ކ. މާލެ
|
24 ޖޫން 2021 | ބުރާސްފަތި 12:14
ބްރެޒިލާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 2-1 ން
ބްރެޒިލާއި ކޮލަމްބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބްރެޒިލް މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
ކޮޕާ އެމެރިކާ
ކަސެމީރޯގެ ލަނޑުން ފަހު ވަގުތު ބްރެޒިލަށް މޮޅެއް
 
ކޮލަމްބިއާ އަތުން ބްރެޒިލް މޮޅުވީ 2-1 ގެ ނަތީޖާއަކުން
 
ބްރެޒިލް އެއްވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކު

ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާގައި ބުރާސްފަތި ދުވަހުގެ ފަތިހު ކުޅުނު މެޗުން ކޮލަމްބިއާ އަތުން ފަހު ވަގުތު ބްރެޒިލް މޮޅުވެއްޖެއެވެ.

އަމިއްލަ ގައުމުގައި ކުރިއަށްދާ މި މުބާރާތުގައި ކުޅުނު މެޗުން ބްރެޒިލް މޮޅުވީ ކޮލަމްބިއާ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބްރެޒިލުން ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުންވެސް މޮޅުވެފައެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ކޮލަމްބިއާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ހުއާން ކުއަޑްރާޑޯ ނަގައިދިން ހުރަހަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒެވެ. އޭގެ ފަހުން ބްރެޒިލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ގައުމަށް ނަތީޖާ އެއްވަރުކުރެވުނީ ދެވަނަ ހާފުގައެވެ. މެޗުގެ 78 ވަނަ މިނެޓުގައި ބްރެޒިލަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯއެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިިނެޓުގެ ތެރެއިންވެސް ފަހު މިނެޓުގައި ކަސެމީރޯ ވަނީ ލަނޑެއް ޖަހައި މި މެޗުން ބްރެޒިލް މޮޅުކޮށްދީފައެވެ.

މި މޮޅާއެކު ގްރޫޕް ބީގެ އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަަނައިގައި އޮތް ކޮލަމްބިއާ އާއި ތިންވަނައިގައި އޮތް ޕެރޫއަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް