Advertisement
ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 20:23
ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ
ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ
ޓްވިޓަރ
ލޯކަލް ކައުންސިލް
އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ރައީސް މައުމޫނަށް ތާއިދެއް ނެތްކަން: ޑރ. ޝައިނީ
އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓެއް ނެތްކަން ހާމަވެއްޖެ
ކައުންސިލް އިންތިހާބަކީ ޕީޕީއެމް އަށް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަ އިންތިހާބެއް
ރައީސް ޔާމީން އަށް ތާއިދު އޮތީ ރައީސް މައުމޫންގެ ތާއިދު އޮތުމުން ނޫންކަން ސާބިތުވެއްޖެ

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެއްވެސް ތާއިދެއް ނެތްކަން ކަމަށް ފިޝްރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އެމްޑީއޭ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރުގެ ޖަލްސާތަކުގެ ތެރެއިން ބުދަ ދުވަހުގެ ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ފުރަތަމަ ބުރުގައި 25 ޕަސެންޓް ވެސް ލިބުނީ ރައީސް މައުމޫންގެ ތާއިދާ އެކު ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނޫންކަން ކައުންސިލް އިންތިހާބުގެ ނަތީޖާއިން ސާބިތުބެގެން ހިގައްޖެ ކަމަށެވެ.

""މީގެ ކުރިން ވަރަށް ގިނައިން އިދިކޮޅު ފަރާތްތަކުން ބުނަމުންދިޔަ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ލިބުނީ 25 ޕަސެންޓް ކަމަށް، އެވެސް ރައީސް މައުމޫން ފަހަތުގައި ހުންނަވައިގެނޭ، މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ރައީސް މައުމޫންގެ އެއްވެސް ތާއީދެއް ނެތްކަން، އެއީ ރައީސް ޔާމީން އެކަނި ނިކުމެވަޑައިގެން ކުރިއާ އަޅާބަލާއިރު އިންޑިވިޖުއަލް މީހަކު ނެގި ވޯޓާ އަޅާބަލާއިރު ގިނަ ވޯޓު ނަންގަވާފަ ހުންނެވީ،" މިނިސްޓަރު ޝައިނީ ވޮދާޅުވިއެވެ.

ޑރ. ޝައިނީ ވިދާޅުވީ ކައުންސިލް އިންތިހާބުގައި ރައީސް ޔާމީން ގިނިކަންޏާ ނިކުމެވަޑައިގެން ވެސް 30 ޕަސެންޓް ހޯއްދަވާފައިވާ ކަމަށާއި އެހެން ކަމުން މިފަހުން ބޭއްވި ކައުންސިލް އިންތިހާބަކީ ޕީޕީއެމަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަ އިންތިހާބެއް ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހިސާބު ޖަހައިފި ނަމަ ގާސިމަށް 25 ޕަސެންޓް، ރައީސް މައުމޫނަށް 25 ޕަސެންޓް، ނަޝީދަށް 25 ޕަސެންޓް، ދެން ތިބި މީހުންނަށް އެއް ޕަސެންޓް ނަމަވެސް އެ ހުރިހާ ބޭފުޅުންނަށް ލިބުނު ވޯޓު މާ ދަށް، ރައީސް ޔާމީން ގިނިކަންޏާ ނިކުމެވަޑައިގެން މިހާރު ވެސް ޕީޕީއެމްއަށް ލިބިފައިވާ ވޯޓަށް ބަލާއިރު 30 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނަގައިފި،" ޝައިނީ ވިދާޅުވި އެވެ

މީގެ އިތުރުން މިނިސްޓަރު ޝައިނީ ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ނެރޭނެ ކެންޑިޑޭޓެއް ނެތްކަން ކައުންސިލް އިންތިހާބުގެ ނަތީޖާއިން ސާބިތުވެގެން ހިނގައްޖެ ކަމަށެވެ. އެގޮތުން އިދިކޮޅުން ނެރެން ހުރީ ކޮން ކެނޑިޑޭޓެއްތޯ ބަލާއިރު ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދަށް ވެރިކަމަށް ކުރިމަތިލެއްވެން ނެތް ކަމަށާއި ހަމައެހެންމެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.

