Advertisement
ކ. މާލެ
|
11 މެއި 2017 | ބުރާސްފަތި 08:18
މެންބަރު ހުސައިން އަރީފް، އޭނާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
މެންބަރު ހުސައިން އަރީފް، އޭނާ ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
ޓްވިޓަރ
އިންތިހާބުގެ ނަތީޖާ
ބޮޑު މަންޒަރަކު ރައީސް ޔާމީންގެ ފޮޓޯ ފުޅެއް ނީންނާނެ: އަރީފް
ބޮޑު ބައްޔަކުން ރައީސް ޔާމިން ބަލިކުރާނަން
ބޯކެޔޮ ގަހެއްގެ ބުޑުގައި ވިއަސް ޖަލްސާ ބާއްވާނަން
ބަލަން ނުތިބެ އިސްލާހީ މަސައްކަތައް ނުކުތުމަށް ގޮވާލަން

ދެން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ބޮޑު ބައްޔަކުން ރައީސް އަބްދުﷲ ޔާމީން ބަލިކުރައްވާނެ ކަމަށާއި ބޮޑު މަންޒަރުން އެމަނިކުފާނުގެ ފޮޓޯފުޅުވެސް ފުހެލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރ ހުސައިން އަރީފް ވިދާޅުވެއްޖެއެވެ.

 

މެމްބަރު ހުސެއިން އަރީފް މިފަދައިން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ބުދަދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

 

މިޖަލްސާގައި ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވީ ސިޔާސީ ބަހުރުވައިން އެއްޗެއް ވިދާޅުވާނަމަ ވިދާޅުވެވޭނީ ސަރުކާރުން ކަން ކުރައްވަމުން ގެންދަވަނީ އޫރުގެ ދިރިއުޅުމާ ތަފާތެއް ނެތް ގޮތަކަށް ކަމަށެވެ. އަރީފް ވިދާޅުވި އެއްޗެއް ތަފްސީލް ކުރައްވަމުން އޭނާ ވިދާޅުވީ އެއްދުވަހު އާސަންދަ ކަނޑާލާ އަނެއް ދުވަހު އާސަންދަ ދީފާނެ ކަމަށާއި އޫރަކީވެސް އެސޮރު ބޮޑުކަމުދިއުމަށްފަހު އެނބުރި ބޮޑުކަމުދިޔަ ތަކެތި ކާ އެއްޗެއްކަމަށެވެ. މިސަރުކާރާ އެއާ ތަފާތެއްނެތްކަމަށް އަރީފް ވިދާޅުވިއެވެ.

 

އަރީފް ވިދާޅުވީ އެކިއެކި ނަންނަމުގައި ފޭރުމާ ގާތައް ރައްޔިތުންގެ އަތުން ޓެކްސް ނަގައިގެން ރައްޔިތުން ފަޤީރުކޮށްގެން 2018 އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް ޔާމިން ހީފުޅު ކުރައްވައިގެން ނުވާނެ ކަމަށެވެ. އެގޮތުން ބޮޑުބައްޔަކުން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށާއި ބޮޑު މަންޒަރުން ރައީސް ޔާމީންގެ ފޮޓޯފުޅުވެސް ފުހެލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

 

"ރައީސް ޔާމީން ހީފުޅު ނުކުރައްވާތި. ދިވެހި ރައްޔިތުންގެ އަތުން ތަފާތު ނަންނަމުގައި ފޭރުމާ ގާތައް ޓެކްސް ނަގައިގެން ދިވެހިރައްޔިތުން މިއަދަށްވުރެ އެތައް ގުނައަކަށް މާދަމާ ފަގީރުކަންމަތީ ބައިތިއްބައިގެން 2018 ގެ ވޯޓު ކާމިޔާބު ކުރާނެ ކަމަށް. އެރައްޔިތުންގެ ފަގީރުކަމުގެ ނާޖާއިޒް ފައިދާ ނެގޭނެ ކަމަށް. ހިލާ އެހެނެއް ނުވާނެ. މިޤައުމަކީ ވަރަށް އެޑިއުކޭޓެޑް ރައްޔިތުން ދިރިއުޅޭ ގައުމެއް. މަނިކުފާނު ބޮޑުބައްޔަކުން 2018 ގައި ބަލިކުރާނަން" އަރީފް ވިދާޅުވިއެވެ.

 

އަރީފް ވިދާޅުވީ މިޤައުމުގެ ކޮންމެ ރައްޔިތަކަށް ރައީސް ޔާމީްނގެ ސަބަބުން އުނދަގޫވާ ކަމަށާއި މާލޭގެ އިސްބޭފުޅުން ޚާއްޞަކޮށް ޕީޕީއެމްގައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުތިބެ އިސްލާހީ މަސައްކަތައް ނުކުންނެވުމަށް ގޮވާލައްވާ ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 46 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
11 މެއި 2017 | ބުރާސްފަތި 07:07
އައިމިނާ
ފަށާއިރު ޕޮރޮގްރާމް ކޮބާ