ކ. މާލެ
|
26 އޭޕްރިލް 2024 | ހުކުރު 17:25
ޗައިނާ ގެ ރައީސް ޝީޖިން ޕިންގ
ޗައިނާ ގެ ރައީސް ޝީޖިން ޕިންގ
ރޮއިޓާރސް
ބްލިންކަން ޝީ އާ ބައްދަލް ކުރެއްވުން
ޗައިނާ އާއި އެމެރިކާ ވާންޖެހޭނީ ބައިވެރިންނަށް، ވާދަވެރިންނަކަށްނޫން: ޝީ
 
ހުކުރު ދުވަހު ހެދުނު ރައީސް ޝީއާއެކު ބްލިންކަން ބޭއްވެވި ބައްދަލް ވުން އިއުލާން ކޮށްފައިވަނީވެސް އޭގެ ގަޑިއެއްހާއިރު ކުރިން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެތަނީ ބްލިންކަން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީޖިން ޕިންއާ ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝީވަނީ ޗައިނާއާއި އެމެރިކާއާ ދެމެދު ގުޅުންތައް ރަގަޅު ކުރުމަށް އިތުރު މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާ އާއި އެމެރިކާ ވާންޖެހޭނީ ބައިވެރިންނަށްކަމަށާ، ވާދަވެރިންނަށްނޫން ކަމަށް ޝީ ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ވާދަވެރިކަމުގެ ހަރަކާތްތަކުގައި ބައިވެރިނުވެ ވޭތޯ ބަލަން ޖެހޭ ކަމަށް ރައީސް ޝީޖިނޕިންގ ވިދާޅުވިއެވެ.

ޝީއާއެކު ބޭއްވެވި ބައްދަލުވުމުގެ ކުރިން ޗައިނާގެ ފޮރިން މިނިސްޓަރ ވޭންގ ޔީ އާއެކު ބްލިންކަން ބޭއްވެވި ބައްދަލު ވުމުގައި ޔީ ވަނީ އެމެރިކާއިން ޗައިނާގެ "ރަތްރޮގު" މައްޗަށް ނޭރުމަށް އަންގަވާ އިންޒާރު ދެއްވާފައެވެ. ޗައިނާ އާއި އެމެރިކާގެ ގުޅުޅުންމިހާރު މިވަނީ ރަގަޅުވާން ފަށާފައިކަމަށާ ނަމަވެސް އަދިވެސް "ނެގެޓިވް" ކަންކަމުގެ އަސަރު މިގުޅުމަށް ކުރަމުންދާކަމަށް ޔީ ވިދާޅުވެފައި ވެއެވެ.

ވޮޝިންގޓަނުން ބޭރު ގައުމު ތަކަށް އެންމެ ފަހުން ދޫކުރަން ނިންމި  އެހީގެ ޕެކޭޖް ފާސްކޮށްފައިވަނީ މިދިޔަހަފްތާގައެވެ. މިޕެކޭޖް ގެތެރޭގައި ޓައިވާނަށް އެމެރިކާއިން ދޭ އަސްކަރީ އެހީގެ ޕެކޭޖްވެސް ހިމެނެއެވެ. މިކަމާ ބޭޖިންގ ވަނީ ވަރަށް ބޮޑަށް ނުރުހި އެކަމަށް ފާޑުކިޔާފައެވެ.

ހުކުރު ދުވަހު ހެދުނު ރައީސް ޝީއާއެކު ބްލިންކަން ބޭއްވެވި ބައްދަލުވުން އިއުލާން ކޮށްފައިވަނީވެސް އޭގެ ގަޑިއެއްހާއިރު ކުރިން ކަމަށް ވެއެވެ. ޝީ އާންމުކޮށް ބައްދަލު ކުރައްވަނީ ގައުމުތަކުގެ ވެރިންނާ ކަމަށްވާއިރު ބްލިންކަން އާ ބައްދަލް ނުކުރައްވަފާނެ ކަމަށްވެސް ކޮންމެވެސް ވަރަކަށް ބެލުނު ކަމަށް ޚަބަރުތައް ބުނެއެވެ.

ރައީސް ޝީ އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ބްލިންކަން ވަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ޗައިނާއިން ރަޝިޔާ އަށް ތާއިދުކޮށް މަދަދުވެރިވާތީ އެކަމާ އެމެރިކާއިން ކަންބޮޑުވާކަން ހާމަ ކުރައްވާފައެވެ. އަދި ޓައިވާން ކައިރީގައި ސައުތު ޗައިނާސީގެ މަޝްރަހު ފާއިތުވި ދެތިން މަސްތެރޭ ވަރަށް ބޮޑަށް ހޫނުވެފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރެއްވިއެވެ. މީގެ އިތުރުން ޣައްޒާހަނގުރާމަ މުޅި ސަރަހައްދަށް ފުޅާވެގެން ދިޔަނުދިނުމާބެހޭގޮތުން އީރާނާއެކު މަޝްވަރާކޮށް ދިނުމަށް ޗައިނާގެ ކިބައިން އެދި ވަޑައިގެންނެވި ކަމަށް ވެއެވެ.   

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް