ކ. މާލެ
|
29 ޖޫން 2021 | އަންގާރަ 14:41
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވު
ދެ ވަޒީރަކާއެކު ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރައްވަނީ
 
ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހު ހަވީރު 4 ޖަހާއިރު
 
ރައީސް އާއެކު ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދެ ވަޒީރުންނާއެކު އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންގާރަ ދުވަހުގެ ހަވީރު 4 ޖަހާއިރު ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ބައްދަލުވުމުގައި ރައީސްއާއެކު ހެލްތު މިނިސްޓަރ އަހުމަދު ނަސީމް އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވާ ސީދާ ސަބަބެއް މަބްރޫކް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ދެމުންދާ ލުއިތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސް ވަނީ މީގެކުރިން ވެސް ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވަމުންދާތީ އެކަމުގެ ޝަކުވާ ވިޔަފާރިވެރިން އަންނަނީ ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ރެސްޓޯރެންޓްތަކަށް ގެއްލުންވަމުންދާތީ ރެސްޓޯރެންޓް އެސޯސިއޭޝަންގެ ފަރާތުން ހޯމަ ދުވަހު ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މެއި މަހު ގޯސްވަމުންދިޔުމުން ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެއަށްފަހު ކޭސްތައް ދަށަށްދާ މިންވަރަށް ބަލާ ފިޔަވަޅުތަކަށް އަންނަނީ ލުއިތައް ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް