2022 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު އޭސީ އަކަށް ރެފްކޫލް އިން ރާއްޖެ އެތެރެކޮށް މާކެޓް ކުރާ "ގްރީ އޭސީ" ހޮވިއްޖެއެވެ.
ގްރީ އޭސީ އަކީ ކަސްޓަމަރުންގެ އިތުބާރާއި ބަރޯސާ ހޯދާފައިވާ ޕްރޮޑަކްޓެކެވެ. 2005 އިން ފެށިގެން މި ބްރޭންޑަށް ފާހަގަކޮށްލެވޭ އެތައް ކާމިޔާބީއެއް ލިބިފައިވާ އިރު ގްރީ އޭސީ އަކީ އިތުބާރު ހިފޭ މޮޅު ބްރޭންޑެއްގެ އޭސީއެއްކަން ފާހަގަކޮށްލެވެއެވެ.
ޔޫރޯ މޮނިޓަރ އިންޓަނޭޝަނަލް އިން ދާދިފަހުން ޕަބްލިޝްކުރި އިވަލުއޭޝަން ރިޕޯޓުގައި ވާގޮތުން، ގްރީ އޭސީ އަކީ ދުނިޔޭގެ އެއްވަނަ އޭސީ ބްރޭންޑެވެ. މިފަދައިން އޭސީ ބްރޭންޑުތައް ދަރަޖަކޮށްފައި ވަނީ ހަތަރު ކަމެއްގެ މައްޗަށް ބެލުމަށް ފަހުގައެވެ. އޭގެ ތެރޭގައި ހިމެނެނީ މާކެޓް އެނަލިސިސް، ބިޒްނަސް އިންޓެލިޖެންސް، ރީޓެއިލް ސޭލްސް ވޮލިއުމް އަދި ކޮންޒިއުމާ އިންސައިޓެވެ.
1991 ވަނަ އަހަރު ވުޖޫދަށް އައި ގްރީގެ 9 ޕްރޮޑަކްޝަނެއް މިހާރު ފެންނަން އެބަހުއްޓެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު އެއާކޮންޑިޝަނިން ބްރޭންޑުތަކުގެ ތެރޭގައި ގުނާލެވޭ ބްރޭންޑެވެ.
ބައޮލޮޖިކަލް ފިލްޓަރަކާއި، ސިލްވަރ އަޔަން ފިލްޓަރުގެ އިތުރުން، އިތުރު ޕިއުރިފިކޭޝަން ޓެކްނޮލޮޖީ އެކުލެވިގެންވާ ގްރީ އަކީ ވައި ސާފުކޮށްދޭ، ފިނިހޫނުމިން ރަނގަޅު މިނެއްގައި ބަހައްޓާ ދިނުމުގެ އިތުރުން ކަރަންޓް ޚަރަދު ކުޑަކުރުމަށް ވެސް ކަމުދާ ބްރޭންޑެކެވެ. ގްރީ އޭސީގައި އެކުލެވޭ ޓެކްނޮލޮޖީގެ އެހީގައި ވަށައިގެންވާ މާހައުލުގެ ހޫނުމިނަށް ބެލުމަށް ފަހު ފިނިމިން އެކަށީގެންވާ ވަރެއްގައި ބެހެއްޓުމުގެ ގާބިލްކަން ވަނީ ލިބިދީފައެވެ. އަދި ދުނިޔޭގެ ފުރަތަމަ ބޫސްޓަރ އިންވަރޓަރ ކޮމްޕްރެސަރުގެ އެހީގައި ގްރީ އޭސީ އިން 70% އާއި ހަމަ އަށް ހަކަތަ ބޭނުން ކުރާ މިންވަރު އިގްތިސާދުކޮށްދެއެވެ. ގްރީ އޭސީގައި ނެނޯ ޓެކްނޮލޮޖީ ކޮމްޕްރެސަރެއް ހިމެނެއެވެ.
ގްރީ އޭސީ ރާއްޖެ އަށް އެތެރެކޮށް މާކެޓް ކުރަނީ ރެފްކޫލްއިންނެވެ. ރެފްކޫލްގެ ޝޯރޫމްތަކުން ކޮމަރޝަލް ޕްރޮޑަކްޓްތައް ފެނިގެންދާ އިރު މި ޝޯރޫމްތައް މެދުވެރިކޮށް ކޯލްޑް ރޫމް ސްޓޯރޭޖްތަކަށާއި ބޮޑެތި މެގަ ހޯލްތަކުގައި ވެސް ކޫލިންގ ސޮލިއުޝަން ލިބެން އެބަހުއްޓެވެ. އެގޮތުން އެކި ބްރޭންޑްތަކުގެ އޭސީއާއި ކޫލިންގ ސިސްޓަމްގެ ސްޕެއާތަކާއި ނިއު ގްރީގެ އިންޑަސްޓްރިއަލް ކޫލިން ޕްރޮޑަކްޓްތައް ވެސް ރެފްކޫލް އިން ލިބޭން ހުރެއެވެ. ރެފްކޫލްގެ ޝޯރޫމްތައް މާލޭގެ ފަރީދީމަގުގެ އިތުރުން، އޯކިޑުމަގާއި، ސޯސަންމަގުގައި އަދި ހުޅުމާލޭގައި ވެސް ހުރެއެވެ.