Advertisement
ކ. މާލެ
|
12 މެއި 2017 | ހުކުރު 02:58
ރައީސް ނަޝީދު ރާއްޖެ ޓީވީއަށް އިންޓަރވިއު ދެއްވަނީ
ރައީސް ނަޝީދު ރާއްޖެ ޓީވީއަށް އިންޓަރވިއު ދެއްވަނީ
ރާއްޖެއެމްވީ
ރައީސް ނަޝީދު
އިދިކޮޅަށް 57 މެމްބަރުން ހަމަވާނެ، ރައީސް ޔާމިން މަގާމުން ވެސް ދުރުކުރެވޭނެ: ނަޝީދު
ހަމަވާނީ 42 އެއް ނޫން، 57 ހަމަވާނެ
ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ އިދިކޮޅު ލީޑަރުން ދޫކޮށްލައްވާ ވާހަކަ ދައްކައިގެން އިންތިޚާބަކަށް ދާން
މަޖިލިސް ފެށުމުން ކަންކަން ފެންނަން ފަށާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް ހަމަވެގެންދާނީ 42 މެންބަރުން ނޫން ކަމަށާއި 57 މެންބަރުން ހަމަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ރާއްޖެ ޓީވީއަށް ދެއްވި ފުރަތަމަ އިންޓަރވިއުގައެވެ.

ސްރީލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިއުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ދިވެހިރާއްޖެއަށް ހެޔޮ އެދޭނަމަ މިހާރުން މިހާރަށް ސިޔާސީ ލީޑަރުން ދޫކޮށްލައްވާ އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަވައިގެން 2018 އަށް މިނިވަން އިންސާފްވެރި އިންތިޚާބަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެގޮތަށް އެކަން ނުކުރައްވައިފިނަމަ ރައީސް ޔާމީން މަޤާމުން ދުރުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އެހެން ނުހައްދަވައިފިނަމަ އަޅުގަނޑުމެންނަށް ޖެހޭނީ ރައީސް ޔާމީން ވަކިކުރުމަށް ބުރަ މަސައްކަތް ހަމަ އަދިވެސް ކުރިއަށް ގެންދަން.މި ލޯކަލް އިންތިޚާބަކީވެސް އެކަން ކުރުމަށް އަޅުގަނޑުމެން ކުރިކަމެއް. މިހާރު މެންބަރުންނަށް އެނގިވަޑައިގަންނަވާނެ އެބޭފުޅުން އެތިއްބެވީ ރަނގަޅު ފަޅީގަ ނޫންކަން. ބޮޑުފަޅިއަކީ އެނޫންކަން" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި އންތިޚާބަށްފަހު އެކަމަށް ލިބޭނެ ބާރަކީ ކޮބައިތޯ ދެންނެވުމުން ރައީސް ނަޝީދު ވިދާޅުވީ  ވޯޓުން އެނގުނު ހަޤީގަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަރަށް ބޮޑު ހަޤީގަތެއް ކަން އެނގިގެން ދާނެ ކަމަށާއި އެ ބޭފުޅުން  އެކަންކަމާމެދު ވިސްނަވާނެ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅު އަތްބަޔަށް ޑިގު ހަމަވާނެ ކަމަށާއި ނަމަވެސް މިހާރު އަތްބައި ހުޅުވާލައިފި ނަމަ ޑިގު ނުގޮވިދާނެ ކަމަށެ

ރައީސް ނަޝީދު ވިދާޅުވީ މިހާރު މިއޮތީ މަޖީލީހުގެ ޗުއްޓީ ކަމަށާއި މަޖިލީހުގެ މަސައްކަތް ފެށިގެންދާއިރު ކަންކަން ފެނިގެންދާނެ ކަމަށެވެ. އަދި ރައްޔިތުން އެދޭ އިސްލާހީ ބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 34 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 މެއި 2017 | ހުކުރު 11:42
ހ މ ޒ
ބިރުދެއްކިޔަކަސް ނުގުޑާނެ! ؟ި
12 މެއި 2017 | ހުކުރު 11:31
ހާމިދު
