ކ. މާލެ
|
23 މެއި 2021 | އާދީއްތަ 21:14
އިންޑިއާއިން ވައިޓް ފަންގަސް ފެނިފައި މިވަނީ ހަލުވި ކަމާއެކު ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް
އިންޑިއާއިން ވައިޓް ފަންގަސް ފެނިފައި މިވަނީ ހަލުވި ކަމާއެކު ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް
ގެޓީ އިމޭޖަސް
ވައިޓް ފަންގަސް ފެނުން
ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
 
ވައިޓް ފަންގަސްގެ ހަތަރު ކޭސް ބިހާރްގެ ޕަޓްނާއިން ފެނިފައިވޭ
 
ބްލެކް ފަންގަސްއާއި އަޅާ ބަލާއިރު ވައިޓް ފަންގަސް މާ ފަސޭހައިން ހަށިގަނޑުގެ ގުނަވަންތަކަށް ފެތުރޭ
 
 މާގިނައިން ސްޓެރޮއިޑްސް ބޭނުންކުރުމުގެ ސަބަބުން ވައިޓް ފަންގަސް ޖެހުމަށް މަގުފަހި ވާކަމަށް ބުނެވޭ

ކޮވިޑް ބަލިން ރަނގަޅުވާ މީހުންގެ ގައިން, ފުރާނައަށް ނުރައްކާ އިންފެންކްޝަނެއް ކަމަށްވާ ބްލެކް ފަންގަސް ފެނުން އިންޑިއާގައި އިތުރުވަމުން ދަނިކޮށް އެއަށްވުރެ ނުރައްކާތެރި ކަމަށް ބެލެވޭ ވައިޓް ފަންގަސް އެގައުމުން ފެނިއްޖެއެވެ.

ކެންޑިޑަޔަސިސް ނުވަތަ ވައިޓް ފަންގަސްގެ ހަތަރު ކޭސް ބިހާރްގެ ޕަޓްނާއިން ފެނިފައި ވާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. މި ސަރަހައްދަކީ މިހާރު ކޮވިޑްގެ ހާލަތު ވަރަށް ގޯސް ވެފައިވާ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.

ޕަޓްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ މައިކްރޯބައިލޮޖީއާ ހަވާލުވެ ހުންނެވި ޑރ. އެސް އެން ސިންގް އާ ހަވާލާދީ އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުން ވައިޓް ފަންގަސް އިންފެކްޝަން ފެނުނު ހަތަރު މީހުންގެ ކިބައިން ވެސް ކޮވިޑާ ދާދި އެއްގޮތް އަލާމަތް ތަކެއް ފެނިފައިވެއެވެ. އެކަމަކު ޓެސްޓު ކުރުމުން އެމީހުންގެ ހަށިގަނޑުން ކޮވިޑް ފެނިފައެއް ނުވެއެވެ.

ވައިޓް ފަންގަސް ޖެހުނު މީހުނަށް ފަރުވާ ކުރުމަށް އެ ހޮސްޕިޓަލުން ބޭނުން ކުރަމުން ދަނީ އެންޓި ފަންގަލް ބޭހެވެ. މި ބޭސް ބޭނުން ކުރުމުން އެމީހުންގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. ބްލެކް ފަންގަސްއާއި އަޅާ ބަލާއިރު ވައިޓް ފަންގަސް މާ ފަސޭހައިން ހަށިގަނޑުގެ ގުނަވަންތަކަށް ފެތުރިގެން ދާތީ އެކަމުގެ ކަންބޮޑުވުން ކަމާބެހޭ އޮފިޝަލުން ގެންދަނީ ފާޅުކުމުންނެވެ. އެގޮތުން ވައިޓް ފަންގަސް ވަރަށް ހަލުވި ކަމާއެކު ނިޔަފައްޗާއި, ހަންގަނޑާއި, ބަނޑާއި, ކިޑްނީއާއި, ސިކުނޑިއާއި އަނގައިގެ އިތުރުން ޖިންސީ ގުނަވަންތަކަށް ފެތުރިގެން ދާކަމަށް އޮފިޝަލުން ބުނެއެވެ.

 މާގިނައިން ސްޓެރޮއިޑްސް ބޭނުންކުރުމުގެ ސަބަބުން ވައިޓް ފަންގަސް ޖެހުމަށް މަގުފަހި ވާކަމަށް ބުނެވެއެވެ. ދިގު މުއްދަތަކަށް ސްޓެރޮއިޑް ބޭނުން ކުރުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވާ ކަމެކެވެ. ކޮވިޑްގައި ހާލުދެރަވާ ބަލިމީހުންނަށް ސްޓެރޮއިޑްސް ދީގެން ފަރުވާ ކުރާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
18%
0%
71%
8%
2%
0%
ކޮމެންޓް
24 މެއި 2021 | ހޯމަ 21:19
ކިޔުން
ޔާﷲމި ނުރައްކާތެރި ބަލިތަކުން އަޅަމެން ސަލާމަތް ކުރައްވާންދޭ!އާމީން