Advertisement
ކ. މާލެ
|
12 މެއި 2017 | ހުކުރު 12:49
އޭޑީކޭ ހޮސްޕިޓަލް - ހޮސްޕިޓަލުން ވަނީ އަނެއްކާވެސް އާސަންދަގެ ހިދުމަތް ދިނުމަށް ނިންމައިފަ
އޭޑީކޭ ހޮސްޕިޓަލް - ހޮސްޕިޓަލުން ވަނީ އަނެއްކާވެސް އާސަންދަގެ ހިދުމަތް ދިނުމަށް ނިންމައިފަ
ޓްވިޓަރ
އާސަންދަގެ ހިދުމަތް
އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި
އާސަންދަގެ ހިދުމަތް ބުރާސްފަތި ދުވަހުގެ ރޭ 12:00 އިން ފެށިގެންދެމުންގެންދާ ކަމަށް ސަރުކާރުން ހާމަކުރޭ
ރައީސް އޮފީހުން ހާމަކޮށްފަިއވަނީ އާސަންދަގެ ނިޒާމަކީ، ހަރަދު ބޮޑު ނިޒާމެއް ކަމަށް
އާސަންދަގެ ހިދުމަތް މެދުކަނޑާލުމަށް ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންގޮސްފައިވަނީ 24 ގަޑިއިރު ފަހުން

ކުއްލިގޮތަކަށް، އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އާސަންދަގެ ހިދުމަތް ނުލިބޭގޮތަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން، ނިމުމަކަށް ގެނައި، އާސަންދަގެ ހިދުމަތް އަނެއްކާވެސް އޭޑިކޭ ހޮސްޕިޓަލުންދޭން ފަށައިފި އެވެ.

 

އޭޑީކޭ ހޮސްޕިޓަލުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އާސަންދަގެ ހިދުމަތް އަލުން ފެށުމަށް، އާސަންދަ ކުންފުންޏާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ 12:00 އިން ފެށިގެން އާސަންދަގެ ހިދުމަތް ހޮސްޕިޓަލުން ދެމުންގެންދާކަމަށް، އެ ހޮސްޕިޓަލުން ބުނެ އެވެ.

 

ސިއްހީ ހިދުމަތްދޭ އަމިއްލަ މަރުކަޒުތަކުން އާސަންދަގެ ހިދުމަތް ނުދިނުމަށް ސަރުކާރުން ނިންމާފައިވަނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ އިއުލާންކުރަމުންދަނިކޮށް، މި މަހުގެ 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭރުގައި އިއުލާންކުރަމުންގެންދިޔަ ނަތީޖާތައް ދައްކަމުންދިޔަގޮތުން ސަރުކާރު އޮތީ، އިންތިހާބުގައި ބޮޑު ތަފާތަކުން ބަލިވެފަ އެވެ. ސަރުކާރުގެ އެ ނިންމުން ބަދަލުކޮށްފައިވަނީ އޭގެ 24 ގަޑިއިރު ފަހުންނެވެ.

 

ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި، ސަރުކަރުގެ 100 އިންސައްތަ ހިއްސާ އޮންނަ އާސަންދަ ކުންފުނިން، އަމިއްލަ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން އާސަންދަގެ ހިދުމަތް ނުދިނުމަށް ނިންމީ، ސަރުކާރާ އެއްވެސް މަޝްވަރާކުރުމެއް ނެތި އެވެ. އަދި އެ ނިންމުމުގައި ސަރުކާރުގެ އެއްވެސް މިންވަރެއްގެ ބައިވެރިވުމެއް ނޯންނާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

 

އެ ބަޔާނުގައި ބުނެފައިވަނީ، މި ނިޒާމުގެ ހިންގުމުގެ ޚަރަދުތަކާއި، ޞިއްޙީ ޚިދްމަތުގެ ޚަރަދުތައް ކުޑަކޮށް، ޞިއްޙީ ވަސީލަތްތައް އެންމެ ފައިދާކުރަނިވި ގޮތެއްގައި ބޭނުންކުރެވެމުންނުދާތީ، ނިޒާމަށް ސަރުކާރުން ކުރާ ޚަރަދުތަކުގައި އިސްރާފު އުޅޭކަމަށް ބޭރުގެ މާލީ އިދާރާތަކުން ދަނީ ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މި ނިޒާމުގެ ކަންކަން ތަރުތީބު ކުރުމަށްވެސް އެ ފަރާތްތަކުން ލަފާ ދީފައިކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

 

އާސަންދަ ނިޒާމަކީ ހަރަދު ބޮޑު ނިޒާމެއްކަމަށް ރައީސް އޮފީހުން ހާމަކުރިއިރު، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންދޭން ފެށި އާސަންދައިގެ ނިޒާމަކީ، ކަމުދާ އެއްޗެއް ނޫންކަމަށް ބުނެ، "ހުސްނުވާ އާސަންދަ" ނަމަށް، ނަން ބަދަލުކޮށް، ޕޮލިސީ އަށް ވެސް ބަދަލުތަކެއް ގެނަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
12 މެއި 2017 | ހުކުރު 13:48
ހ
ސަރުކާރައް އެގޭ އެއްވެސް ކަމެއް އެބައޮތްބާ؟