Advertisement
ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 18:45
ތިނަދޫ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ތިނަދޫ ޑރ. އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ރާއްޖެ އެމްވީ
ތިނަދޫ
ތިނަދޫ ހޮސްޕިޓަލުގައި ރާއްޖެޓީވީ އެޅުވުން އަދި ބެލުން ވެސް މަނާކޮށްފި
ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރީ އެމްޑީޕީން
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ސަރުކާރުން ތިނަދޫގައި ވަރުގަދަ ކެމްޕެއިނެއް ހިންގާފައިވޭ
ސަރުކާރު ކުންފުނިތަކާއި ބައެއް އޮފީސްތަކުގެ ބައެއް މުވައްޒަފުންވެސް ދަނީ ވަކިކުރަމުން

ގދ ތިނަދޫ  ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޓީވީއެމް ފިޔަވާ، އިތުރު ދިވެހި ދިވެހި ޗެނަލްތައް އެއްވެސް ގަޑިއެއްގައި އަޅުވައި އަދި ބެލުން މަނާކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެ ހޮސްޕިޓަލުން އެގޮތަށް އަންގާފައިވަނީ އެ ހޮސްޕިޓަލުގައ ރާއްޖެޓީވީ އަޅުވާތީ އެވެ.

ތިނަދޫ ޑރ. އަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުން އެ މެމޯ ނެރެފައިވަނީ އެ ހޮސްޕިޓަލުގެ ހުރިހާ ސެކްޝަންތަކާއި ސިއްހީ މަރުކަޒުތަކަށެވެ.

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތިނަދޫ ކައުންސުލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ.

ތިނަދޫގައި ސަރުކާރުން ތަފާތު ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންދާއިރު، ގިނަ ޕްރޮޖެކްޓްތަކަކީ ކުރީގެ ރައީސް މަހައްމަދު ނަޝީދުގެ ވެރިކަމުގެ ހިންގަމުންދިޔަ އަދި ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކެކެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ދިމާކޮށް ނައިބު ރައީސް އަބްދުﷲ ޖިހާދުގެ އިތުރުން ގިނަ މިނިސްޓަރުން ތިނަދޫއަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ހިންގާފައިވެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ނިސްބަތްވާ ޕީޕީއެމްއަށް މެޖޯރިޓީ ލިބިފައިވަނީ މަދު ކައުންސިލްތަކެއްގެ އެވެ. ގިނަ ކައުންސިލްތަކެއްގެ ސާފު މެޖޯރިޓީ ހޯދާފައިވަނީ އެމްޑީޕީންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން ސަރުކާރަށް ނާކާމިޔާބު ވުމާއިގުޅިގެން، ސަރުކާރު ކުންފުނިތަކާއި ބައެއް އޮފީސްތަކުގެ ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 43 މިނެޓު ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް