން ތަޖްރިބާކާރު ދެ ކެއްކުންތެރިން ރާއްޖެ ގެނައުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމަށް މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަނުން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް މިއަހަރުވެސް ވަނީ ނިންމާފަ އެވެ.

އެގޮތުން ސަޤާފީ ކުޅިވަރު ދައްކާލުމަށްޓަކާ ދިވެހި ފަންނާނުންތަކެއް ޗައިނާއަށް ދިއުމާއި ، ކެލިގްރަފީ ކްލާސްތަކެއް ހިންގުމުގެ ހަރަކާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުންވެސް ދިވެހި ޒުވާނުން ޗައިނާއަށްގޮސް އެތަނުގެ ސަޤާފީ ތަންތަނަށް ޒިޔާރަތްކުރުމާއި ޗައިނާގެ ޒުވާނުންނާއި ބައްދަލުކޮށް ރާއްޖޭގެ ސަގާފީ ކަންކަން ދެނެގަތުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް