"ރެފްކޫލް ރޯދަމަސް 2024" ގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ލަކީޑްރޯ ނަގައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށްގެންގޮސްފައިވަނީ ޖެނުއަރީ 2023ން 17 އޭޕްރީލް 2024ށެވެ. މި ޕްރޮމޯޝަންގެ ލަކީޑްރޯ ނަގާފައިވަނީ އޭޕްރީލް 24ގައެވެ.
ޕްރޮމޯޝަންގައި އެއްވަނައަށް ހޮވުނު ފަރާތަަށް ވަނީ ސީޒަން ޕެރަޑައިސް ހޮޓެލްގައި 2 މީހަކަށް 2 ދުވަހުގެ ޗުއްޓީ ދަތުރެއް ދީފައެވެ. ދެވަނައަށް ހޮވުނު ފަރާތަށް 9000 ބީޓީޔޫގެ ގްރީ އޭސީއެއް ދީފައިވާއިރު، ތިންވަނައަށް ހޮވުނު ފަރާތަށް ވަނީ 32 އިންޗީގެ ޖޭވް ސްމާރޓް އެންޑްރޮއިޑް ޓީވީއެއް ދީފައެވެ.
ތިންވަނަ އިނާމު ލިބުނު ފަރާތް - ހަސަން
ދެވަނަ އިނާމު ލިބުނު ފަރާތް - ޑެލްވާރު
އެއްވަން އިނާމު ލިބުނު ފަރާތް - އަހުމަދު ވާހިރު
މި ޕްރޮމޯޝަންގައި 50 އިންސައްތައާ ހަމައަށް ހޯމް އެޕްލައިންސްތަކުން ޑިސްކައުންޓް ދީފައިވެއެވެ. އަދި އޭސީ ގަތުމުން ހިލޭ އިންސްޓޯލް ކޮށްދީފައިވެއެވެ. އަދި ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިފައިވެއެވެ.