ކ. މާލެ
|
23 މެއި 2021 | އާދީއްތަ 21:35
އިންޑިއާގައި ބްލެކް ފަންގަސް ޖެހިފައިވާ މީހަކަށް ފަރުވާ ދެމުން ދަނިކޮށް
އިންޑިއާގައި ބްލެކް ފަންގަސް ޖެހިފައިވާ މީހަކަށް ފަރުވާ ދެމުން ދަނިކޮށް
-
އިންޑިއާއިން ބްލެކް ފަންގަސް ފެނުން
އިންޑިއާއިން ބްލެކް ފަންގަސްގެ 8،800 ކޭސް
 
ބްލެކް ފަންގަސް ޖެހޭ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކޮވިޑު ބަލިން ފަސޭހަވެފައިވާ މީހުން
 
ބްލެކް ފަންގަސްގެ ކޭސްތައް ރިޕޯޓް ކުރާ މިންވަރު އަންނަނީ އިތުރު ވަމުން

މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސްގެ 8،800 ކޭސް އިންޑިއާއިން ފެނިފައިވާ ކަމަށް އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިންޑިއާއިން ބްލެކް ފަންގަސްގެ ކޭސްތައް އެންމެ ގިނައިން ފެނިފައި ވަނީ ގުޖުރާތާއި މަހާރަޝްތުރާއިންނެވެ. އެގޮތުން އެގައުމުން ފާއިތުވި މަސްތަކުގައި ރިޕޯޓުކޮށްފައިވާ 8،800 ކޭސްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ފެނިފައި ވަނީ އެ ދެ ސްޓޭޓުންނެވެ. އަދި އެހެން 15 ސްޓޭޓަކުން ވަނީ 900 އާ ދެމެދު އަދަދެއްގެ މީހުންނަށް ބަލި ޖެހިފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާއިން ބްލެކް ފަންގަސް އެންމެ ގިނައިން ޖެހެމުން ދަނީ ކޮވިޑުން ރަނގަޅުވަމުން އަންނަ މީހުންނަށެވެ. އަދި އާންމުކޮށް އެ ބަލި ފެންނަނީ ކޮވިޑުން ރަނގަޅުވާތާ 12 އާއި 18 ދުވަހުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ އިންދޯރު ސިޓީގައި ހުރި މަހާރާޖާ ޔޭޝްވަންތަރާއޯ ހޮސްޕިޓަލުގެ ޑިޕާޓްމެންޓު އޮފް މެޑިސިންގައި އިސްކޮށް ހުންނެވި، ޑރ. ވީޕީ ޕާންޑޭ ވިދާޅުވީ އެ ހޮސްޕިޓަލުން މިދިޔަ ހަފްތާގައި ބެލެކް ފަންގަސް ޖެހިފައިވާ 8 މީހުނަށް ފަރުވާ ދިން ކަމަށެވެ. އެކަމަކު މި ހަފްތާގައި ބްލެކް ފަންގަސް ޖެހިގެން 185 މީހުނަށް ފަރުވާ ދިން ކަމަށް ޑރ. ޕާންޑޭ ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 80 އިންސައްތަ މީހުން އޮޕަރޭޝަން ކުރަން ޖެހުނު ކަމަށް ޕާންޑޭ ވިދާޅުވިއެވެ.

ވެއްޔާއި ހަލާކުވާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތީގައި ޖަހާ ފަަންގަސް އެއްގެ ޒަރިއްޔާއިން ފެތުރޭ މިއުކޯމައިކޯސިސް ޖެހުމުން ނޭފަތް ކަޅުވެ، ލޮލުގެ ފެނުން ފުސްވެ، މެއަށް ތަދުވުމުގެ އިތުރުން ނޭވާލާން ދަތިވެ، ކެއްސާ އިރު އަނގައިން ލޭ އައުން ފަދަ ކަންކަން ދިމާވެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
100%
ކޮމެންޓް