ކ. މާލެ
|
20 މެއި 2021 | ބުރާސްފަތި 17:45
ކޮމަންވެލްތުގެ ފަރާތުން މެއި މަހުގެ 20ން 21ށް ބާއްވާ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން
ކޮމަންވެލްތުގެ ފަރާތުން މެއި މަހުގެ 20ން 21ށް ބާއްވާ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ހެލްތު މިނިސްޓަރުންގެ ބައްދަލުވުން
ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ފަށައިފި
 
ޕެންޑެމިކް މެނޭޖްކުރުމުގައި އަމަލު ކުރަމުންގެންދާގޮތާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކުރެވިފައި

ކޮމަންވެލްތުގެ ފަރާތުން ބާއްވާ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ފަށައިފިއެވެ.

މި ބައްދަލުވުން ފަށާފައިވަނީ ބުރާސްފަތި ދުވަހުގައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ބައްދަލުވުންވެސް ކުރިއަށް ގެންގޮސްފައިވަނީ ވަރޗުއަލްކޮށެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅިފައިވާ ޚާއްސަ މައުޟޫއަކީ "ކޮމަންވެލްތު ރެސްޕޯންސް ޓު ކޮވިޑް-19: އެންޝުއަރިންގ އިކުއިޓަބަލް އެކްސެސް ޓު ވެކްސިންސް އެންޑް ބިލްޑިންގ ރެޒިލިއެންސް ފޯ ހެލްތު ސިސްޓަމްސް އެންޑް އެމަރޖެންސީސް" އެވެ. މިބައްދަލުވުމުގެ ފުރަތަމަ ދުވަހު މިނިސްޓީރިއަލް ބްރޭކްއައުޓް ސެޝަންގައި "ޕެންޑެމިކް މެނޭޖްމަންޓް" އާއި ގުޅޭ ސެޝަންގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ. ޝާހު މާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި މި ސެޝަންގައި އުމުތަކުން ޕެންޑެމިކް މެނޭޖްކުރުމުގައި އަމަލު ކުރަމުންގެންދާގޮތާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކުރެވިފައެވެ.

ކޮމަންވެލްތުގެ ފަރާތުން މެއި މަހުގެ 20ން 21ށް ބާއްވާ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން - ހެލްތު މިނިސްޓްރީ

މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ އިސްފަރާތްތަކާއި ދެމެދު ސިއްހަތާއިބެހޭ ގޮތުން މުހިންމު ބައިނަލްއަގުވާމީ މަޝްވަރާތައް ކުރެވޭނެއެވެ. ދެ ދުވަހަށް ކުރިއަށްދާ މިބައްދަލުވުން ނިމިގެންދާނީ މިބައްދަލުވުމުގެ މައުޟޫއާއިގުޅޭ "މިނިސްޓީރިލް އައުޓްކަމް ސްޓޭޓްމަންޓް" އެއް މެމްބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ މެދުގައި އެއްބަސްވެވަޑައިގަތުމަށްފަހުއެވެ.

މިއަހަރުގެ ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ. ޝާހު މާހިރެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ ނާއިބު ސަފިއްޔާ މުހައްމަދު ސައީދު އަދި މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ސާމިޔާ ބައިވެރިވެވަޑައިގަންނަވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
50%
50%
ކޮމެންޓް
21 މެއި 2021 | ހުކުރު 00:48
އިޓްސްމީ
މިހާރު ޑިސްކަސް ކުރަންވީ ކޮވިޝީލްޑް ވެކްސިންއިންތޯ މިއުޅެނީ ފަންގަސް މައްސަލަ މަތިވެގެން.
ގުޅުންހުރި
ރާއްޖޭގައި ޒިކާ ވައިރަސް ފެތުރެމުން ނުދޭ: ހެލްތު މިނިސްޓްރީ
ސިއްހީ ޚިދުމަތްތަކާމެދު އިތުބާރު ގެއްލޭގޮތަށް ވާހަކަ ފަތުރައި، ފޮޓޯ އާންމުކުރުން ކުށްވެރިކޮށްފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައެލިސިސް ޚިދުމަތް ފަށަނީ
އޮކްސިޖަން ފުޅިން އޮކްސިޖަން ހުސްވެގެން މީހަކު މަރުވިކަމުގެ ތުހުމަތު، މައްސަލަ ދަނީ ބަލަމުން
ޞިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުން އެކަށީގެންވާ ބަދަލެއް އަންނާނެކަމަށް ނުބެލެވޭ - ޒިޔާދު
ޝަކުވާތަކާއި ގުޅިގެން މާފަރު ސިއްހީ މަރުކަޒުގެ މަސައްކަތް ވަނީ ހުއްޓިފައި - މިނިސްޓަރު
24 ގަޑިއިރަށް ޚިދުމަތް ބަދަލުކޮށްފައިވާ އެއްވެސް ސިއްހީ މަރުކަޒަކަށް 24 ގަޑިއިރު ޚިދުމަތް ނުދެވޭނެކަމަށް ނާނގާނެ: މިނިސްޓަރު ހަލީލު
މޮޅަދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހުއްޓިފައި އޮތީ ބަޖެޓު ނެތުމުން، ޚިދުމަތް ދިނުމުގައި ކުޑަބޮޑު ރަށެއް ނުބަލަން: މިނިސްޓަރު ހަލީލު