Advertisement
ކ. މާލެ
|
5 ޖޫން 2021 | ހޮނިހިރު 18:45
މޯލްޑިވްސް ޕޮލިސް ސަރވިސް- ފުލުހުން ދަނީ އެ މައްސަލަ ތަހުޤީޤު ކުރަމުން
މޯލްޑިވްސް ޕޮލިސް ސަރވިސް- ފުލުހުން ދަނީ އެ މައްސަލަ ތަހުޤީޤު ކުރަމުން
ޕޮލިސް
ޒުވާނެއްގެ ކުއްލި މަރު
ޖެޓްސްކީން ވިއްސައިގެން ގޮސް ގަސްބުޑެއްގައި ޖެހި މަރު
އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް
ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުން
މަރުވެފައިވަނީ އޭގެ ފަހަތުގައި އިން 22 އަހަރުގެ ދިވެހި ފިރިހެނެއް

ށ ފުނަދޫ ފަޅުގައި ޖެޓްސްކީ ދުއްވަން އުޅުނު މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ށ ފުނަދޫ ފަޅުގައި ޖެޓްސްކީ ދުއްވަން އުޅެނިކޮށް މަރުވެފައިވަނީ ޖެޓްސްކީގައި އައްސާފައި އޮތް ސީބެޑްގައި ތިބި ދެ މީހުންގެ ތެރެއިން 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެގޮތުން ޖެޓްސްކީ އަނބުރާލި ވަގުތު އެ ޒުވާނާ ވިއްސައިގެން ގޮސް އެއްގަމުގައި ހުރި ގަސްބުޑެއްގައި ޖެހި ޒަޚަމްވިކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ޙާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ހާއިރުއެވެ.

Advertisement

އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ޙަވާލާދީ ފުލުހުން ރިޕޯޓު ކޮށްފައިވެއެވެ.

މި ޙާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް