ކ. މާލެ
|
12 މެއި 2017 | ހުކުރު 15:36
އެމްޓި ކޮރޮޕްޝަން ގައުމީ މަހާސިންތާގެ ތެރެއިން
އެމްޓި ކޮރޮޕްޝަން ގައުމީ މަހާސިންތާގެ ތެރެއިން
ޓްވިޓަރ
އެންޓި ކޮރަޕްޝަން މަހާސިންތާ
ކޮރޮޕްޝަން ހުއްޓުވުމަށް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު އަދާ ކުރުމަށް ގަރާރެއްގައި ސޮއި ކޮށްފި
ކޮރަޕްޝަނުގެ މައްސަލަތަކުގައި ދަޢުވާ އުފުލުމާއި، ކުށް ސާބިތުކުރުމުގައި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ޕީޖީ އޮފީހުން ކަރުދާސް ހުށަހެޅި
ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީއަށް ޤާނޫނީ ބާރު ލިބިދިނުމަކީ މުހިންމުކަމެއްކަމަށް އޭސީސީން ގޮވާލި
ކަޅުފައިސާގެ މައްސަލަތައް ހައްލު ކުރުމާ ބެހޭ ގޮތުން އެމްއެމްއޭ އިން ކަރުދާސް ހުށަހެޅި

ދިވެހި މުޖްތަމަޢަކީ އިސްލާމީ ރިވެތި ސިފަތަކާއެކު ތަރައްޤީކޮށް ކޮރަޕްޝަނާ ފަސާދައަށް އެއްވެސް ފުރުސަތެއްނުދޭ ނަޒާހަތެރި ބަޔަކު ދިރިއުޅޭ މުޖްތަމަޢަކަށް ހެދުމަށް ދައުލަތުގެ އެންމެހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި މަތިކުރެވިފައިވާ ފަރާތަކަށް ގޮވާލައި އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގެ ރަސްމީ އިޤްރާރު މަހާސިންތާގެ ހުރިހާ ބައިވެރިން ފާސްކުރުމަށްފަހު “އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާ” ބުރާސްފަތި ދުވަހު  ހަވީރު ނިންމާލައިފިއެވެ.

 

މޭ މަހުގެ 10 އިން 11 އަށް، ކުރިއަށްގެންދިޔަ އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގައި، ކޮރަޕްޝަން ހުއްޓުވުމުގައި ދިމާވާ ގޮންޖެހުންތައް ނައްތާލުމާ ގުޅޭގޮތުން ދައުލަތުގެ 10 މުއައްސަސާއަކުން ޖުމްލަ 11 ކަރުދާސް ހުށަހަޅާފައިވެއެވެ.

 

މަހާސިންތާ ނިމިގެންގޮސްފައިވަނީ ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް މުއައްސަސާތަކުގެ ދައުރު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ގޮވާލާ އެކުލަވާލާފައިވާ ޤަރާރެއް ބައްދަލުވުމުގެ ބައިވެރިން ފާސްކުރުމަށް ފަހުގައެވެ.

 

އެންޓި ކޮރޮޕްޝަން ގައުމީ މަހާސިންތާގައި ޕީޖީ އޮފީހުން ހުށަހެޅި ކަރުދާހުގައި ކޮރަޕްޝަނުގެ މައްސަލަތަކުގައި ދަޢުވާ އުފުލުމުގައި ކުރިމަތިވާ ދަތިތަކާބެހޭގޮތުން ތަފްސީލީ ގޮތެއްގައި  ވަނީ ބައްލަވާލައްވާފައެވެ.

 

 ޕީޖީ އޮފީހުން ހުށަހެޅި ޕްރެސެންޓޭޝަނުގެ މައިގަނޑު މަޤުޞަދަކީ، ކޮރަޕްޝަނުގެ ކުށްކުށުގައި ދަޢުވާ އުފުލުމަށް ހުރަހަކަށްވާ ސަބަބުތައް ދެނެގަތުމާއި، އެފަދަ ކުށްކުށުގެ ދަޢުވާކުރެވޭ މައްސަލަތަކުގައި ކުށް ސާބިތުކުރުމަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، ދަޢުވާ އުފުލުން ލަސްވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި، ތަޙުޤީޤު ހަރުދަނާކުރުމަށްޓަކައި ތަޙުޤީޤުގެ އެކި މަރުޙަލާތަކުގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ދެނެގަނެ، އެކަންކަން ފުރިހަމަކުރާނެ ގޮތްތައް ކަނޑައެޅުމާއި ދަޢުވާ އުފުލުމަށާއި ކުށް ސާބިތުކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމެވެ.

