ކ. މާލެ
|
24 މެއި 2021 | ހޯމަ 22:26
ބީއެމްއެލްގެ އޭޓީއެމެއް
ބީއެމްއެލްގެ އޭޓީއެމެއް
ބެންކް އޮފް މޯލްޑިވްސް
ކާޑުގެ މައުލޫމާތު ހިއްސާނުކުރުން
ކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށް އަނެއްކާވެސް އިލްތިމާސްކޮފި
ފައިސާ ފޮނުވުމަށް އެދި ބީއެމްއެލް އިން އެއްވެސް ފަރާތަކަށް ނުގުޅާނެ
އިންޓަނެޓް ބޭންކިންގެ މައުލޫމާތުތައް އެހެން ފަރާތަކާ ހިއްސާނުކުރުމަށް ވަނީ އެދިފައި
ކާޑު ނަންބަރު، މުއްދަތުހަމަވާ ތާރީޚު، ސީވީސީ ނުވަތަ ސީވީވީ ކޯޑު ހިއްސާނުކުރުމަށް ވަނީ އެދިފައި

ކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ ކާޑުގެ އެއްވެސް މައުލޫމާތެއް، ކާޑު ނަންބަރު، މުއްދަތުހަމަވާ ތާރީޚު، ސީވީސީ ނުވަތަ ސީވީވީ ކޯޑު އަދި އިންޓަނެޓް ބޭންކިން މައުލޫމާތުތަކާއި އޯޓީޕީ ފޯނު، އީމެއިލް އަދި މެސެޖަކުންވެސް އެހެން ފަރާތަކާ ހިއްސާކޮށްގެން ނުވާނެކަމަށެވެ. މިފަދަ މައުލޫމާތެއް ނުވަތަ ފައިސާ ފޮނުވުމަށް އެދި ބީއެމްއެލް އިން އެއްވެސް ފަރާތަކަށް ނުގުޅާނެކަމަށް ބޭންކުން ވަނީ ބުނެފައެވެ.

ބޭންކުން މިގޮތަށް އިލްތިމާސްކޮށްފައި މިވަނީ ވައިބަރ ފަދަ އެޕްތައް މެދުވެރިކޮށް ތަފާތު ޕްރޮމޯޝަންތަކުގެ ނަމުގައި ކާޑުގެ މައުލޫމާތު ހޯދުން އާންމުވެފައި ވަނިކޮށެވެ. އެހެން ކަމުން ބޭންކުން ވަނީ މިފަދަ ކަންކަމަށް ސަމާލުވެ ތިބުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
ކޮމެންޓް