ކ. މާލެ
|
25 ނޮވެންބަރ 2020 | ބުދަ 12:48
ކޮވިޑް-19 ރެންޑަމް ސާމްޕަލް ނެގުމަށް އާރްއާރް ޓީމުން ހަރަކާތްތެރިވާ މަންޒަރެއް
ކޮވިޑް-19 ރެންޑަމް ސާމްޕަލް ނެގުމަށް އާރްއާރް ޓީމުން ހަރަކާތްތެރިވާ މަންޒަރެއް
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ކޮވިޑަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 8000ން މައްޗަށް
 
ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދު 12،810 އަށް އަރާފައިވޭ
 
ދެވަނައަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝް މީހުން
 
މިހާތަނަށް 8015 ދިވެހިން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދުތައް 8000ން މައްޗަށް އަރައިފިއެވެ.

ފާއިތުވި 24 ގަޑީއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 52 މީހުންނެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނޭއިރު، އެ އަދަދުތަކާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދުތައް ވަނީ 8000ން މައްޗަށް އަރާފައެވެ. އެގޮތުން މިހާތަނަށް 8015 ދިވެހިން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެއީ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ 62 އިންސައްތައެވެ.

ރާއްޖެއިން ދެވަނައަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝްއަށް ނިސްބަތްވާ 3231 މީހަކު ޕޮޒިޓިވްވެފައިވާއިރު، އިންޑިއާއަށް ނިސްބަތްވާ 752 މީހެއްވެސް ހިމެނެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭގެ) ޑޭޝްބޯޑުން ދައްކާ ގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 27ން ފެށިގެން ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވަމުންދާ މީހުންގެ އަދަދުތައް ވަނީ ކޮންމެސް ވަރަކަށް މައްޗަށް ދާން ފަށާފައެވެ. ހަމައެއާއެކު ޕޮޒިޓިވް ކޭސްތަކާ ގުޅުމެއް ނެތި (އަންލިންކްޑް) ކޭސްތަކުގެ އަދަދުވެސް މި މުއްދަތުގެ ތެރޭގައި އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ޖުމްލަ ކޭސްތަކުގެ އަދަދު 12،810 އަށް އަރާފައިވާއިރު، ނިމިގެންދިޔަ 24 ގަޑީއިރު ރާއްޖެއިން ބަލިން ރަނގަޅުވީ 45 މީހުންނެވެ. ރާއްޖޭގައި މިހާތަނަށް ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދަކީ 11،660 އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 1097 މީހަކު ތިބިއިރު މީގެ ތެރޭގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ 95 މީހުން ހިމެނެއެވެ. ނިމިގެން ދިޔަ 24 ގަޑީއިރު އިތުރު 3 މިހަކަށް އަލަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް