ކ. މާލެ
|
22 މެއި 2021 | ހޮނިހިރު 12:11
އިންޑިއާގައި ހަލުވިކަމާއެކު ބްލެކް ފަންގަސް ފެތުރެނީ
އިންޑިއާގައި ހަލުވިކަމާއެކު ބްލެކް ފަންގަސް ފެތުރެނީ
އަލްޖަޒީރާ
އިންޑިއާގައި ބްލެކް ފަންގަސް ފެތުރުން
އިންޑިއާގައި ހަލުވިކަމާއެކު ބްލެކް ފަންގަސް ފެތުރެނީ
 
މިހާތަނަށް އިންޑިއާގެ ފަސް ސްޓޭޓަކުން މި ބަލި ފެތުރުން އާންމުވެ އެޕިޑެމިކް އިއުލާނުކޮށްފައިވޭ
 
މިއުކޯމައިކޯސިސް ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވޭ
 
މި ބަޔައްކަކީ މަދުން ނޫނީ ނުފެންނަ ބައްޔެއް ނަމަވެސް އިންޑިއާއިން މި ބަލީގެ 7200  ކޭސް މިހާރު ވަނީ ފެނިފައި

ކޮވިޑް ބަލިން ރަނގަޅުވާ މީހުންގެ ގައިން, ފުރާނައަށް ނުރައްކާ އިންފެންކްޝަނެއް ކަމަށްވާ ބްލެކް ފަންގަސް ފެނުން އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި އާންމުވެއްޖެއެވެ.

ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވެއެވެ. އެ އިންފެކްޝަންގެ އަސަރު އެންމެ ފުރަތަމަ ކުރަނީ ނޭފަތަށެވެ. އޭގެ ސަބަބުން ސިކުނޑިއަށް އިންފެކްޝަން ފެތުރުމުގެ ފުރުސަތު ބޮޑުވެއެވެ. ގިނަ ހާލަތްތަކުގައި މި ބައްޔަށް ފަރުވާ ކުރުމަށްޓަކައި ބޮޑު އޮޕަރޭޝަނެއްކޮށް ލޯ ނަގައި ނުވަތަ ބޮލުގެ ނާޝިގަނޑުން ބަޔަކާއި ދަތްދޮޅިން ބައެއް ނަގަން ޖެހެއެވެ.

މި ބަޔައްކަކީ މަދުން ނޫނީ ނުފެންނަ ބައްޔެއް ނަމަވެސް އިންޑިއާއިން މި ބަލީގެ 7200 ކޭސް މިހާރު ވަނީ ފެނިފައެވެ. އޭގެތެރެއިން 219 މީހުން މަރުވެފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. އެގައުމުގައި އާންމުކޮށް މި ބަލި ފެނިފައިވަނި ކޮވިޑް ބަލީގައި ބޮޑުވަރުވި މީހުންގެ ގައިންނެވެ.

ކޮވިޑްގެ ފަރުވާއަށް މާގިނައިން ސްޓެރޮއިޑްސް ބޭނުންކުރުމުގެ ސަބަބުން ބްލެކްފަންގަސް ޖެހުމަށް މަގުފަހި ވާކަމަށް ބުނެވެއެވެ. ދިގު މުއްދަތަކަށް ސްޓެރޮއިޑް ބޭނުން ކުރުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވާ ކަމެކެވެ.

ކޮވިޑް ބަލީގައި ހާލުދެރަވެ ގިނަ ދުވަހު ވެންޓިލޭޓަރުގައި އޮންނަންޖެހުމުން ނޭވާލާ ހޯޅީގައި ތެތްކަން ހިފުމުގެ ސަބަބުން ވެސް ބްލެކް ފަންގަސްގެ ނުރައްކަލަށް ހުށަހެޅޭ ކަމަށް ބުނެވެއެވެ.

މީގެ އިތުރުން, އިންޑިއާގައި ހަކުރުބަލީގެ މީހުންގެ އަދަދު އިތުރުވުމަކީ ވެސް އެގައުމުގައި މި ނުރައްކާތެރި ފަންގަސް ފެތުރޭ ސަބަބެއް ކަމަށް ބުނެވެއެވެ. އިންޑިއާއަކީ ދުނިޔޭން ދެވަނައަށް އެންމެ ގިނައިން ހަކުރުބަލީގެ މީހުން އުޅޭ ގައުމެވެ.

މިހާތަނަށް އިންޑިއާގެ ފަސް ސްޓޭޓަކުން މި ބަލި ފެތުރުން އާންމުވެ އެޕިޑެމިކް އިއުލާނުކޮށްފައި ވެއެވެ. އެއީ ޓެމިލް ނާޑޫއާއި, އުޑީޝާއާއި, ގުޖުރާތާއި, ރާޖަސްތާންގެ އިތުރުން ތެލަންގާނާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
92%
0%
0%
8%
ކޮމެންޓް
23 މެއި 2021 | އާދީއްތަ 10:13
އަހަންމަ
އަވަހަށް ކުދިންކޮޅެއްގެނޭ ކޮންމެވެސް ހާސަރެއްދަމާފަ، އިންޑިޔާގެ ނުފޫޒުން އެއްކިބާނުވެވުނު.. ދިވެހި ރައްޔިތުންނަށް ވުރެއް މުހިންމީ އިންޑިޔާ މި ސަރުކާރަށް.. ވަރަށް ވެދުން
22 މެއި 2021 | ހޮނިހިރު 18:15
މުށި
ގެރިގުއި ގައިގައި އުނގުޅުމާ ބްލެކް ފަންގަސް އާ ގުޅުން އޮތްވާހަކަ މިހަބަރުގައި ނުލިޔުނީ ކޮންއެއްޗެއް ފޮރުވަން.