 

 

ޕީޖީ އޮފީހުގެ ޕްރެސެންޓޭޝަނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތައް ދިނުން ތަޙުޤީޤު މަރުޙަލާގައި ލަސްވުމުން، ނުވަތަ އެޙައްޤުތައް ދިނުމުގެ ކުރިން މުއްތަހަމުގެ ކިބައިން ހޯދޭ ހެކި ޤަރީނާއަކީ އެކަމަށް ކަނޑައެޅިފައިވާ ޚާއްޞަ އިޖްރާއާތުގެ ތެރެއިން ހޯދޭ ހެކި ޤަރީނާކަމާމެދު ސުވާލު އުފެދޭތީ، އެހެކިތަކުގެ މައްޗަށް ބިނާކޮށް ދަޢުވާކުރުމަކީ ހުރަހަކަށްވާ ކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

 

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ޚަބަރާއި މަޢުލޫމާތަކީ ކޮބައިކަމާއި، ޚަބަރާއި މަޢުލޫމާތު ތަފާތު ހާމަކޮށްދީ، ޞައްޙަ މަޢުލޫމާތު ހޯދުމާއި ލިބަގުތުމުގެ މުހިންމުކަމާއި، މަޢުލޫމާތު ހާމަކުރުމުގެ ސަގާފަތެއް އަށަގެންނެވުމުގައި ހުރި ގޮންޖެހުންތަކާއި އެކަމުގެ ޙައްލު ބަޔާންކޮށްފައިވެއެވެ.

 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ގަވާއިދުތަކަށް ޢަމަލުކުރުމުގައި ފަރުވާކުޑަވެގެން ދަނީ މުއައްސަސާތަކުގެ އެންމެ އިސްކޮށްތިބޭ ފަރާތްތަކުގެ ކިބައިން ގަވާއިދުތަކާ އެއްގޮތަށް ކަންކަން ގެންދިއުމަށް ބާރުއެޅޭ މިންވަރު ކުޑަވުމުގެ އިތުރުން ގަވާއިދާ ޚިލާފަށް ފައިސާގެ މުޢާމަލާތްތައް ހިންގި ނަމަވެސް އޭގެ ސަބަބުން އިތުރު ފިޔަވަޅެއް އެޅި އެކަމުގައި ޒިންމާނުކުރެވި ދިއުމުގެ ސަބަބުންކަމަށް ފާހަގަކުރެއްވިއެވެ.

 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގެ މައިގަނޑު މަޤްޞަދަކީ، ދައުލަތުގެ މާލީ މުޢާމަލާތްތަކުގައި ދިމާވާ މައްސަލަތައް ދެނެގަތުމާއި، އެފަދަ ކަންކަން މުސްތަޤުބަލުގައި މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމެވެ.

 

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، މައްސަލަތައް މަދުކުރުމަށް އާންމުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، މައްސަލަތައް ތަޙުޤީޤުކުރުމުގައި ތަޙުޤީޤަށާއި އަދި މުޅި މައްސަލަ ސާބިތުވުމަށް ލިބޭނެ އެންމެ ބޮޑު އެއް އެހީތެރިކަމަކީ މައްސަލަ ދިމާވުމުން ވީހާވެސް އަވަހަކަށް އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުންކަމަށް ފާހަގަކުރެއްވިއެވެ.

 

 

ޕޮލިސް ސަރވިސް އިން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގެ މައިގަނޑު މަޤްޞަދަކީ، ޚިޔާނާތާއި އޮޅުވާލުމުގެ މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކަކީ ކޮބާތޯ ހޯދައި ބަލައި ދެނެގަތުމާއި، އެފަދަ މައްސަލަތައް ދިމާވުން މަދުކުރެވިދާނެ ގޮތްތަކީ ކޮބައިތޯ ހޯދައި ދެނެގަތުމާއި، އަދި އެފަދަ މައްސަލަތައް ޝަރުޢީ ކޯޓުތަކުގައި ސާބިތުކުރުމަށްހުރި ގޮންޖެހުންތައް ދެނެގަތުމެވެ.

