Advertisement
ކ. މާލެ
|
13 މެއި 2017 | ހޮނިހިރު 03:39
ސިފައިންގެ އާއިލީ ހަވީރުގެ ތެރެއިން
ސިފައިންގެ އާއިލީ ހަވީރުގެ ތެރެއިން
ރާއްޖެ އެމްވީ
އާއިލީ ހަވީރު
ސިފައިންގެ އާއިލީ ހަވީރު ބާއްވައިފި
މި ހަވީރަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބުނު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދޭ
ހަވީރުގައި ދައްކުވައިދީފައިވަނީ ރަށްފުށުގެ ދިރިއުޅުން

ސިފައިންގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޢާންމުކޮށް ހުޅުވާލައިގެން ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

 

"އައިލެންޑް ލައިފް"  ތީމަށް ރަސްފަންނު ބީޗްގައި ބޭއްވި  މި ހަވީރަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބުނު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

 

އެމްއެންޑީއެފްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވި އާއިލީ ހަވީރަކީ، ސިފައިންގެ މަސައްކަތްތައް ޢާންމުކޮށް ދައްކާލުމާ އެކު އާއިލާތަކަށް އުފާވެރި މާހައުލެއް ފަހިކޮށްދެއްވުމުގެ ގޮތުން ބޭއްވި ހަވީރެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

 

އިހުޒަމާނުގައި ދިވެހިންގެ ދިރިއުޅުމާއި އާދަކާދަ ދައްކުވައިދޭ ތަފާތު  ހަރަކާތްތައް މިހަވީރުގައި ވަނީ ދައްކާލާފައެވެ.

މި އާއިލީ ހަވީރު ޝަރަފުވެރިކޮށްދެއްވީ ނިޝާން އިއްޒުދީން އިއްޒަތުގެ ވެރިޔާ އަބްދުއް ރަޝީދު ހުސެއިންއެވެ. މި ހަވީރުގައި ޗީފް އޮފް ޑިފެންސް ފޯސް އަޙުމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާއި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

 

ސިފައިންގެ އެކި ޑިޕާޓްމަންޓުތަކުން ބައިވެރިވި މި ހަވީރުގައި އައިލެންޑް ލައިފް ތީމާ ގުޅޭ ގޮތަށް އިހުޒަމާނުގައި ދިވެހިންގެ ދިރިއުޅުން ވަރަށް ބޮޑަށް ދައްކުވައިދީފައިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. 

މި ހަވީރަށް ގިނަ ބަޔަކު ޒިޔާރަތްކޮށް، އެކި ކުޅިވަރުތަކުގައި ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް