Advertisement
ކ. މާލެ
|
14 މެއި 2017 | އާދީއްތަ 05:50
އެމްޑީޕީގެ ޗެއާރޕާސަންގެ ނައިބު އަލީ ނިޔާޒު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
އެމްޑީޕީގެ ޗެއާރޕާސަންގެ ނައިބު އަލީ ނިޔާޒު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ފާތިމަތު ޝަނާ މުހައްމަދު
ކައުންސިލް އިންތިހާބު
އިންތިހާބުގެ ނަތީޖާ އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެ: އަލީ ނިޔާޒު
ހަ ނަތީޖާ ޝީޓެއް އިލެކްޝަންސް ކޮމިޝަނަށް ލިބިފައެއް ނުވޭ
ނަތީޖާތައް ރައްޔިތުންގެ އަތުގައި އެބަހުރި
ހަފްތާއެއް ވެގެންދިޔައިރުވެސް އިލެކްޝަންސް ކޮމިޝަނަށް ނަތީޖާއެއް އިއުލާނެއް ނުކުރެވުނު

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާ އޮޅުވާލަން އުޅުނަސް އެކަން ދެން ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ނައިބު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 8503 ނަތީޖާ ޝީޓްގެ ތެރެއިން ހަ ނަތިޖާ ޝީޓެއް އިލެކްޝަންސް ކޮމިޝަނަށް ލިބުފައިނުވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިއިންތިހާބު އަޅުގަނޑުމެންނަށް މިހޯދުނީ، އަދި ނަތީޖާ މިހޯދަނީ ގަދަ ބާރުން، ވަރަށް ގިނަ މަސައްކަތުން. އެއްހަފްތާ ވެގެންދާއިރު، އަދިވެސް އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ނުލިބޭ ކަމަށްބުނާ ހަ ނަތީޖާ ޝީޓް އެބަވޭ. 8503 ނަތީޖާ ޝީޓްގެ ތެރެއިން އަދިވެސް އެކޮމިޝަނަށް ހަ ނަތީޖާ ޝީޓް ނުލިބޭކަމަށް އެބޭފުޅުންގެ ތަފާސް ހިސާބުތަކުން ދައްކާ. މިހާތަނަށް ނަތީޖާ ސާފުކުރި ނަތީޖާތައްވެސް އަދި އެހުރީ އެއްވެސް ޝީޓެއް ވެރިފައި ނުކޮށް. ޗެކްކުރުމުގެ މަރުހަލާގައި. ކޮންމެ ގޮތަކަށް ކަންތައްތައް ކުރިކަމުގައިވިޔަސް، ކިތައްމެ ލަހުން ނިންމަން ތިއްބެވިނަމަވެސް، އިރާދަކުރެއްވިއްޔާ މިހާރު ލިބިފައިވާ އިންތިހާބުގެ ނަތީޖާއަކަށް ދެނެއް ބަދަލެއް ނުގެނެވޭނެ. ދިވެހިރައްޔިތުން ވަނީ ގޮތް ނިންމާފަ. އިންތިހާބުގެ ނަތީޖާ ޝީޓްތައް ރައްޔިތުންގެ އަތުގައި އެބަހުރި،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ދިވެހި ރައްޔިތުން އެދެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ބަދަލުވާން ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން އެކަން ސާފުކޮށް ފެންނަން އެބައޮތްކަމަށް އޭނާ ވިދާޅުވި އެވެ. 

ނިޔާޒު ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޭނުންވި ނަތީޖާ ހާސިލް ވެއްޖެކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ބުނަމުންދިޔައީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 70 ޕަސެންޓް ރައްޔިތުން މި ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށެވެ. އެކަން ނަތީޖާ ޝީޓްތަކުން ފެންނަން އެބައޮތް ކަމަށްވެސް ނިޔާޒު ވިދާޅުވި އެވެ.

މި އިންތިހާބުން ސާފުވާ އެހެނިހެން ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށް ވިދާޅުވަމުން ނިޔާޒު ވިދާޅުވީ އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ މި ސަރުކާރު ހިންގުމުގައި ގެންގުޅުއްވާ މޮޑެލަކީ ރައްޔިތުން ބަލައިގަންނަ މޮޑަލަކަށްނުވުން ކަމަށެވެ. ރައްޔިތުން ބާރުވެރިކޮށްގެން، ލާމަރުކަޒީ ނިޒާމު ހިންގުމަކީ މިސަރުކާރުން ބޭނުންވާ ގޮތެއް ނޫންކަމަށް މިސަރުކާގެ އަމަލުތަކުން ހާމަވެފައިވާ ކަމަށް ނިޔާޒު ވިދާޅުވި އެވެ. 

ނަމަވެސް ރައްޔިތުން ބޭނުންވަނީ، ރައްޔިތުން ބާރުވެރިވެ، ރަށުގެ ކަންކަން ރައްޔިތުން ބޭނުންވާ ގޮތަށް ނިންމުމަށް ކަމަށާއި މުޅި ރާއްޖެ ތަރައްގީ ކުރަށް ރައްޔިތުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ދަށުން ކަމަށް ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން ސާފުވާކަމަށް ނިޔާޒު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް