Advertisement
ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 23:44
ޝިފާގް ކޮމިޝަންގެ ޕްރެސް ކޮންފަރެންސެއްގައި
ޝިފާގް ކޮމިޝަންގެ ޕްރެސް ކޮންފަރެންސެއްގައި
އެޗްއާރްސީއެމް
ޝިފާގް
ޝިފާގު އެޗްއާރުސީއެމުން އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވާ
ޝިފާގް ވަނީ ކޮމިޝަންގެ މަސައްކަތާމެދު ފާޑު ވިދާޅުވެފައި
ކޮމިޝަންއާމެދު ރައްޔިތުން ހިތްހަމައެއް ނުޖެހޭ

ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް)ގެ ނައިބް ރައީސް ޝިފާގު މުފީދު(ހިސްޓޯ) ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

އެކަން ވަނީ އެޗްއާރުސީއެމުން ވެސް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އެކޮމިޝަނުން ހާމައެއް ނުކުރައްވައެވެ.

ކޮމިޝަނަށް ބޮޑެތި ފަޑުކިއުންތަކެއް އަމާޒުވެފައިވަނިކޮށް ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާގް އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

އެޗްއާރްސީއެމް އަށް 2015 ވަނަ އަހަރު އައްޔަންކުރި ޝިފާގް އެ ކޮމިޝަނުން އިސްތިއުފާ ދެއްވި އިރު ކޮމިޝަންގެ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން މީގެ ކުރިން ވާހަކަ ދައްކަވާފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 41 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 މެއި 2017 | ބުރާސްފަތި 19:30
ޖާނޭ
މާލަސްވެއްޖެ. ކުޅެވެން ހުރި ހުރިހާކުޅިއެއް ކުޅެފަ ބޮނދު ބުޑަށް ސައި ކީމަ ދެން ޕާޓީ ޓިކެޓުގަޑެއް ދޭނެކަމަށް ގުޅޭނެކަމެއް ނެތް. . ގެއަށް ވަޑައިގަންނަވާ. ރަށަށްވެސް ވަޑަޢިގަންނަވާނެ ކަމެއް ނެތް