ކ. މާލެ
|
26 މެއި 2021 | ބުދަ 01:54
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް
ރައީސް އޮފީސް
ހުޅުމާލޭގައި އިތުރު ކޮވިޑް ފެސިލިޓީއެއް
ހުޅުމާލޭގައި އިތުރު ކޮވިޑް ފެސިލިޓީއެއް ގާއިމު ކުރަން ނިންމައިފި
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރަން މިހާރު ތިބީ 116 ނަރުހުން
ފެސިލިޓީތަކުގައި މަސައްކަތް ކުރާނެ މީހުންގެ ދަތިކަން ވަނީ ކުރިމަތިވެފައި

ހުޅުމާލޭގައި 270 އެނދުގެ ކޮވިޑް ފެސިލިޓީއެއް ގާއިމު ކުރުމަށް ނިންމާފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅިވެއްޖެއްވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ, ރާއްޖޭގައި ކޮވިޑަށް ފަރުވާދޭނެ ފެސިލިޓީތަކާއި, ވެންޓިލޭޓަރާއި, އޮކްސިޖަން ވެސް އެކަށީގެންވާ މިންވަރަށް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ފެސިލިޓީތަކުގައި މަސައްކަތް ކުރާނެ މީހުންގެ ދަތިކަން ކުރިމަތި ވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ޚިދުދުމަތް ކުރާނެ މީހުންގެ ދަތިކަން ހުރި މިންވަރުގެ މައްޗަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރަން މިހާރު ތިބީ 116 ނަރުހުން ކަމަށެވެ. އެކަން ހައްލުކުރުމަށް މިހާރު ނަރުސްކަން ކިޔަވަމުންދާ ބައެއް ދަރިވަރުން ފެސިލިޓީތަކަށް ނެރުމުގެ މަސައްކަތް ކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.  

ހުޅުމާލެ މެޑިކަލް ފެސިލިޓިން ދެމުންދާ ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ތަކުގެ ތެރެއިން, އެތަނުގައި ކޯލް ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މިހާރު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން އެތަނުގައި ތިބި މީހުންނަށް ސޯޝަލް ކެއާގެ ޚިދުމަތް ދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ކުރަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް ވަރުގަދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ބުދަ ދުވަހުން ފެށިގެން ދެހަފްތާގެ މުއްދަތަކަށް ހަވީރު 4:00 ން ފެށިގެން ހެނދުނު 8:00 ށް މާލެ ސަރަހައްދުގައި ކާފިއު ވަގުތު ވަނީ އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ޚާއްސަ ރެޒިޑެންޝަލް ޕާމިޓަކާއި އެކުގައި ނޫންގޮތަކަށް ބޭރަށް ނުނިކުމެވޭނެ ކަމަށް ވަނީ އަންގާފައެވެ.

- ކޮމެންޓް