ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 03:54
ފައިޒަރ ވެކްސިން
ފައިޒަރ ވެކްސިން
ވެކްސިން ފޯރުކޮށްދިނުން
ފައިޒަރ ވެކްސިންގެ 40 މިލިއަން ޑޯޒް ފަޤީރު ޤައުމުތަކަށް ދެނީ
 
އަމާޒަކީ މި ޕްރޮގްރާމްގެ ދަށުން އެންމެ ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކަށް ދެ ބިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުން

ފައިޒަރ އާއި ޖަރުމަނުވިލާތުގެ ބައޯއެންޓެކުން ކޮވިޑަށް އުފެއްދި ވެކްސިންގެ 40 މިލިއަން ޑޯޒްގެ ފަޤީރު ޤައުމުތަކަށް ދިނުމަށް ނިންމައިިފއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވަނީ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮވެކްސްގެ ނަމުގައި ވެކްސިން ހަމަހަމަކަމާއެކު ގައުމުތަކަށް ލިބޭނެ ގޮތަށް މަގުފަހިކުރުމުގެ މަސައްކަތުގެ ދަށުން ކަމަށެވެ. ޑަބްލިޔު.އެޗް.އޯ.ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާ ޤައުމުތަކަށް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަމަށާއި އަމާޒަކީ މި ޕްރޮގްރާމްގެ ދަށުން އެންމެ ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކަށް ދެ ބިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ.

49 މުއްސަނދި ޤައުމަކަށް 39 މިލިއަން ޑޯޒް ވެކްސިން ދިންއިރު ފަޤީރު އެންމެ ޤައުމަަކަށް ދީފައިވަނީ 25 ޑޯޒް ވެކްސިން އެކަނި ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މީގެ ކުރިން ބުނެފައެވެ.

ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވީ މުއްސަނދި ޤައުމުތަކުގެ ޒުވާން ސިއްޙަތުން ރަނގަޅު މީހުންނަށް ވެކްސިން ލިބިފައި، ފަޤީރު ޤައުމުތަކުގެ ނާޒުކު މީހުންނަށް ވެކްސިން ނުލިބުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

ޑަބްލިޔު.އެޗް.އޯ.ގެ އެގްޒެކްޓިވް ބޯޑް ޝެޝަންގައި ވާހަކަދައްކަވަމުން ޓެޑްރޯސް ވިދާޅުވީ ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް ކަންތައްތައް އިންތިޒާމީ ގޮތަކަށް ކުރިއަށްނުދާ ކަމަށާއި މިކަމުގެ އަގު ފަޤީރު ޤައުމުތަކުގެ މީހުންނަށް އަދާކުރަން ޖެހޭ ކަމަށެވެ.

ވެކްސިން އުފެއްދުމުގެ ރޭހުގައި އަމަލުކުރި ގޮތަށް ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގައި ވެސް އަވަސް ކުރަން ޖެހޭ ކަމަށް މީގެ ކުރިން ޓެޑްރޯސް ވިދާޅުވެފައިވެއެވެ.

ވެކްސިން ރޭހުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާގެ ފައިޒަރ ވެކްސިނާއި، ޖަރުމަނުވިލާތުގެ ބައޯއެންޓެކް ވެކްސިނެވެ. މީގެ ތެރެއިން ފިޒަރ ވެކްސިންގެ 95 އިންސައްތަ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ އިރު، ބައޯއެންޓެކް ވެކްސިންގެ 90 އިންސައްތަ ރައްކާތެރިކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ބައެއް އެހެން ވެކްސިންތަކަށް ބަލާ އިރު އެސްޓްރަޒެނިކާ އަދި މޮޑަރނާ ވެސް އުޅެނީ މި ރޭހުގެ ކުރީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް