ކ. މާލެ
|
29 ޖޫން 2021 | އަންގާރަ 18:22
ރާއްޖެ އައި ފަތުރުވެރިންތަކެއް
ރާއްޖެ އައި ފަތުރުވެރިންތަކެއް
ވެލާނާ އެއާޕޯޓް
ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލުން
ޖުލައި 15ގައި ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލަނީ
 
ބޯޑަރު ހުޅުވާލާނީ ކުރިއަށް މިއޮތް ދުވަސްތަކުގައި ދެކުނު އޭޝިއާގެ ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށް
 
ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑު
 
ދެކުނު އޭޝިއާގެ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ވޯރކް ޕަރމިޓްއާއެކު ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ރާއްޖެ އާދެވޭނެ

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ، ޖުލައި 15ވަނަ ދުވަހު ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް ނިންމަވާފައިވާ ކަމަށާއި، ނަމަވެސް ބޯޑަރު ހުޅުވާލާނީ ކުރިއަށް މިއޮތް ދުވަސްތަކުގައި އެސަރަހައްދުގެ ކޮވިޑް-19ގެ ހާލަތަށް ރިއާޔަތްކޮށްފައި ކަމަށް ވިދާޅުވެފައެވެ.

ރައީސް ވަނީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ރައްޔިތުންގެ ތެރެއިން ވޯރކް ޕަރމިޓްއާއެކު ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން، ކަރަންޓީން ކުރެވޭ ގޮތަށް ރާއްޖެ އައުމުގެ ހުއްދަ މިހާރު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.

އެއާއެކު ސައުތު އޭޝިޔާގެ ޓޫރިސްޓުންނަށް އަޅުގަނޑުމެންގެ ބޯޑަރުތައް ހުޅުވާލުމަށް ނިންމާފައި މިވަނީ ޖުލައި 15 ވަނަ ދުވަހު. އެހެންނަމަވެސް އެކަން އަޅުގަނޑުމެން ކުރާނީ އަދި ކުރިއަށް މިއޮތް ހަފްތާގައި ސައުތު އޭޝިޔާގެ ކޮވިޑް-19ގެ ހާލަތު ބެލުމަށްފަހު. އެހެންނަމަވެސް މިވަގުތު ނިންމާފައި މިވަނީ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އެކީގައި ހުޅުވާލަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު

ދެކުނު އޭޝިއާގެ ގައުމުތަކަށް ރާއްޖޭގެ ބޯޑަރު ހުޅުވާލަން ސަރުކާރުން ނިންމާފައިވާއިރު، މި ސަރަހައްދަކީ ރާއްޖޭގެ ފަތުރުވެރިންގެ ބޮޑެތި މާރކެޓްތައް ހިމެނޭ އެއް ސަރަހައްދެވެ. ކޮވިޑްގެ ސަބަބުން ދެކުނު އޭޝިއާގެ ގައުމުތަކުން ފަތުރުވެރިން ގެނައުން ހުއްޓާލަން ޖެހުމުން އޭގެ އަސަރު ވަނީ ރާއްޖޭގެ ފަތުުރުވެރިކަމަށް ކޮށްފައެވެ. އެހެންކަމުން ދެކުނު އޭޝިއާ ސަރަހައްދުގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. ރާއްޖެއަށް މިހާތަނަށް 5 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ އިރު، އަހަރަށް ސަރުކާރުން ކަނޑައަޅާފައި ވަނީ 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.

ރައީސް ވަނީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ މަސައްކަތަކީ ވިޔަފާރިތައް ހުޅުވާލައި، އިޤްތިޞާދު ހިނގައިގަތުމަަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށާއި މި މަސައްކަތްތައް ކުރި ނަމަވެސް ކޮވިޑް ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް