ކ. މާލެ
|
24 މެއި 2021 | ހޯމަ 09:20
އަލްމަރުހޫމް އިސްމާޢީލް ފަތުޙީ
އަލްމަރުހޫމް އިސްމާޢީލް ފަތުޙީ
ރައީސް އޮފީސް
އިސްމާއިލް ފަތުހީ އަވަހާރަވުން
ފަތުހީގެ ހަނދާނުގައި މަޖިލީހުން ހަމަހިމޭން ކަމުގެ ސުކޫތެއް
ރާއްޖޭގެ އޮޑިޓް ދާއިރާއާއި މާލީ ދާއިރާގެ ތަރައްޤީއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި
އަވަހާރަވީ ކޮވިޑު ބަލީގެ އާލާސްކަންފުޅުގައި އާދިއްތަ ދުވަހުގެ ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގައި

ސަރުކާރަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިސްމާޢީލް ފަތުޙީ އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.

ހޯމަ ދުވަހުގެ މަަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ވަނީ މި ސުކޫތު އިއުލާނު ކުރައްވައި، ފަތުޙީގެ ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވާފައެވެ.

މާފަންނު އެވިލާ އިސްމާޢީލް ފަތުޙީ، އަވަހާރަވީ ކޮވިޑު ބަލީގެ އާލާސްކަންފުޅުގައި އާދިއްތަ ދުވަހުގެ ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. އަވަހާރަވީ އިރު ޢުމުރުފުޅަކީ 80 އަހަރެވެ. އިސްމާޢިލް ފަތުޙީ އަވަހާރަވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ޚަބަަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށާއި، އިސްމާޢީލް ފަތުޙީއަކީ، ރާއްޖޭގެ އޮޑިޓް ދާއިރާއާއި މާލީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

އަލްމަރުޙޫމް އިސްމާޢީލް ފަތުޙީއަކީ ފިނޭންސްގެ ދާއިރާގައި ވެސް 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. 1979 ވަނަ އަހަރުގެ ކުރިން ސަރުކާރުގެ ބަޖެޓް ތައްޔާރު ކުރައްވަމުން ގެންދެވީ އޯޑިޓް އޮފީހުންނެވެ. ލިބޭ އާމްދަނީއަށްވުރެ ޚަރަދު ބޮޑުނުވާނެ ގޮތަކަށެވެ. އެހެންނަމަވެސް، 1979 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ފަރާތުން ބަޖެޓް ސިޔާސަތު ބަދަލުކުރައްވައި، ތަރައްޤީގެ ބަޖެޓަކަށް އަމާޒު ކުރެއްވިއެވެ. އެމަނިކުފާނު ވަނީ ޑިރެކްޓަރ އޮފް ފިނޭންސްގެ މަޤާމުގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް ކަމުގެ މަޤާމު ވެސް ފުރުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް