ކ. މާލެ
|
17 ޖޫން 2021 | ބުރާސްފަތި 16:56
241 ކޮމިޓީގެ އިންކުއަރީއަށް އެމްއެމްއޭގެ އިސްވެރިން ހާޒިކޮށް ސުވާލުކުރުމުގެ ތެރެއިން
241 ކޮމިޓީގެ އިންކުއަރީއަށް އެމްއެމްއޭގެ އިސްވެރިން ހާޒިކޮށް ސުވާލުކުރުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލިސް އިންކުއަރީ
އެމްްއެމްއޭގެ ގަވަރުނަރު 241 ކޮމިޓީގެ އިންކުއަރީއަށް ހާޒިރުކޮށްފި
 
ގަވަރުނަރުގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑްވެސް ހާޒިރުކޮށްފައިވޭ
 
ރައީސް ނަޝީދުގެ ހަށިފާރަވެރިންނާވެސް ކޮމިޓީވަނީ ސުވާލުކޮށްފައި

އެމްްއެމްއޭގެ ގަވަރުނަރު 241 ކޮމިޓީގެ އިންކުއަރީއަށް ހާޒިރުކޮށް ސުވާލު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީއަށް އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ގަވަރުނަރުގެ އިތުރުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް އިބްރާހީމް އަހުމަދު ނާސިރު ވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާ ގުޅިގެން، ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތް ދެނެގަތުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ސަލާތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ފުލުހުންނާ ސިފައިންގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތައް ހާޒިރު ކުރުމަށް ވަނީ ނިންމާފައެެވެ. އެއްމެ ފުރަތަމަ ކޮމިޓީއަށް ހާޒިރުކުރި ފަރާތްތަކުގެ ތެރޭގައި، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު، ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް، މާލެ ސިޓީގެ ކުރީގެ މޭޔަރ ސިފާ މުހައްމަދު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފވެސް ހިމެނެއެވެ.

މީގެ އިތުރުން ވަކިވަކި ފުލުހުންނާ ސިފައިންވެސް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. ރައީސް ނަޝީދުގެ ހަށިފާރަވެރިންނާވެސް ކޮމިޓީވަނީ ސުވާލުކޮށްފައެވެ. ކޮމިޓީގެ މުގައްރިރު ވިދާޅުވެފައިވަނީ، ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ސުވާލުކުރަންޖެހޭ ހުރިހާ އެންމެނާ ސުވާލު ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
100%
0%
ކޮމެންޓް
18 ޖޫން 2021 | ހުކުރު 09:17
އެކޮމިޓީ
ތިޔަ ހަމަލާޔާ އެމްއެއްއޭގެ ގަވަރުނަރާ ހުރި ގުޅުމެއް ނުވިސްނުނު.