ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކަރާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި އަބްދުއްރަހީމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ވެރިކަން ނުކުރެއްވިގެން އިސްތިއުފާ ދެއްވުމަށް ފަހު، ފިއްލަވައިގެން އުޅުއްވާ ބޭފުޅަކު އެހެން މީހުން މަގާމުން ދުރުކުރާ ވާހަކަ ދެއްކުމަކީ ޖޯކެއް ކަމަށެވެ.
Verikan nukurevigen isthiufaa dhaafa Filaa rahkaavi meehakau ehen meehun magaamun dhuru kuraa vaahaka dhehkumakee joke eh.
— Abdul Raheem Abdulla (@Banafsaa) May 12, 2017
އަބްދުއްރަހީމް ވިދާޅުވީ އަމިއްލަ ގައުމު ދޫކޮށް ވެރިކަމާ ތޮޅެން ގޯވާ އަށް ވަޑައިގެން ހަސަން ރަސްހެފާން ވެސް ކުރެއްވީ ހަމަ މި މަސައްކަތް ކަމަށެވެ.
Amilla Gaumu dhookoh avatteri gaumuthakah gos thibegen veri kamaa tholhun.Gova ah vadaigen Hassan Rasgefaanves kuree hama mikanthah dhotha?
— Abdul Raheem Abdulla (@Banafsaa) May 12, 2017
ލޯކަލް ކައުންސިލްގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއާ ގުޅިގެން ސްރީ ލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ސްރީ ލަންކާގައި ހުންނަވައި ރާއްޖެ އެކި ކުށްތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުން އަންނަ ސިޔާސީ ފަރާތްތައް އެކީ މިނިވަން ނުކުރާ ނަމަ ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ވުރެ ގަދަޔަށް ކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުގެ ބަލި ގަބޫލު ކުރައްވަން ރައީސް ޔާމީންއަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށާއި އެއީ ރިވެތި އުސޫލު ވެސް ކަމަށެވެ. އަދި އެއަށް ފަހު ގައުމު އިސްކުރައްވައި ސިޔާސީ ލީޑަރުން މިނިވަންކޮށް އިދިކޮޅު ފަރާތްތަކާއެކު ރައީސް ޔާމީން މަޝްވަރާ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިންތިހާބުގެ ކަންތައްތައް ހިނގާ ގޮތަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ކުރެއްވި ޓުވިޓްގައި ވިދާޅުވެފައި ވަނީ ކުޑަކާފާ ބޮޑު ކާފުގެ ދުވަސްވަރު ނުފެންނަ އެންމެ ވޯޓެއް ވޯޓް ފޮށީގައި އޮވެގެން ގެއަށް ފޮނުވާލި އެތައް ބަޔަކު މިހާރު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ. އަދި ވިދާޅުވީ 2018 ގައި ރައްޔިތުން ރައީސް އަބްދުﷲ ތާމީން އަށް ބުނީ އާއެކޭ ކަމަށާއި ދެން ތިބި ލީޑަރުންނަކީ 2008 އަދި 2013 ގައި ރައްޔިތުން ނޫނެކޭ ބުނެފައިވާ ލީޑަރުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
Kuda kaafaa bodu kaafuge dhuvas varu
— Abdul Raheem Abdulla (@Banafsaa) May 12, 2017
Nufenna enme vote eh vote fosheega ovegen ge'ah fonuvaali ethah bayaku mihaaruves dhuniyeyga eba thibi.