ކ. މާލެ
|
23 ޖެނުއަރީ 2021 | ހޮނިހިރު 03:49
އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު
އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު
އިސްލާމިކް މިނިސްޓްރީ
އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު
އަދާލަތު ޕާޓީގެ ރައީސްކަމަށް އިސްލާމިކް މިނިސްޓަރު ވެސް ކުރިމަތިލައްވައިފި
 
ރިޔާސީ އިންތިޚާބު މި މަހުގެ 30 ވަނަ ދުވަހު އޮންނާނެ

އަދާލަތު ޕާޓީގެ ރައީސްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވެސް ކުރިމަތިލައްވައިފިއެވެ.

ޢަދާލަތު ޕާޓީން ބުނީ ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތު، މި މަހުގެ 21 ވަނަ ދުވަހު ހަމަވިއިރު، އެ މަޤާމަށް 2 ކެނޑިޑޭޓަކު ކުރިމަތިލާފައިވާ ކަމަށެވެ.

އެގޮތުން ޢަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލާފައިވާ ދެ ކެނޑިޑޭޓުންނަކީ ހޯމް މިނިސްޓަރ އަދި މިހާރުވެސް ޕާޓީގެ ރައީސްކަން ކުރައްވަމުންދާ ޢިމްރާން ޢަބްދުﷲ އާއި، އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ. މިނިސްޓަރ އިމްރާނާއެކު ރަނިންގ މޭޓެއްގެ ގޮތުގައި ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވަނީ އަޙްމަދު ޝަރީފެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރުގެ ރަނިންގ މޭޓެއްގެ ގޮތުގައި ނައިބު ރައީސް ކަމަށް ކުރިމަތިލާފައިވަނީ އަޙްމަދު ނަޝީދެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް މިނިސްޓަރު ޢިމްރާން ކުރިމަތިލެއްވިއިރު، އެ ޕާޓީގެ ރައީސްގެ މަގާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ވަނީ ގެނެސްފައެވެ. އަދާލަތު ޕާޓީގެ އެތެރޭގެ އިންތިޚާބު މި މަހުގެ 23 ވަނަ ދުވަހު ބާއްވަން އިޢުލާނު ކުރި ހިސާބުން ފެށިގެން އެ ޕާޓީގެ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތި ނުލެވޭ މައްސަލައިގެ ޝަކުވާތައް ޕާޓީ ތެރޭގައި އޭރު ބޮޑުވިއެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު ބާއްވަން ނިންމައިފައިވަނީ އޮންލައިންކޮށެވެ. އެގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ. ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބެލެމަށް ނުވަތަ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ގެ ކުރިން vote.adhaalath.org.mv ވެބްސައިޓުން ދަފްތަރުގައި ނަން ހިމެނިފައިވޭތޯ ބަލައި، ޝަކުވާއެއްވާނަމަ އޮންލައިންކޮށް ހުށަހެޅުއްވުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ ރިޔާސީ އިންތިޚާބު މި މަހުގެ 30 ވަނަ ދުވަހު އޮންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
23 ޖެނުއަރީ 2021 | ހޮނިހިރު 10:34
ކކކ
ފިލްމު ކުޅޭ ޒިޔާ ނުލާތަ؟ ކެޖެކެ