Advertisement
ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 06:58
ޕެންޝަން އޮފީހުގެ މުވައްޒަފުން އެ އޮފީހުގެ އެކި މަސައްކަތް ކުރުމުގައި
ޕެންޝަން އޮފީހުގެ މުވައްޒަފުން އެ އޮފީހުގެ އެކި މަސައްކަތް ކުރުމުގައި
ޕެންޝަން އޮފީސް
އޮފީސްތައް ހުޅުވުން
ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ހާޒިރުވެ މަސައްކަތްކުރުމުގައި އަމަލުކުރަންވީ އުސޫލު އާންމުކޮށްފި
މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުން
ބަލީގެ އަލާމާތްތައް ހުންނަ މުވައްޒަފުން އޮފީހަށް ނުނުކުތުމަށާއި، އަލާމާތްތައް ފެނުމުން ލަސްނުކޮށް ފްލޫ ކްލިނިކަށް ދެއްކުން
އެކިއެކި ބައްދަލުވުންތައް (ޚާއްޞަކޮށް ގިނަމީހުން ބައިވެރިވާ ބައްދަލުވުންތައް) އޮންލައިންކޮށް ބާއްވާގޮތަށް ހަމަޖެއްސުން

ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތްކުރާނެ އުސޫލު އާންމުކޮށްފިއެވެ.

Advertisement

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތް ކުރުން މަޑުޖައްސާލުމަށް 6 މެއިގައި އެންގި އެންގުން ބާތިލުކޮށް ޖުލައި 4 ވާ އާދީއްތަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ދައުލަތުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުން އޮފީހަށް ހާޒިރުވެގެން މަސައްކަތްކުރުމުގައި އެ އެޖެންސީން އަންގާ ފިޔަވަޅުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އަންގާ ކަމަށެވެ.

އޮފީސްތަކުގައި އެޅުމަށް އަންގާފައިވާ ފިޔަވަޅުތައް

  • މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުން.
  • އެއްފަހަރާ އޮފީހަށް ނުކުންނަ މުވައްޒަފުންގެ އަދަދު މަދުކޮށް، ދަންފަޅިތަކަށް ބަހައިލައިގެން މަސައްކަތަށް ނުކުތުން.
  • ބަލީގެ އަލާމާތްތައް ހުންނަ މު ވައްޒަފުން އޮފީހަށް ނުނުކުތުމަށާއި، އަލާމާތްތައް ފެނުމުން ލަސްނުކޮށް ފްލޫ ކްލިނިކަށް ދައްކައިގެން ޓެސްޓުކުރުމާއި ފަރުވާ ހޯދުން.
  • މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް ގައިދުރުކަން ބެހެއްޓުމާއި، މާސްކް އެޅުމާއި، ރައްކައު ތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން މަސައްކަތުގައި އުޅުން.
  • މަސައްކަތުގައި އޮފީހުގައި އުޅޭއިރު މުވައްޒަފުން އެކުގައި ސައިބުއިމާއި ކެއުމުގެ ބަދަލުގައި، އެ މީހެއްގެ ވަރކްސްޓޭޝަނުގައި، އެހެން މީހުންނާ ވަކިން ގައިދުރުކަން ބަހައްޓައިގެން ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުން.
  • އެކިއެކި ބައްދަލުވުންތައް (ޚާއްޞަކޮށް ގިނަމީހުން ބައިވެރިވާ ބައްދަލުވުންތައް) އޮންލައިންކޮށް ބާއްވާގޮތަށް ހަމަޖެއްސުން.
  • އޮފީސްތަކުން އޮންލައިންކޮށް ދެވެން ހުރި ޚިދުމަތްތައް އޮންލައިންކޮށް ދިނުން. އަދި އޮންލައިން ޚިދުމަތްތައް ވީހައިވެސް ގިނަކުރުމަށް މަސައްކަތްކުރުން.
  • އޮފީސްތަކުގައި މަސައްކަތްކުރުމުގައި ކޮވިޑް-19 އިން ރައްކައުތެރިވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރުން.

އެޗްޕީއޭއިން ބުނީ މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް