Advertisement
ކ. މާލެ
|
12 މެއި 2017 | ހުކުރު 08:09
އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު
އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބުގެ ނަތީޖާ
ރައްޔިތުންގެ ވާޖިބް އަދާކޮށްފި، ގުޅިފައިފާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކާމިޔާބްކުރާނަން: އަލީ ޒާހިރު
ދިވެހި ރައްޔިތުން ތިބީ އިދިކޮޅު ހަތަރު ލީޑަރުންގެ ފަހަތުގައި
މަޖިލީސް މެމްބަރުން ކައުންސިލް އިންތިހާބްގެ ނަތީޖާއާއި މެދު ފުންކޮށް ވިސްނާލަންޖެހޭ
ރައްޔިތުން ވޯޓް ދިނީ ހަމަހަމަކަމާއި އިންސާފް ގާއިމްކުރަން

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދިވެހި ރައްޔިތުން ރައީސް އަބްދުﷲ ޔާމިންނަން ނޫނަކޭ ބުނުމުން ރައްޔިތުންގެ އުންމީދުތަށް ހާސިލްކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބް ކުރާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

 

އެމްޑީޕީ ހަރުގޭގައި ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލްގެ އިންތިހާބުގެ ނަތީޖާއިން ދިވެހި ރައްޔިތުން ތިބީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތަށް ތާއިދުކޮށް އިދިކޮޅު ހަތަރު ލީޑަރުންގެ ފަހަތުގައިކަން ހާމަކޮށްދީފި ކަމަށެވެ. ރައްޔިތުންގެ ބަސް ކައުންސިލްގެ އިންތިހާބްގެ ވޯޓުން ދައްކާލުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ކާމިޔާބްކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުން އަރުވާ ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ

.

"ތި ބޭފުޅުން އަޅުގަނޑުމެންނަން ތި ދެއްވި ތާއިދަށް، އަޅުގަނޑުމެންގެ ފަރާތުން މި ދަންނަވަނީ، އަޅުގަނޑުމެން ދެމުން އައި ޔާގީންކަން ހަމަ އެގޮތުގައި އިތުރަށް އެއަށްވުރެ ހަރުދަނާ ކަމާއި އެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަމޭ، ތިބޭފުޅުންގެ ވާޖިބް ތިބޭފުޅުންގެ ޒިންމާ ތިބޭފުޅުން އަދާކުރައްވާއިފި، މިހާރު ބޯޅަ ވަނީ އަޅުގަނޑުމެންނާ ހަމައަށް ފޮނުވާލާފަ"  އަލީ ޒާހިރު ވިދާޅުވިއެވެ.

 

ޕީޕީއެމް ތަމްސީލްކުރާ މަޖިލީސް މެމްބަރުން ކައުންސިލް އިންތިހާބްގެ ވޯޓްގެ ނަތީޖާއާއި މެދު ފުންކޮށް ވިސްނަވަންޖެހޭނެކަން ފާހަގަކޮށް ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މަޖިލީސް މެމްބަރުން ކަންކުރައްވާ ގޮތް ރައްޔިތުން ދަނީ ވަރަށް ކާއިރިން ބަލަމުން ކަމަށެވެ. ރައްޔިތުންގެ ބާރުވެރިކަން ދައްކާލަން ލިބޭ ދުވަހަކީ ވޯޓް ކަރުދާސް އަތަށް އަރާ ދުވަސް ކަމަށާއި ކުރިއަށް އޮތް އިންތިހާބުތަށް އިންސާފްވެރިކަމާއި އެކު ބާއްވާފި ނަމަ ރައްޔިތުން ވޯޓް ދެނީ ވެސް މަޖިލީހުގެ މެމްބަރުން ކަންކުރާ ގޮތް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ.

 

"ކައުންސިލް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން މި ދެއްވީ މެސެޖެއް އިނގޭތޯ، މި މެސަޖަކީ ތިޔަ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ރައްޔިތުންގެ ވިންދާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ މެމްބަރުން ވިސްނާ ވަޑައިގަންނަވާށޭ، ތިމެންނާމެން މިތިބީ ވަރަށް ކާއިރިން ބަލާންށޭ، ތިޔަ ކަންކުރައްވާ ގޮތެއް ތިމަންނާމެނަންކަށް ކަމަކު ނުދެއޭ، އެ މެސެޖް އެދެއްވީ"  އަލީ ޒާހިރު ވިދާޅުވިއެވެ.

 

ސަރުކާރުންގެ ފިންތުންތަށް ރައްޔިތުންނަން ކުރިމަތި ކުރުވިކަމުގައި ވިއަސް ރައްޔިތުން ކައުންސިލް އިންތިހާބުގައި ވޯޓް ދެއްވީ ހަމަހަމަ ކަމާއި އިންސާފްވެރިކަމާއި ގާއިމްކުރުމަށާއި މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ކަމަށް އަލީ ޒާހިރު ފާހަގަކުރިއެވެ.

 

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ފުލުހުންގެ ބަންދުން ދޫކޮށްލުމުގެ ކުރިން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޝަރުތުތަކުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބާއްވަމުންދިޔަ ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ މިހާރު ބާއްވަމުން އަންނަނީ އެމްޑީޕީ ހަރުގޭގައިއެވެ. ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒް ފުރަތަމަ ފަހަރަށް އެމްޑީޕީގެ ހަރުގޭގައި ބޭއްވި މިފަދަ ޖަލްސާއެއްގައި ބައިވެރިކަން ފާހަގަކޮށްލެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 46 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް