އިންޑިޔާ އާއި ރާއްޖޭގެ ސަޤާފީ ހެދުންތައް ދައްކުވައިދޭ ޝޯވްއެއް ބާއްވައިފި އެވެ.
އިންޑިއާގެ ކަލްޗަރަލް ސެންޓަރުގައި ބޭއްވި ޝޯވްއަކީ މި ދެގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމަށްޓަކައި އެ ސެންޓަރުން އިންތިޒާމްކޮށްގެން ބޭއްވި ޝޯވްއެކެވެ.
މިޝޯވްގައި ދެ ގައުމުގައި ބޭނުންކުރާ ތަފާތު ސަޤާފީ ހެދުންތައް ދައްކާލުން އޮތެވެ.
ރާއްޖެޓީވީއަށް މައުލޫމާތުދެއްްވަމުން އިންޑިއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ އަކިލޭޝް މިޝްރާގެ އަނބިކަނބަލުން ރީތީ ވިދާޅުވީ މިފަދަ ޝޯވްއެއް އިންތިޒާމްކުރީ ދެ ގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަން ބަދަހިކޮށް، ހާއްސަކޮށް ބޮޑު ސަގާފަތެއް އޮންނަ މި ދެގައުމުގެ ސަގާފީ ހެދުންތައް ދައްކާލުމަށް ކަމަށެވެ.
މިއީ ފެށުމެއް ކަމަށާއި މިފަދަ އިތުރު ޝޯވްތައް ކުރިއަށް އޮތް ތަނުގައިވެސް ފެނިގެންދާނެ ކަމަށާއި މިޝޯވްއަށް ވެސް ވަރަށް ފުރިހަމަ ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށް ރީތީ ވިދާޅުވި އެވެ.