ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 23:50
ވިލުފުށީ ދާއިރާގެ މެމްބަރ ޙަސަން ޢަފީފް
ވިލުފުށީ ދާއިރާގެ މެމްބަރ ޙަސަން ޢަފީފް
ރާއްޖެއެމްވީ
އެމްޑީޕީގެ ގައުމީ މަޖިލިސް
މި މަހުގެ 23ގެ ފަހުން 241 ކޮމެޓީން ބައްދަލުކުރާނެ- މެމްބަރު ޢަފީފް
 
241 ކޮމިޓީގައި 13 މެމްބަރުން ތިއްބަވާއިރު އޭގެތެރެއިން 8 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުން
 
މިހަމަލާގެ ފަހަތުގައި ތިބި ބައެއް ނުހޯދިއްޖެނަމަ އިންސާފު ގާއިމްކުރުމަށް ދަތިވާނެ
 
ފުލުހުންގެ މުއައްސަސާއާ ބައްދަލު ކުރުމަށްވެސް އެދިފައިވޭ

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ހިނގަމުން އަންނަ ގޮތް ގާތުން ބަލައި ފާރަވެރިވުމަށް އެކުލަވާލި ޚާއްސަ ކޮމިޓީ ''މެއި 6'' ކޮމެޓީއާ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ ނުވަތަ 241 ކޮމިޓީން މިމަހުގެ 23ގެ ފަހުން ބައްދަލުކުރައްވާނެ ކަމަށް އެކޮމެޓީގެ ޗެއަރ، ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގައި މެމްބަރު ޢަފީފް ވިދާޅުވީ 241 ކޮމެޓީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށާއި، ވަރަށް ބުރަކަން ގަބޫލުކުރައްވާ ކަމަށެވެ.

ޢަފީފް ވިދާޅުވީ "މެއި 6" ކޮމެޓީގެ ފަރާތުން 241 ކޮމެޓީއާ ބައްދަލުކުރުމަށް އެދިފައިވާ ކަމަށާއި، ކޮމެޓީގެ މަސައްކަތް ބުރަކޮށްދާ ދުވަސްކޮޅެއްކަމުން މިމަހުގެ 23ގެ ފަހުން ދުވަހެއްގައި ބައްދަލުކުރައްވާނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން މިމަހުގެ 23ގެ ފަހުން 241 ކޮމެޓީއާ ބައްދަލުކުރެވި ތަހުގީގުގެ މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކަަމަށް އުންމީދު ކުރާ ކަމަށް މެމްބަރު ވިދާޅުވެފައިވެއެވެ.

ޢަފީފް ވިދާޅުވީ މިހަމަލާގެ ތަހުގީގު ހިންގާ އެންމެ އިސްފަރާތްކަމަށްވާ ފުލުހުންގެ މުއައްސަސާއާ ބައްދަލު ކުރުމަށް އެދިފައިވާ ކަމަށެވެ.

އަޅުގަނޑުމެން މިކޮމެޓީގެ ފަރާތުން އަޅުގަނޑުމެން ވާނީ 241 ކޮމެޓީއާ ބައްދަލުކުރުމަށް ކޮމެޓީގައި ދަންނަވާފައި. ކޮމެޓީގެ މަސައްކަތް ވަރަށް ބުރަކޮށް ދާ ދުވަސްކޮޅެއްކަމުން މައުލޫމާތު ދެއްވާފައިވަނީ މިމަހުގެ 23ގެ ފަހުން ދުވަހެއްގައި އަޅުގަނޑުމެންނާ ބައްދަލުކުރައްވާނެ ކަމަށް. ހަމައެއާއެކު ތަހުގީގު ހިންގާ އެންމެ އިސްފަރާތްކަމަށްވާ ފުލުހުންގެ މުއައްސަސާ ވެސް އަޅުގަނޑުމެން ބައްދަލުކުރުމަށްވާނީ ފުލުހުންގެ މުއައްސަސާގައި ވެސް ދަންނަވާފައި. މިއީ މިހިސާބަށް އަޅުގަނޑުމެންނަށް ދެވެން ހުރި މައުލޫމާތު.
އެކޮމެޓީގެ ޗެއަރ، ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފް

ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕަރސަން ޙަސަން ލަޠީފް ވިދާޅުވީ މިވަގުތު އެމްޑީޕީން އެންމެ މުހިންމު އިސްކަމެއްދީގެން ކުރަމުން އަންނަނީ ދެ ކަމެއް ކަމަށެވެ. އޭގެތެރެއިން އެއް ކަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދެވުނު ހަމަލާގެ ތަހުގީގު ފުލުހުން ކުރަމުންދާ ގޮތް އެމްޑީޕީން ގާތުން ބަލަމުން ދިޔުމެވެ. އަނެއްކަމަކީ ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވިގޮތް ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިޔަށްގެންދާ އިންކުއަރީއެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި މެމްބަރުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ފަހަތުގައި ތިބި ފަރާތްތަކާއި، މިކަމުގައި ފަންޑު ކުރި ފަރާތްތައް ހޯދުމަށް ދައުލަތުގެ މުއައްސަސާތަކުންނާއި ރައްޔިތުންގެ މަޖިލީހުންގެ އިތުރުން ކަމާބެހޭ ހުރިހާ ފަރާތްތަކުން ވަގިވެރިވެދޭން ޖެހޭ ކަމަށެވެ. ރާއްޖޭގައި ހިންގާފައިވާ މަރުތަކަށް އިޝާރަތްކުރައްވައި، މަގުމަތިން ވަޅި ޖެހި މީހުން އަތުލައިގަނެވުނުކަން މެމްބަރުން ފާހަގަކުރެއްވިއެވެ. ނަމަވެސް މިމަރުތަކުގެ ފަހަތުގައި ތިބި ފަރާތްތައް ހޯދުމުގައި ފަހަތު ފަޔަށް ބުރަވެ، އިންސާފުނުލިބި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދަށް މިދިން ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ނުހޯދިއްޖެނަމަ އެމްޑީޕީގެ ވައުދުތަކާއި، މަރުތަކުގެ ހަގީގަތް ހޯދުމަށް ގިނަ ގޮންޖެހުންތައް ކުރިމަތިވުމުގެ އިތުރުން އިންސާފު ގާއިމްކުރުމަށް ދަތިވާނެކަން ފާހަގަކުރެއްވިއެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގައި 13 މެމްބަރުން ތިއްބަވާއިރު އޭގެތެރެއިން 8 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ. އެ މެންބަރުންނަކީ ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް، މުގައްރިރުގެ ނައިބު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ އަދި އެމްޑީޕީގެ ޗެއަރ ޕާސަން ޙަސަން ލަޠީފް، ހުޅުމާލެ ދާއިރާގެ މެމްބަރ ޢަލީ ނިޔާޒު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ، ހަނިމާދޫ ދާއިރާގެ މެމްބަރ ޢަބްދުލްޣަފޫރު މޫސާ، ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު، ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން، އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރ އަދި އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މިއީ އިސްތިއުފާ ދޭންޖެހޭ ވަގުތުކަމަށް ގަބޫލެއް ނުކުރަން: ފައްޔާޒު
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުން - އެމްޑީޕީ