ނޫން ނަޝީދު ރުޅިއައިގެން ރައްޔިތުންނަށް އަތް އުއްކަވަ އުއްކަވާފައި ޒުވާބު ކުރާތަނުގެ ވީޑިއޯތައް އަދިވެސް ސޯޝަލް މީޑިއާގައި އެބަހުރި. އެމަނިކުފާނު ވިދާލުވި ނޫންތޯ..! "އަމިއްލަ ޕާޓީގެ މެމްބަރަކަށް ކަމެއް ކޮށްދީ ނިންމާފައި ނޫނީ އެހެންބަޔަކަށް ކަމެއް ކޮށް ނުދޭނެ" ކަމަށް. ހަނދުމަ ނެތުނީތޯ. ވެރިކަން ކުރަން ލިބުނު 3 އަހަރު ތެރޭގައި ރައްޔިތުންނަށް އެތައް ދުއްތުރާލެއް ކުރި ނޫންތޯ! ތަކެތީގެ އަގު އުފުލިގެން ދިއުމުގެ އިތުރަށް ޑޮލަރުގެ އަގުވެސް އެރީ މައްޗަށް. ގައުމަށް ގެނެވުނުހާވެސް އިންވެސްޓް މަންޓަކީ އިންޑިއާގެ އަޅުވެތިކަމުގެ އިންވެސްޓްމެންޓެއް. އެ ދުވުނީ ފިނިހަކަ ދުވެލީގައި ނޫންތޯ؟ އެހެންނަމަ، 3 އަހަރު ތެރޭގައި އެއަރޕޯޓް އޮންނާނީ ތަރައްގީ ކުރެވިފައި ނޫންތޯ؟ އެކަމެއްވެސް ނުވި. އެމީހުން ކުރިހާވެސް ކަމަކީ ބިންގާ އަޅަން ކޮނެލުން. ދެން އަދި ކޮބައި ވަކިން ކޮރަޕްޝަނަށްކަންތައް އޮތްގޮތް. ކޮންމެ ވަޒީރަކަށް ކޮންމެ އެކްޓިވިސްޓަކަށް ބައި ނޭޅޭގޮތަކަށް އެއްވެސް ކަމެއް އެމްޑީޕީގެ ސަރުކާރުގައި ކޮށްފައެއް ނުވޭ ނޫންތޯ! ސާކް ސަމިޓް ބާއްވަންވެގެންވެސް އައްޑޫގައި ބޮޑު ކޮންވެންޝަން ހޯލެއް އެޅި އިރު، އެތަނުން އެތައް މިލިއަނެއް އަމިއްލަ ޕާޓީ ކުދިންގެ ޖީބައް ވެއްދިކަން އޯޑިޓް ރިޕޯޓްތރަކުން ފެންނަން ހުއްޓެއްނޫންތޯ! ގައިމު އެ އޯޑިޓް ރިޕޯޓް ނެރުނީކީ މި ސަރުކާރަކުވެސް ނޫން. އަދި ކޮބައި، ވެރިކަމުން ވެއްޓުނު ދުވަހު މުލިއާގެ ތެރެއިން ނެރުނު ރާ ފުޅިތަކުގެ ކަންތައް. އިސްލާމް ދީނަށް ހޭގުގައި ހުންނަވައިގެން ފާޅުގައި ފުރައްސާރަ ކޮށް މަލާމަތް ކޮށް ކީރިތި ރަސޫލާއަށް ހަޖޫ ޖެއްސެވީވެސް ކަމުގެ މަތިންވެސް ހަމަ ހަނދާން ނެތުނީތޯ! ކީއްކުރަންތޯ ތިވަރުގެ ވެރިއެއްގެ ފަހަތައް މަޖްލިސް މެމްބަރުން ދާންވީކީ. އެންމެ %17 އިންސައްތަ މީހުން ނުކުމެ ލީ ވޯޓަކުން ބާރެއް ނެތް ކައުންސިލްތަކެއްގެ ގޮނޑި ކޮޅެއް ލިބިގެން ތިވަރު އަދި ވާކަށެއް ނުވޭ. އެހެނީ، އާހިރުގައި ﷲ ތަޢާލާ ނަސްރު ދެއްވާނީ، އެންމެ އިހުލާސްތެރި އަދި އެންމެ ބާރުގަދަ އެންމެ ކުރިއެރުން ގެނެސްދެވޭނެ ލީޑަރަކަށްވާތީ...! ޔާމީން ގެ 3 އަހަރު ތެރޭގައި ގްރޭޓަރ މާލޭ ސަރަހައްދާއި، ހާއްސަކޮށް ބޮޑެތި އާބާތީތައް އެކުލެވޭ ބޮޑެތި ރައްރަށުގައި ގިނަ ތަރައްގީގެ މަޝްރޫޢުތަކެއް ހިންގާ ނިންމާފައިވާއިރު، އަދިވެސް އެމަސައްކަތް އެދަނީ ކުރިއަށް. ރައްޔިތުންގެ ބޮލަށް ޗިޕް ޖަހައިގެން ކޮންމެ ގޮތަކަށް ވޯޓް ގެ ނަތީޖާ މިފަހަރު ނުކުތް ނަމަވެސް، ރައީސް ޔާމީން އެކަނި މައިއެކަނިވެސް އެ ހޯއްދެވި ކާމިޔާބަކީ ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބީއެއްކަމަށް ބުނަންޖެހޭ. ސިޔާސީ ލީޑަރުން ހައްޔަރުވެގެން ދިޔައީ އަމިއްލެއަށް ކުރެވުނު ކުއްތަކުގެ ސަބަބުން. ރަނގަޅަށް ވިސްނާލީމާ އިނގޭ ކަމަކީ ހަމަ އެންމެ ފަރާތެއްވެސް ނެތޭ...ތިބާ ކުޅަ ޢަމަލެއްގެ ނަތީޖާއެއްގެ ގޮތުން ނޫން ގޮތަކަށް ފިޔަވަޅު އަޅާފައި. އަދި ފިޔަވަޅުތައް އަޅާފައިވެސް ވަނީ ރާއްޖޭގައި ހުރި ގާނޫނީ ހަމަތަކުގެ ތެރެއިން. ހުޅަނގާ ގުޅިގެން ޑޮލަރުތައް ހޯދައިގެން މަޖްލިސް މެމްބަރުން ގަނެލައިގެން ކިތަންމެ ކަމެއް ކުރަން ރޭވިއަސް ތި ކަންތައްތައް ﷲ އިރާދަފުޅުން ނާކާމިޔާބު ވެގެންދާނެ.
12 މެއި 2017 | ހުކުރު 11:29
ހޟދ
މެންބަރުން
12 މެއި 2017 | ހުކުރު 01:19
ހުސޭނު
ނަޝީދު ޖެހޭނީ ހުވަފެން ބަލަބަލަ ހުންނަން