Advertisement
ކ. މާލެ
|
15 މެއި 2017 | ހޯމަ 19:34
މ. ކޮޅުފުށި ކައުންސިލް އިދާރާ
މ. ކޮޅުފުށި ކައުންސިލް އިދާރާ
ރާއްޖެ އެމްވީ
ކޮޅުފުށި ކަރަންޓް މައްސަލަ
ކޮޅުފުށީ ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލައިފި
މިދިއަ އަހަރުގެ އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ބިލްގެ އިތުރުން މިއަހަރުގެ އޭޕްރީލް މަހުގެ ބިލް ވެސް ނުދައްކާ
ފައިސާ ލިބިފައިވަނީ މި އަހަރުގެ ޖެނުއަރީ، ފެބްރުއަރީ އަދި މާރޗު މަހުގެ ބިލްތަކަށް ކަމަށް ކައުންސިލް އިދާރާއިން ބުނޭ
އެ ރަށުގެ ހުންނަ ބޭސް ފިހާރަ ވަގުތީ ގޮތުން ހިންގަމުންދަނީ ކައުންސިލް އިދާރާގެ ބައެއްގައި

މ. ކޮޅުފުށީ ކައުންސިލް އިދާރާއިން ކަރަންޓް ކަނޑާލައިފި އެވެ.

މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކޮށް، ކޮޅުފުށި ކައުންސިލަށް އިބްތިހާބު ވެފައިވާ ހުސައިން ޝާމިލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކޮޅުފުށީ ކައުންސިލްގެ އިދާރާއިން ކަރަންޓް ކަނޑާލާފައިވަނީ ކަރަންޓް ބިލް ނުދައްކައިގެން ހޯމަ ދުވަހުގެ 13:30 އެހާކަންހާއިރު ކަމަށެވެ.

އޭނާ ވިދާޅުވީ ކޮޅުފުށީ އިންޖީނުގެ ހިންގަމުންދާ ފެނަކަ އިން ކައުންސިލް އިދާރާގެ ކަރަންޓް ކަނޑާލާފައިވަނީ ހަތަރު މަހުގެ ކަރަންޓް ބިލް ނުދައްކައިގެން ކަމަށާއި އެބިލްތައް ދެއްކޭނެ ފައިސާ ހޯދުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ ވާހަކަ ދެއްކި ނަމަވެސް އެކަމަށް އެދެވޭ ހައްލެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

ޝާމިލް ވިދާޅުވީ މިދިއަ އަހަރުގެ އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރު މަހުގެ ކަރަންޓް ބިލް ނުދައްކާ އޮތުމުން ފެނަކައިން ކަރަންޓް ކަނޑާލާނެކަމަށް އަންގާފައިވަނިކޮށް، މިއަހަރުގެ ޖެނުއަރީ ، ފެބްރުއަރީ އަދި މާރޗު މަހުގެ ކަރަންޓް ބިލްގެ ފައިސާވެސް ލިބިފައިވަނީ މިދިއަ އޭޕްރީމަހު ކަމަށެވެ. އަދި އޭޕްރީލް މަހުގެ ކަރަންޓް ބިލްވެސް ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ފެނަކައިން ބުނެފައިވަނީ މިދިއަ އަހަރުގެ ފަހު ތިން މަހުގެ ކަރަންޓް ބިލް ދައްކާފައިނުވާތީ ކަރަންޓް ކަނޑާލާނެ ކަމަށް ބުނެ، ހޯމަދު ދުވަހުގެ 13:15 އާހަމައަށް އެ ބިލްތަކަށް ފައިސާ ދެއްކުމަށް ވަގުތު ދިންނަމަވެސް އެ ފައިސާ ކައުންސިލްގެ އިދާރާއިން ލިބިފައިނުވާ ކަމަށެވެ.

ޝާމިލް ވިދާޅުވީ އެރަށުގައި ހުންނަ ބޭސް ފިހާރަ ވެސް ހުންނަނީ ވަގުތީގޮތުން ކައުންސިލް އިދާރާގެ ބައެއްގައި ކަމަށްވާތީ ބޭސް ފިހާރައަށް ކަރަންޓް ދޫކޮށްފައިވަނީ ކައުންސިލް އިދާރާގެ ތެރެއިން ކަމަށެވެ. އެހެންކަމުން އެ ރަށު ބޭސް ފިހާރަގައިވެސް ކަރަންޓް ނެތް ކަމަށާއި، އެހެންކަމުން ބޭސްތައް ހަލާކުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

މި މަހުގެ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކޮޅުފުށި ކައުންސިލަށް އިންތިހާބުވެފައިވަނީ އެމްޑީޕީގެ ތިން ކެންޑިޑޭޓުންނެވެ.

ކޮޅުފުށީގެ ކަރަންޓް މައްސަލައާ ގުޅޭގޮތުން އެލްޖީއޭގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަކާއި ގުޅިގެން އެލްޖީއޭ ކުރީގެ ބޯޑު ވަނީ އުވިފަ އެވެ. އިސްލާހު ކުރެވުނު އެގާނޫނުގައި ވާގޮތުން އެލްޖީއޭގެ ބޯޑު އެކުލަވާލުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް