ކ. މާލެ
|
26 ޖޫން 2021 | ހޮނިހިރު 23:03
މިނިސްޓަރ ޝައުނާ މާލޭގެ ކަރަންޓުގެ ނިޒާމުގެ މަސައްކަތްތަކުގެ އަޕްޑޭޓް ބައްލަވާލައްވަނީ
މިނިސްޓަރ ޝައުނާ މާލޭގެ ކަރަންޓުގެ ނިޒާމުގެ މަސައްކަތްތަކުގެ އަޕްޑޭޓް ބައްލަވާލައްވަނީ
އެންވަރަންމަންޓް މިނިސްޓްރީ
މާލެ-ހުޅުމާލެ ޕަވަރ އިންޓަރކަނެކްޝަން
ޖުލައި މަހަށް އިންޓަރކަނެކްޝަން މަސައްކަތް ނިންމާލުމަށް މިނިސްޓަރ ޝައުނާ އެދިވަޑައިގެންފި
 
ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގައި ވިލިމާލެއާއި ތިލަފުއްޓާއި ގުޅީފަޅު މި ވިއުގައިގެ ތެރެއަށް ވައްދާނެ
 
ޕްރޮޖެކްޓްގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި
 
މި ޕްރޮޖެކްޓާއެކު މާލެސީޓީގެ ކަރަންޓުގެ މައްސަލައަށް ހައްލު ލިބޭނެ

މާލެ-ހުޅުމާލެ ޕަވަރ އިންޓަރކަނެކްޝަން މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިންމައި ޚިދުމަތް ދޭން ފެށޭވަރު ކޮށްދިނުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އެދިވަޑައިގެންފިއެވެ.

ޖޫން 26ވަނަ ދުވަހު މިނިސްޓަރ ވަނީ މާލޭގެ ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓުގެ ޚިދުމަތް ދެމުންދާއިރު، މި މަސައްކަތް ހަރުދަނާކުރުމަށް އެ ކުންފުންނިން ގިނަ ޕްރޮޖެކްޓްތަކެއް ދަނީ ކުރިއަށްގެންދަމުންނެވެ. އަދި ކުރިމަގުގައިވެސް ޒަމާނީ އިތުރު ޕްރޮޖެކްޓްތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިނިސްޓަރ ޝައުނާ ސްޓެލްކޯއަށް ކުރެއްވި ޒިޔާރަތުގައި އެކަމަނާވަނީ މި ހުރިހާކަމެއްގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައެވެ. އެގޮތުން މާލެ ސިޓީއަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މާލެ-ހުޅުމާލެ ޕަވަރ އިންޓަރކަނެކްޝަން މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިންމައި ޚިދުމަތް ދޭން ފެށޭވަރު ކޮށްދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. މި ޒިޔާރަތުގައި އެކަމަނާވަނީ ސްޓެލްކޯއިން މާލެއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން މުޣުނީވަނީ، މި ޕްރޮޖެކްޓްގެ 93 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު ބާކީ ހުރި މަސައްކަތްތައް ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވެފައެވެ. މަތިން އަޅަންޖެހޭ 6 ކޭބަލް ވެސް މިހާރު އަޅާ ނިމިފައިވާ ކަމަށާއި، ޑިސްޓްރިބިއުޝަން ސިސްޓަމާއި ޓްރާންސްފޯމަރ ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު މި މަޝްރޫޢާއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ލުއިފަސޭހަވެގެންދާނެކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ.

ވަކިން ޚާއްސަކޮށް ޖަނަރޭޓަރުތައް އޯވަރލޯޑުވެގެން ކަރަންޓު ކެނޑޭ ކެނޑުން ނިމުމަކަށް އައިސް، ޕަވަރ ޝޯޓޭޖެއް އަތުވެއްޖެ ހާލަތެއްގައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓު އަނބުރާ ފޯރުކޮށްދެވޭނެކަމަށް މުޣުނީ ވިދާޅުވިއެވެ. މުޣުނީވެސް ވަނީ މި މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް އޭރު ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް