Advertisement
ކ. މާލެ
|
16 މެއި 2017 | އަންގާރަ 00:31
ގާސިމް އިބްރާހިމްގެ ވަކީލުން މީޑއާއަށް މައުލޫމާތު ދެނީ
ގާސިމް އިބްރާހިމްގެ ވަކީލުން މީޑއާއަށް މައުލޫމާތު ދެނީ
ޓްވިޓަރ
ގާސިމްގެ މައްސަލަ
ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި. ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުން އެދެން:ވަކީލުން
10 މެއިގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ކަނޑައެޅިގެން ދޮގުހަދާފައިވުމަކީ ގާސިމް އިބްރާހީމް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް

ގާސިމްގެ މައްސަލައިގައި ފުލުހުން ވަނީ ކަނޑައެޅިގެން ދޮގު ހަދާފައި ކަމަށާއި ޤާސިމްގެ މައްޗަށް ކުރި ޝަރުތުތައް ބާތިލް ކުރުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަކީލުން އެދިއްޖެއެވެ.

 

ގާސިމް ގެ ވަކީލުން ހޯމަދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ގާސިމްގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގައި، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވޭތޯ ގާސިމްގެ ފަރާތުން ސުވާލު ކުރުމުން ގާސިމް އިބްރާހިމް ބަންދުގައި ބަހައްޓާފައި ހުރި މައްސަލަ ޕްްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ނުވާކަމަށް ފުލުހުން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ޖިނާއީ ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް 9 މެއި 2017 ދުވަހު ފޮނުވާފައިވާކަމަށާއި، އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރެވޭވަރަށް ހެއްކާއި ގަރީނާ ނެތަތީ އެމައްސަލަ 10 މެއިގައި އަނބުރާ ފުލުހުންނަށް ފޮނުވާފައިވާކަމަށް ޕީޖީ އޮފީހުން ލިޔުމުން ވަކީލުންނަށް މައުލޫމާތު ދިންކަމަށެވެ.

 

އެހެންކަމުން 10 މެއިގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ފުލުހުން ކަނޑައެޅިގެން ދޮގުހަދާފައިވުމަކީ ގާސިމް އިބްރަހިމް ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށެވެ.

 

ކްރިމިނަލްކޯޓުން ގާސިމް ޝަރުތުތަކަކާއިއެކު ބަންދުން ވީއްލުމަށް ކުރި އަމުރު ބިނާކުރައްވާފައިވަނީ ފުލުހުން މާތް ﷲ ގަންދީ ހުވައިކޮށްގެން ތިބެ ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ދޮގު މައުލޫމާތު ތަކެއްގެ މައްޗަށްކަން ކަށަވަރުވާތީ، އެ އަމުރު ނެރުނު އިރުވެސް އެ މައްސަލައިގައި ދައުވާއެއް ކުރެވެން ނެތްކަން ޕީޖީ ދީފައިވާ ލިއުމުން އެނގެން އޮންނާތީ، 10 މެއިގައި ގާސިމް ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރައްވާފައިވާ ޝަރުތުތައް ބާތިލްުކުރުމަށް މިހާރު ކުރިމިނަލް ކޯޓުގައި އެދިފައިވާނެކަމަށް ވަކީލުންގެ ބަޔާނުގައި ަވނީ ބުނެފައެވެ.

 

ގާސިމްގެ މައްޗަށް ތަފާތު އެކި ތުހުމަތުތައްކޮށް 26 ދުވަހު ކުޑަގޮޅިގައި އެމަނިކުފާނު ބާއްވާފައިވަނީ ގާނޫނާޚިލާފަށް ކަމަށާއި، އެމަނިކުފަނާއި ދެކޮޅަށް ހެއްކެތް ދެއްކިފައިނުވާތީ، ދޭހަވަނީ މިކަމަކީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތެއްގެ ގޮތުގައި ކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ.

 

ފާއިތުވި އޭޕްރީލްމަހު ގާސިމް އިބްރާހިމް ހައްޔަރުކުރީ، މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތުގައްޔާއި، ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް
16 މެއި 2017 | އަންގާރަ 13:42
ޔައުގޫބު
ސަރުކާރާއި ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި މާތްﷲގެ ރަސްކަންފު ގަންދީ ހުވާކޮށްގެން ތިބި ބަޔަކު ފައިސާގަނޑެއް ލިބިގެން ﷲއަށް އުރެދި ގާނޫނީ ގޮތުން އުފެދިފައިވާ އިސްލާމީ ސަރުކާރެއް ބަދަލުކުރީމާ އެކަން ކުރި މީހުން އެކުރި މޮޅުކަމުގެ ބަދަލުގައި އެމީހުން ޕުރަމޯޓުކޮށް މަގާމު އިތުކޮށް ފައިވޭއެވެ ވީމާ މިހާރު އެމީހުންނައް ރަނގަޅީ އަންދާގާނޫނު ސަރުކާރެވެ
15 މެއި 2017 | ހޯމަ 20:09
ސަލީމު
ފުލުހުންނަނަކީ ރައްޔިތުން ފުރޭމް ކޮށް ، ޤާނޫނާއި ޚިލާފު އެތަށްކަމެއް ކުރަމުންދާ ބައެއް. އެކަން ހިނގާދިޔައީ 2012 ވަނަ އަހަރު ކުރެވުނު ބަޢާވާތުގެ ތެރެއިން