ޝައިނީ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ނެރެން ހުރި ފަރާތަކީ ވެސް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙް ކަމަށާއި ނަމަވެސް އިބޫ ވެސް މިހާރު ބަލިވެފައިވާ ކަމަށެވެ.

"ދެން އެ ބޭފުޅުންގެ ތެރޭގައި ސިޔާސީ ގޮތުން އެންމެ ފުންނާބު އުސްކޮށް އުޅުއްވަނީ އިބޫ، އިބޫގެ ދާއިރާއިން އިބޫ ބަލިވެއްޖެ، ދެން އެ ނިކުންނަން ހުރި މީހާއަށް ވެސް އެ ނުނިކުމެވުނީ، ދެން ކާކުތޯ ނިކުންނަނީ؟،" ޝައިނީ ސުވާލު ކުރެއްވި އެވެ.

ޝައިނީ އެހެން ވިދާޅުވީ، އެމްޑީޕީގެ ބޮޑު ސަޕޯޓެއް އޮންނަ އިބޫގެ ދާއިރާ ކަމަށްވާ ޅ. ހިންވަރުގެ ކައުންސިލްގެ ގޮނޑިތައް ޕީޕީއެމްއިން ނަގާފައިވާތީ އެވެ. މިއީ އެ ކައުންސިލްގެ ގޮނޑިތައް އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 33 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
11 މެއި 2017 | ބުރާސްފަތި 23:42
ޒައިން
ރައީސް ޔާމީނު އެކަންޏޭ ތިކިޔަނީ ކީއްވެ؟ ޕީޕީއެމްއާ އެކު އޮތް ސަން ޝިޔާމުގެ އެމްޑީއޭ ކޮބާ ޑީއާރުޕީ ކޮބާ؟ ޑީއާރުޕީވެސް ސިޓީކައުންސިލެއްގެ ގޮނޑިއެއް ހޯދި އެހޯފި ގޮތަކަށް ޕީޕީއެމް(ޕީއޭ)އަށް ނުވި އެވަރުވެސް. ކަޑަވިލެއް ބޮޑުކަމުން ނެސްޓަމް ބޭބީއަށް ކިޔޭނުކިޔޭ ވެސް ނޭނގޭދީ
11 މެއި 2017 | ބުރާސްފަތި 23:37
roanu edhuru
thee haadha ygamaaru vaahaka dhakka mehekey, nooney kiyaane echeh netheema konmves angaeh thalhan jeheythaa,bala 30% kon election akun molhuvaanee, riyaasee reyhuga 50% automatic in hama veytha thividhaalhuvaa beyfulhunnah kurimathi nuleveythee, eehun koru bakatteh baavvaafa eyah vote laan bunjjas aharun yaameen akah nulaanan vote, mee hageegay
11 މެއި 2017 | ބުރާސްފަތި 19:36
ޖާނޭ
ތިޔަ ކަހަލަ ވާހަކަ ދެއްކުމުން އެނގިގެން ދަނީ ވާހަކަ ދެއްކެވި ބޭފުޅާގެ ދެއުޅި އެއް ނުވާކަން. އަމިއްލަ ދަރިން ބޮޑުވެގެން މަލާމާތް ކުރާނެ ތިވަރަށާ ސަނާ ކީމަ . ވިސްނާދީބަލަ ގޮއްޔޭ،
11 މެއި 2017 | ބުރާސްފަތި 18:07
ކ
ޔާމީން އައް ލިބުނު ބަޔެއްވޯޓް ލިބިފަ ހުރީ ވަޒީފާޔައް ބިރުން ޝައިނީ ވެސް ވޯޓް ދިން ގޮތައް ބަޔެއް ބޭފުޅުން ދިން ވޯޓް. ހިތާރުހުމުން ވޯޓް ދޭން ތިބޭނީ މަދުބަޔަކު. މެޑަމް އަނެއްކާވެސް "ކަދުރު" ބަހަން ތައްޔާރުވާންވީ... ސައުދީން އަނެއްކާ ކަދުރު ހަދިޔާކޮއްފި...