ކ. މާލެ
|
9 ޖެނުއަރީ 2021 | ހޮނިހިރު 16:26
އިންޑޮނޭޝިއާގެ ސްރިވިޖަޔާގެ މަތިންދާބޯޓެއް- މި ޙާދިސާ ހިނގި ގޮތް ދަނީ ތަހުޤީޤު ކުރަމުން
އިންޑޮނޭޝިއާގެ ސްރިވިޖަޔާގެ މަތިންދާބޯޓެއް- މި ޙާދިސާ ހިނގި ގޮތް ދަނީ ތަހުޤީޤު ކުރަމުން
-
އިންޑޮނޭޝިއާގެ ފްލައިޓެއް ގެއްލުން
56 ފަސިންޖަރުން ގޮވައިގެން ދަތުރުކުރި އިންޑޮނޭޝިއާގެ ފްލައިޓަކަށް ވީނުވީއެއް ނޭނގިގެން ހޯދަނީ
 
އޭގެތެރޭގައި 7 ކުޑަކުދިންނާއި، 6 ކްރޫއިން ހިމެނޭ
 
މިވަގުތު އެ ޤައުމުން ދަނީ އެކަމުގެ ތަހުޤީޤެއް ކުރަމުން
 
އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ޕޮންޓިއަނަކްއަށް

ފަސިންޖަރުން ގޮވައިގެން ދަތުރުކުރަމުން ދިޔަ އިންޑޮނޭޝިއާގެ ސްރިވިޖަޔާގެ މަތިންދާބޯޓަކަށް ވީނުވީއެއް ނޭނގިގެން ހޯދަން ފަށައިފިއެވެ.

ބީބީސީގައި ރިޕޯޓް ކޮށްފައިވާ ގޮތުން ގެއްލިފައިވަނީ ސްރިވިޖަޔާގެ "އެއަރ ބޮއެން 737" މަތިންދާބޯޓެވެ. އެގޮތުން މި ބޯޓު މިނެޓެއްގެ ތެރޭގައި 10،000 ފޫޓަށް ތިރިއަށް ގޮސްފައިވާކަމަށް ފްލައިޓް ޓްރެކް ކުރާ ވެބްސައިޓަކާ ޙަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ.

"މެޓްރޯ ޓީވީ"އާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޖަކާޓާއިން ފުރައިގެން ދިޔަ މި މަތިންދާބޯޓުގައި 56 ފަސިންޖަރުން ތިއްބެވެ. އޭގެތެރޭގައި 7 ކުޑަކުދިންނާއި، 6 ކްރޫއިން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ޕޮންޓިއަނަކްއަށެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ޙަވާލާދީ އަލްޖަޒީރާގައި ރިޕޯޓް ކޮށްފައިވާ ގޮތުން މިވަގުތު އެ ޤައުމުން ދަނީ އެކަމުގެ ތަހުޤީޤެއް ކުރަމުންނެވެ. އަދި ސާރޗް އެންޑް ރެސްކިއު ޓީމުތަކުން ތައްޔާރީ ޙާލަތަށް ގެނެވިފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
93%
7%
0%
0%
ކޮމެންޓް