 

އޭސީސީން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ކޮރަޕްޝަނުގެ މައްސަލަތަކުގެ ތަޙުޤީޤުތަކުގައި ލިޔެކިޔުން ހޯދުމަށް ފޮނުވާ ޢަމުރުތަކަށް އެކަށީގެންވާ ޖަވާބެއް ނުލިބުމާއި، ލިޔެކިޔުންތައް ހޯދުމަށް ދިއުމުން ލިޔެކިޔުންތައް ނުލިބުމާއި، ޤާނޫނުތަކުގައި ކޮރަޕްޝަން މާނަކޮށްދީފައިނުވުމާއި، ނުހައްޤު މުއްސަނދިކަމަކީ ކުށެއްކަމުގައި ކަނޑައަޅާފައި ނުވުމަކީ ބޮޑެތި ތަހުޤީޤުތަކުގައި ދިމާވާ ގޮންޖެހުންތައް ކަމަށް ފާހަގަކުރެއްވިއެވެ.

 

އޭސީސީން ހުށަހެޅުއްވި ޕްރެސެންޓޭޝަނުގެ މައިގަނޑު މަޤްޞަދަކީ، ކޮރަޕްޝަނުގެ ބޮޑެތި ތަޙުޤީޤުތަކުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުމާއި، އެ ގޮންޖެހުންތައް ދިމާވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމާއި، އެ ގޮންޖެހުންތަކަށް ހުށަހަޅާ ޙައްލުތައް ދެނެގަތުމެވެ.

 

އިސްލާމީ ޔުނިވަރސިޓީގެ ކަރުދާހުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ކުށްނުކުރާ ވެއްޓެއް ޤާއިމްކުރުމަށްޓަކައި ތަޢުލީމާއި ތަރްބިއްޔަތުގެ ތެރޭގައި އަމާނާތްތެރިވުމުގެ މުހިންމުކަން އަންގައިދޭންޖެހޭކަމަށާއި، ޢިލްމީ ޤާބިލު މީހުން ބިނާކޮށް، އެފަދަ މީހުންނަށް މަސްއޫލިއްޔަތު ޙަވާލުކުރުމާއި، އެމީހުން ޛިންމާދާރު ކުރުވަންޖެހޭކަމަށް ފާހަގަކޮށްފައިވެއެވެ.

 

އިސްލާމީ ޔުނިވަރސިޓީން ހުށަހެޅުއްވި ކަރުދާހުގެ މައިގަނޑު މަޤްޞަދަކީ، ޖިނާއީ ޢަދުލުގެ ނިޒާމާއި، އޭގެ އުންޞުރުތައް ދެނެގަތުމާއި، ނިޒާމުގެ މަޤްޞަދު ޙާޞިލްކުރުމުގައި ދިމާވާ ގޮންޖެހުންތަކުގެ ޙައްލު އިސްލާމީ ނަޒަރަކުން ހޯދުމާއި، ޖިނާއީ ޢަދުލު%

- ކޮމެންޓް
12 މެއި 2017 | ހުކުރު 13:21
ރާގޮޑިރާޖާ
އެންމެ ފުރަތަމަ ސަރުކާރުން އިނާޔަތެއްގަ ގޮތުގައި އެޕާރޓްމެންޓް ނަންގަވާ ބޭފުޅުން އެކަން ހުއްޓާލާން ޖެހޭ. ނޫނީ އެ ނެގިޔަސް ސަރުކާރުން ކުރާ ކަންތައް ބެލުމުގެލަޔާގަތުހުންނަންޖެހޭ.. މިހާރު ކަންތައް ވެފައޮތްގޮތުން މިގޮތައް މިކަންތައް ނުދާކަން ދިވެހިންނައް ވަރައްސާފު. އެހެން ނޫންނަމަ "ގެއްލުނުފައިސާގެ" ކަންތައް ރަގަޅުގޮތުގައި ބެލުނީސް. ނޫނީ "ފައސާގޯނި" ހިފައިގެން ބެހިކަމައް އަމިއްލަޔައް އެއްބަސްވިމީހާގެ މައްސަލަވެސް ބެލުނީސް. މީހެއްގެމުސާރަޔާއް އެކަށިއިގެން ނުވާ އަގުބޮޑު ކާރު، އަގޮޓި ލިބުނު މީހުންގެ މައްސަލަވެސް ބެލެވޭނެ ހަދިޔާއެއްގެ ގޮތުން "ލާރިކޮޅެއް ލިބުނީމަ އެއީ ކޮންތަނަކުން ލިބުނު ލާރިޔެއްތޯ ބަލަން ނުޖެހޭނެޔޭ ބުނުމުން އެގެނީ ކޮރަޕްޝަން ހުއްދަކަމައް... މިކަހަލަ ކަންތައްވެސް އަސްލު ބެލެވެން ޖެހޭނ." .