ކ. މާލެ
|
29 މެއި 2021 | ހޮނިހިރު 19:22
އެއަރ އިންޑިއާގެ ފްލައިޓެއް
އެއަރ އިންޑިއާގެ ފްލައިޓެއް
ޓްރެވަލް ޓްރޭޑް ޖަރނަލް
ފްލައިޓެއްގެ ތެރެއިން ވާލެއް ފެނުން
ވާލެއް ފެނުމުން އެއަރ އިންޑިއާ ފްލައިޓް އަނބުރާ ޖައްސައިފި
ފްލައިޓް ފުރިތާ 30 މިނެޓު ފަހުން އަލުން އަނބުރާ ވަނީ ޖައްސާފައި
ފްލައިޓުން ފެނިފައިވަނީ މަރުވެފައިވާ ވާލެއް

އެއަރ އިންޑިއާ ފްލައިޓްގެ ބިޒްނަސް ކްލާސް ބައިން ވާލެއް ފެނުމާއިއެކު ފްލައިޓް އަނބުރާ ދިއްލީއަށް ޖައްސައިފިއެވެ.

އެމެރިކާގެ ނިއުޔޯކަށް ދަތުރުކުރަން ފުރިތާ 30 މިނެޓުގެ ތެރޭގައި ފްލައިޓް އަނބުރާ ޖައްސާފައިވާއިރު، ފްލައިޓްގެ ބިޒްނަސް ކްލާސް ބައިން ވާލެއް ފެނިފައިވަނީ ފްލައިޓް ކްރޫއަށެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން ފްލައިޓުން ފެނިފައިވަނީ މަރުވެފައިވާ ވާލެކެވެ. ފްލައިޓް ޖެއްސުމާއިއެކު ވާ ފްލައިޓުން ބޭރުކޮށްލާފައިވެއެވެ.

އެއަރ އިންޑިއާގެ އޮފިޝަލަކު އިންޑިއާގެ މީޑިއާއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ އެއަރ އިންޑިއާގެ ފްލައިޓަކުން ވާލެއް ފެނުނު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް ބެލި ބެލުމުން ފްލައިޓަށް މަރުވެފައިވާ ވާލެއް އެރުވިފައިވަނީ ފްލައިޓަށް ކާތަކެތި އެރުވުމުގެ ތެރެއިން ކަމަށް ބެލެވޭ ކަމަށެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް