ކ. މާލެ
|
21 ފެބްރުއަރީ 2021 | އާދީއްތަ 19:09
އިދިކޮޅު ކޯލިޝަނުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރއާއި ބައްދަލު ކުރެއްވުން
އިދިކޮޅު ކޯލިޝަނުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރއާއި ބައްދަލު ކުރެއްވުން
ސޯޝަލް މީޑިއާ
އިދިކޮޅު ކޯލިޝަނުން އިންޑިއާގެ އެހީއަށް އެދުން
ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުން އިންޑިއާއަށް މުހިއްމުވާނެކަން ޔަޤީން، އިންޑިއާއިން ދިވެހިންނަށް ހެޔޮއެދޭނެ: އިދިކޮޅު
 
ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް ސަރުކާރަށް ބާރު އެޅުމަށް އެދުނު
 
އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަންކުރުމާ ގުޅޭ މަޝްވަރާތައް ކުރެއްވި
 
އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ބައްދަލު ކުރެއްވި

ރާއްޖޭގައި ދާޚިލީ ހަމަޖެހުން އޮތުން އިންޑިއާއަށް މުހިންމުވާނެކަން ޔަޤީންވާ ކަމަށާއި، އިންޑިއާއަކީ ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދޭނެ ޤައުމެއްކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން އެހެން ބުނެފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ ސުބަރްމަނިޔަމް ޖައިޝަންކަރއާއި ބައްދަލު ކުރެއްވުމަށްފަހު، އާންމުކުރި ބަޔާނެއްގައެވެ. އެގޮތުން އިދިކޮޅުން ވަނީ ރާއްޖޭގައި ދާޚިލީ ހަމަޖެހުން ޤާއިމު ކުރުމާއި، ސަރުކާރަށް ފާރަވެރިވެ، ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް ސަރުކާރަށް ބާރު އެޅުމަށް އިންޑިއާގެ ކިބައިން އެދިފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގެ އިތުރުން، ދެޕާޓީގެ ނައިބުރައީސުންނާއި، ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރުން ކަމަށްވާ ޑރ މުޙައްމަދު ޖަމީލްއާއި ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރުމާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ގުޅޭގޮތުންވެސް އިދިކޮޅުން ވަނީ ޑރ ޖައިޝަންކަރާއި މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ ދާޚިލީ ކަންކަމާއި ސިޔާސީ ހަމަޖެހުމަށް އިންޑިއާގެ އެހީތެރިކަަމަށް އިދިކޮޅުން އެދިފައިވާއިރު، ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ފަރާތްތަކުން ފާޑުނުކިޔުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނުގެ ސަރުކާރުގައި އެތައް ފަހަރެއްގެ މަތިން ގޮވާލައްވާފައެވެ. އަދި އިދިކޮޅުންވެސް ދާދި މިދާކަށް ދުވަހާއި ޖެހެންދެން ގެންދެވީ އެމޭރުމުން ވާހަކަތައް ބައްޓަން ކުރަމުންނެވެ. އެހެންނަމަވެސް، ޑރ ޖައިޝަންކަރްއާއި ބައްދަލު ކުރެއްވުމަށްފަހު، އިދިކޮޅުން ދައްކަމުން ގެންދާ ވާހަކަތައް މުޅިން ތަފާތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
75%
13%
13%
0%
0%
0%
ކޮމެންޓް
23 ފެބްރުއަރީ 2021 | އަންގާރަ 22:40
raagundaa
thieh nooney kobaahey miadhu gebawi vaccine kekekeke Feb 8, 2012 ga jumhooree maidhaanuga maraalikamah kakeymen buni 3 meehun gayahtha jeheeeeee! kakaka
21 ފެބްރުއަރީ 2021 | އާދީއްތަ 19:48
މާންޑް
އަދްރޭ މާސްކް ނާޅާތަ ބައްދަލުވުމގައި.
ގުޅުންހުރި
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
ކެމްޕެއިނުގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން، ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށް
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް މަޖިލީހުގެ ރައީސް ޖޭއެސްސީއަށް ހުށަހަޅުއްވައިފި