ކ. މާލެ
|
5 ޖެނުއަރީ 2024 | ހުކުރު 07:36
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތިންވަނަ ފޭސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހްކުރި ޖަލްސާގައި ވަޒީރު މުޙައްމަދު ސައީދު ވާހަކަފުޅު ދައްކަވަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތިންވަނަ ފޭސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހްކުރި ޖަލްސާގައި ވަޒީރު މުޙައްމަދު ސައީދު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ފަތުރުވެރިކަމުގެ ދާއިރާ
ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަނަށް އިތުރުކުރުމަށް އަހަރަކު ފަސް މިލިއަން ފަތުރުވެރިން ގެންނަން ޖެހޭ: ސައީދު
ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތާއި ފަތުރުވެރިންގެ މިންވަރާ ހުރި ގުޅުން 2003 ވަނަ އަަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ވެސް ފެންނާން އެބަހުރި
ރާއްޖެއަށް އަހަރަކު މަދުވެގެން ފަސް މިލިއަން ފަތުރުވެރިން ގެނެވިގެން ނޫނީ، ދައުލަތުގެ ދަރަނި އަހަރަކުން އަހަރަކަށް ތިރިނުކުރެވޭނެ ކަމަށް ވިދާޅުވި

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް، ނުވަތަ ޖީޑީޕީ މިހާރު އޮތް 6 ބިލިއަނުން އޭގެ ދެގުނަކަމަށްވާ 12 ބިލިއަން ޑޮލަރަށް ގެންދިޔުމަށް، އަހަރަކު ފަސް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރަން ޖެހޭ ކަމަށް އިގްތިސާދީ ތަރައްގީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތިންވަނަ ފޭސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހްކުރި ޖަލްސާގައި ދަރުބާރުގޭގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޑރ. މުހާއްމަދު މުއިއްޒުގެ އަމާޒު ކަމުގައިވާ، އިގްތިސާދުގެ އުފެއްދުންތެރިކަމުގެ މިންވަރު 12 ބިލިއަނަށް އިތުރުކުރުމަށް، އަަހަރު ހަތަރެއް ނުވަތަ ފަސްމިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެވެންޖެހޭނެ ކަމަށެވެ.

Advertisement

އެގޮތުން އެ ހިސާބު ޖެއްސެވި ގޮތް ވިދާޅުވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް އަހަރަކު މަދުވެގެން ފަސް މިލިއަން ފަތުރުވެރިން ގެނެވިގެން ނޫނީ، ދައުލަތުގެ ދަރަނި އަހަރަކުން އަހަރަކަށް ތިރިނުކުރެވޭނެ ކަމަށާއި، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތާއި، ފަތުރުވެރިންގެ މިންވަރާ ހުރި ގުޅުން 2003 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ވެސް ފެންނާން އެބަހުރި ކަމަށެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާއެއް ކުރާ ފަތުރުވެރިކަމުގެ އެންމެ މުހިންމުކަންތައް ކަމުގައިވާ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ވާހަކަ ވިދާޅުވަމުން ވަޒީރު ވިދާޅުވީ، އުފެއްދުންތެރިކަމުގެ ނިސްބަތާއި، މަދުވެގެން ފަސް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔަރާތްކުރާ ނަމަ، އުފެއްދުންތެރިކަމުގެ ނިސްބަތް މަތިވާނެ ކަމުގެ 95 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.

ޖީޑީޕީއާ އެރައިވަލްއާ އޮތް ގުޅުން 2003 ފެށިގެން 2022 އަށް ގާތްގަނޑަކަށް، ކޯރިލޭޝަން، މިކަމުގެ ފަންނީ ހިސާބު ޖެއްސެވި ޓީމުން އަޅުގަނޑުމެންނަށް 95 ޕަސެންޓް އެކުއެރިސީއެއް އެބަ ގެނެސްދޭ. އެ ހިސާބު ބުނަނީ މި ޑިޒިޝަން ރައީސުލްޖުމްހޫރިއްޔާ ނަންގަވަން ޖެހެޔޭ
އިގްތިސާދީ ތަރައްގީ އަދި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު

ވަޒީރު ވިދާޅުވީ، އެއާއެކު ވެސް ފަތުރުވެރިން ރާއްޖެއަށް ގެނައުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން ގިނަ މައްސަލަތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީއާއެކު ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން އެއާޕޯޓުގެ މަޝްރޫއާއެކު، ރާއްޖޭގައި ބޮޑު ޓްރާންސިޓް މާކެޓެއް އުފެދުމަށް ފުޅާ ފުރުސަތަތުތަކެއް އުފެދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ވެލާނާ އެއާޕޯޓުގެ މަޝްރޫއާއެކު، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ ޝަކުވާތަކަށް ވެސް ހައްލެއް ލިބޭނެ ކަމަށެވެ. އެގޮތުން ކާގޯ އިތުރުކުރުމާއި، ތެލަށް ކުރާ ޚަރަދު ކުޑަވުމާއެކު، ތަލުގެ އަގުދަށްވުން ވަޒީރު ފާހަގަ ކުރެއްވިއެވެ.

- ކޮމެންޓް