ކ. މާލެ
|
9 ޖެނުއަރީ 2021 | ހޮނިހިރު 13:09
ބުދަ ދުވަހު ކެޕިޓޮލްގައި ހުންނަ ގާނޫނުހަދާ މަޖިލީހުގެ ތެރެއަށް ޓްރަމްޕުގެ ސަޕޯޓަރުން ވަންނަނީ
ބުދަ ދުވަހު ކެޕިޓޮލްގައި ހުންނަ ގާނޫނުހަދާ މަޖިލީހުގެ ތެރެއަށް ޓްރަމްޕުގެ ސަޕޯޓަރުން ވަންނަނީ
އޭބީސީ ނިއުސް
ކެޕިޓޮލްގެ ހަމަނުޖެހުންތައް
ކެޕިޓޮލްގެ ހަމަނުޖެހުމާއެކު އެމެރިކާގެ ގިނަ ބަޔަކު ބޭނުންވަނީ ޓްރަމްޕް މަގާމުން ދުރުކުރަން!
 
ވޯޓު ދިން ކޮންމެ 10 މީހެއްގެ ތެރެއިން 7 މީހަކު ވަނީ ޓްރަމްޕުގެ ސަޕޯޓަރުންގެ އަމަލުތައް ކުށްވެރިކޮށްފައި

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މައިގެ ކަމުގައިވާ ކެޕިޓޮލްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކަށް ހިތްވަރު ދެއްވާ، އެކަންކަމަށް ތާއިދު ކުރެއްވި މައްސަލައިގައި އެމެރިކާގެ ގިނަ ބަޔަކު މިހާރު ބޭނުންވަނީ ރައީސް ޑޮނަލްޑް ޓްރަމްޕު މަގާމުން ވަކިކުރަން ކަމަށް ރޮއިޓަރސް އާއި އައިޕީއެސްއޯއެސް އިން ނެގި ވޯޓަކުން ދައްކައިފިއެވެ.

ރޮއިޓަރސް އަދި މާކެޓް ރިސަރޗް ހަދާ ފާމެއް ކަމަށްވާ އައިޕީއެސްއޯއެސް އިން ނެގި ވޯޓުން ދައްކާ ގޮތުން އެމެރިކާގެ 57 އިންސައްތަ މީހުން ބޭނުންވަނީ ރިޕަބްލިކަން ޕާޓީގެ ޓިކެޓުގައި ވެރިކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ވަގުތުން މަގާމުން ވަކިކުރުމަށެވެ. ވޯޓުގެ ނަތީޖާ މިގޮތައް ދެއްކި އިރު، ވޯޓުގައި ބައިވެރިވި ގިނަ މީހުންނަކީ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީއަށް ނިސްބަވްތާ މީހުން ބޭނުންވަނީ ޓްރަމްޕްގެ ފަހު ދުވަސްތައް ނިމެންދެން މަގާމުގައި ބަހައްޓާށެވެ. ޓްރަމްޕުގެ ދައުރު ހަމަވާނީ މި ހިނގާ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ރޮއިޓަރސް އިން ކުރިއަށް ގެންދިޔަ އާންމުގެ ހިޔާލު ހޯދުމުގެ ސަރވޭ ކުރިއަށް ގެންގޮސްފައިވަނީ ބުރާސްފަތި އަދި ހުކުރު ދުވަހުއެވެ. ވޯޓު ދިން ކޮންމެ 10 މީހެއްގެ ތެރެއިން 7 މީހަކު ވަނީ ޓްރަމްޕުގެ ސަޕޯޓަރުންގެ އަމަލުތައް ކުށްވެރިކޮށްފައެވެ. މި މީހުންގެ ތެރޭގައި ގިނައީ ނޮވެމްބަރ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ވޯޓު ދިން މީހުންނެވެ. އެމީހުން ވަނީ އިންތިހާބުގެ ނަތީޖާ ގާނޫނު ހަދާ މަޖިލިހުގައި ރަސްމީކޮށް ގުނުމުގެ މަސައްކަތް ކުރަނިކޮށް ގާނޫނުހަދާ މަޖިލީހަށް ޓްރަމްޕުގެ ސަޕޯޓަރުން ވަތް މައްސަލަވެސް ކުށްވެރިކޮށްފައެވެ.

ކެޕިޓޮލްގައި ހަމަނުހެންތައް ހިނގައިދިޔައީ އެ ދުވަހު ބޭއްވި ރެލީއެއްގައި ޓްރަމްޕް އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ކެޕިޓޮލްއަށް ވަނުމަށް ހިތްވަރު ދިން ހިސާބުންނެވެ.

މި ހަމަ ނުޖެހުމުގެ ތެރޭގައި ފުލުހަކާއި އާންމުންގެ ހަތަރު މީހަކު މަރުވެފައިވާ އިރު، ވެރިކަންކުރަމުން އަންނަ ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓްސް ޕާޓީން ވެސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ތިއްބަވާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ ޓްރަމްޕާ ދެކޮޅަށް ދައުވާތަކެއް އުފުލާ މަގާމުން އަޒުލުކުރުމުގެ މަޝްވަރާތަކެއް ކޮށްފައެވެ. ޓްރަމްޕް މަގާމުން އަޒުލުކޮށްފިނަމަ މިއީ ދެވަނަ ފަހަރަށް އެމަނިކުފާނު މަގާމުން އަޒުލުކުރުމަށް ނެގޭ ވޯޓަށް ވެގެންދާނެއެވެ. އަދި މިފަހަރު މަގާމުން އަޒުލުކުރުމަށް ނިންމަފައިވަނީ ރުހުމުގައި ވެރިކަމުގެ ބާރުތައް ދޫކުރައްވާ ވަޑައިނުގެންފި ނަމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
0%
0%
ކޮމެންޓް